ހުޅުމާލޭ ހޮސްޕިޓަލުގައި ޗައިނާ ސަރުކާރުން ގާއިމްކޮށްދިން ލޮލުގެ ފަރުވާދޭ ސެންޓަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައި ދެއްވައިފި އެވެ.
13 ޖެނުއަރީ 2020
ހުޅުމާލޭ ހޮސްޕިޓަލުގައި ޗައިނާ ސަރުކާރުން ގާއިމްކޮށްދިން ލޮލުގެ ފަރުވާދޭ ސެންޓަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައި ދެއްވައިފި އެވެ.
ރާއްޖޭގެ ފުރަތަމަ ލޮލުގެ ޑޮކްޓަރު، ޑރ. އެންޑީ އަބްދުﷲ އަބްދުލް ހަކީމްގެ ނަން ދީފައިވާ އެ ސެންޓަރަކީ، ރާއްޖެ އާއި ޗައިނާއާ ދެމެދު މިދިޔަ އަހަރުގެ ޖުލައި މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ގާއިމްކުރި ތަނެކެވެ.
ލޮލުގެ ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި، ޗައިނާ އިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާން ލިއޮން ވިދާޅުވީ މިއީ، ޗައިނާގެ އެހީގެ ދަށުން އެ ގައުމުން ބޭރުގައި ގާއިމްކުރި އެފަދަ ފުރަތަމަ ސެންޓަރު ކަމަށެވެ. އޭގެ ސަބަބުން ދިވެހިންނަށް ލުއި ފަސޭހަވެ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ޗައިނާއިން ގާއިމްކޮށްދިން ލޮލުގެ ސެންޓަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އޭނާ ވިދާޅުވީ ޗައިނާގެ މާހިރުން ދުވަސްކޮޅަކު އެ ސެންޓަރުގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ ސެންޓަރުގައި މަސައްކަތްކުރާނެ މުވައްޒަފުންނަށް ތަމްރީނު ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސެންޓަރުގައި ފަރުވާ ދިނުމާއި އެތަނަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގަައި ބޭނުންކުރާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ޓެކްނޮލޮޖީ އެވެ.
އޭނާ ވަނީ ސިއްހީ ދާއިރާއިން އެހީތެރިކަން ދިނުމުގައި ޗައިނާ އިން ދެމިތިބޭނެ ކަމަށް ވިދާޅުވެފަ އެވެ.
"މެޑިކަލް ޓްރެއިނިން ދީ ފްރީ ކްލިނިކަލް ސާވިސް އަދި އައި އެވެއާނަސް ކެމްޕެއިން ހިންގާނެ،" ސަފީރު ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުން، ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމްކޮށްދިން ލޮލުގެ ފަރުވާ ދޭ ސެންޓަރު ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ސެންޓަރުން ފަރުވާދޭ ބަލިތަކުގެ ތެރޭގައި ލޯފުސްވުން، ގުލުކޯމާ، އޮސްކިއުލާ ސާފޭސް ޑިޒީޒް ފަދަ ބަލިތައް ހިމެނެ އެވެ.
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ލޮލުގެ ފަރުވާދޭ ސެންޓަރު ގާއިމްކުރަން ޗައިނާ އިން 11 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
ޗައިނާ ސަރުކާރުން، ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމްކޮށްދިން ލޮލުގެ ފަރުވާ ދޭ ސެންޓަރު ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީނާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އަމީން ވިދާޅުވީ 2016 ވަނަ އަހަރު ހެދި ސާވޭއަކުން، ގިނަ ދިވެހިން ލޮލުގެ އެކި ބަލިތައް ތަހައްމަލުކުރަމުން ދާކަން އެނގިގެން ދިޔަ ކަމަށް ކަމަށެވެ. އެހެންވެ މިއީ ރާއްޖެ އަށް ވަރަށް ބޭނުންތެރި މަރުކަޒަކަށް ވެގެންދާނެ ކަމަށާއި އޭގެ ފައިދާ ލޮލުގެ ބަލިތަކުގެ ޑޮކްޓަރުންނަށް ވެސް ކުރާނެކަން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ މިއީ ބަދަހިވަމުން އަންނަ ރާއްޖެ އާއި ޗައިނާގެ ގުޅުމުގައި ހާއްސަ ދުވަހެއް ކަމަށެވެ.
ޑރ. އެންޑީ އަބްދުﷲ ސިއްހީ ދާއިރާގެ ޚިދުމަތަށް ނުކުންނެވީ 1964 ގަ އެވެ. އޭގެ ފަހުން 2007 އާ ހަމައަށް ޚިދުމަތުގައި ދެމިހުންނެވި އެވެ. އޭނާ އަވަހާރަވީ، އުމުރުފުޅުން 81 އަހަރުގައި، 2016 ވަނަ އަހަރު އެވެ.
ލޮލުގެ ފަރުވާ ފުޅާކުރަން ރާއްޖެ އަށް ޗައިނާގެ އެހީ
ވައިރަސްއާ ގުޅިގެން، ކްރޫޒްލައިނާތައް ރާއްޖެ އައުން މަނާކޮށްފި
ޗައިނާ އިން ރާއްޖެ އަށް މީހުން އައުން މަނާކޮށްފި
ދޮގު ވާހަކަ ފަތުރައިގެން ލިބޭނީ ބޮޑު ގެއްލުމެއް
ވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެއިން ފެނިއްޖެ
ވައިރަހަށް ޝައްކުކުރެވޭ ދިވެއްސަކު ރާއްޖެއިން ފެނިއްޖެ
ވައިރަހާ ގުޅިގެން ރާއްޖެ-ޗައިނާ ދަތުރުތައް ހުއްޓާލައިފި
ވައިރަހުން ސަލާމަތްވާން ތައްޔާރުވެވިއްޖެ: ސަރުކާރު
ވައިރަހާ ގުޅިގެން 2،000 ބުކިން ކެންސަލްކޮށްފި
ކޮރޯނާވައިރަހަށް ޝައްކުވާ މީހަކު އަދި ނުފެނޭ: އެޗްޕީއޭ