Roadha Mihaaru
750،000 ވަނަ ޓޫރިސްޓް އައުން ފާހަގަކޮށްފި

750،000 ވަނަ ޓޫރިސްޓަށް ހޫނު މަރުހަބާއެއް ކިޔައިފި

07 އޯގަސްޓް 2016

ރާއްޖެއަށް މިއަހަރު ޒިޔާތްކުރި 750،000 ވަނަ ޓޫރިސްޓް މީހާ އަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިއަދު ހޫނު މަރުހަބާއެއް މިއަދު ކިޔައިފި އެވެ. އެ ޝަރަފު ލިބުނީ ޗައިނާގެ ޒިއާން އިން އައި ވޮން ޝުއާއި އަށެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖެއަށް މިއަހަރު ޒިޔާތްކުރި 750،000 ވަނަ ޓޫރިސްޓް މީހާ އަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިއަދު ހޫނު މަރުހަބާއެއް މިއަދު ކިޔައިފި އެވެ. އެ ޝަރަފު ލިބުނީ ޗައިނާގެ ޒިއާން އިން އައި ވޮން ޝުއާއި އަށެވެ.

ރާއްޖެ އަށް ޒިޔާރަތްކުރި 750،000 ވަނަ ޓޫރިސްޓް މީހާ އެެއާޕޯޓްގެ އިމިގްރޭޝަންގައި މަޑުކޮށްލައިގެން.---ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

ރާއްޖެ އަށް ޒިޔާރަތްކުރި 750،000 ވަނަ ޓޫރިސްޓް މީހާ އެެއާޕޯޓްގެ އިމިގްރޭޝަންގައި މަޑުކޮށްލައިގެން.---ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

އެމްއެމްޕީއާރުސީން މިއަދު ހެނދު އެއާޕޯޓުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި 750،000 ވަނަ ޓޫރިސްޓަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އެ ފަސިންޖަރަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ފޫކާން އަދި އެމްއެމްޕީއާރުސީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މޯލްޑިވިއަންގެ ފްލައިޓުން އައި ފަސިންޖަރުންގެ ތެރެއިން ހޮވި 750،000 ވަނަ ޓޫރިސްޓަށް ހާއްސަ ހަދާނީ ފިލައެއްގެ އިތުރުން މީރު އައިލެންޑް ރިސޯޓުން ވަނީ ހޮލިޑޭ ޕެކޭޖެއް އޭނާއަށް ވަނީ ދީފަ އެވެ.

ރާއްޖެ އަށް ޒިޔާރަތްކުރި 750،000 ވަނަ ޓޫރިސްޓް މީހާއަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީގެ ފަރާތުން އެއާޕޯޓުގައި ބޭއްވި ހަރަކާތުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މިއަދުގެ ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ވޮން ބުނީ މިއީ އޭނާ ރާއްޖެ އައި ދެވަނަ ފަހަރު ކަމަށެވެ. އަދި ފުރަތަމަ ރާއްޖެ އައީ ހަނީމޫނަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އެމްއެމްޕީއާރުސީން ވަނީ ރާއްޖެ ޒިޔާރަތްކުރުމުގެ އަހަރު ފާހަގަކުރުމުގެ ގޮތުން މި އަހަރު ރާއްޖެ އައި ފުރަތަމަ ޓޫރިސްޓާއި 500،000 ވަނަ ޓޫރިސްޓް ވެސް ހޮވައި، ހާއްސަ އިނާމެއް ދީފަ އެވެ.

ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރު ފާހަގަކުރާއިރު، ސަރުކާރުން ލަފާކުރަނީ މިއަހަރު ނިމޭއިރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ.