Roadha Mihaaru
ނިޒާމުގެ ވޯޓަށް އަދާލަތާއި އެމްއާރުއެމް އެއްބަހެއް ނުވޭ

ނިޒާމުގެ ވޯޓު ނަގަން އެއްބަހެއް ނުވަން: އަދާލަތު/އެމްއާރުއެމް

05 ސެޕްޓެމްބަރ 2021

ސިޔާސީ ޕާޓީތަކުން އިއްތިހާދުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން އުފެއްދިއިރު ޖުމްހޫރީ ޕާޓީ ފިޔަވައި އެހެން ޕާޓީތަކުން ނިޒާމުގެ ވޯޓަކަށް ދާން އެއްބަސްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި ވާހަކަ އަދާލަތާއި އެމްއާރުއެމުން ދޮގުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ ޕާޓީތަކުން އިއްތިހާދުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން އުފެއްދިއިރު ޖުމްހޫރީ ޕާޓީ ފިޔަވައި އެހެން ޕާޓީތަކުން ނިޒާމުގެ ވޯޓަކަށް ދާން އެއްބަސްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި ވާހަކަ އަދާލަތާއި އެމްއާރުއެމުން ދޮގުކޮށްފި އެވެ.

އެ މަނިކުފާނު އިސްވެ ހުންނަވައި ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެމްޑީޕީގެ ތެރެއިން މަސައްކަތްތަކެއް ގެންދަނީ ކުރައްވަމުންނެވެ. އެކަން އެގޮތަށް ކުރައްވަނީ، ދައުރުގެ މެދުތެރެއިން، ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ކަނޑައަޅާފައި އޮތުމުން ކަމަށް ނަޝީދުގެ އަރިސް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެމްޑީޕީގެ މެނިފެސްޓޯ އަށް ބާރުދީ، ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕެޓިޝަނެއްގައި ވެސް އަންނަނީ ސޮއިކުރަމުންނެވެ. މިހާތަނަށް 50،000 އަށް ވުރެން ގިނަ ސޮއި ލިބިފައިވާ ކަމަށް ބުނާ ޕެޓިޝަނަށް ނަޝީދު ތާއީދުކުރައްވައި ވީހާވެސް ގިނަ ބަޔަކު ސޮއި ކުރައްވަން އެދިވަޑައިގަތެވެ.

މުޅި މި މަންޒަރު ނަޝީދު ވެސް މިއަދު ސިފަކޮށްދެއްވި ގޮތުގައި ނިޒާމު ބަދަލުކުރުމަކީ ޕާޓީތަކަށް ވެސް އެނގިފައި އޮތް އަދި އެކަމަށް އެއްބަސް ވެވިފައި އޮތް ކަމެކެވެ.

އިނގިރޭސި ވިލާތުގައި މިހާރު ހުންނެވި ނަޝީދު، ވާޗުއަލްކޮށް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އިނގިރޭސި ވިލާތުގައި މިހާރު ހުންނެވި ނަޝީދު، ވާޗުއަލްކޮށް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފަރުވާ އަށް އިނގިރޭސި ވިލާތުގައި ހުންނަވައި ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު މިއަދު ވިދާޅުވީ، 2018ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވި އިރު ނިޒާމުގެ ވޯޓެއް ނަގަން ދެކޮޅު ހެދީ ހަމައެކަނި ޖުމްހޫރީ ޕާޓީން ކަމަށެވެ. އެމްޑީޕީގެ މެނިފެސްޓޯގައި ލިޔުނު އެ ވައުދާ އެއްގޮތަށް ފެންނަ ނުފެންނަ ވޯޓަކަށް ދާން އެމްއާރުއެމާއި އަދާލަތުގެ ތާއީދު ލިބުނު ކަމަށް ނަޝީދު ވިދާޅުވި އެވެ.

Ihthihaadhuge manifesto 2-3 dhuvahehge thereygai fainal vaane

Ihthihaadhuge manifesto 2-3 dhuvahehge thereygai fainal vaane

The most trusted news source in the Maldives

Mihaaru

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ނެރުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅު.

އެކަމަކު އެމްއާރުއެމާއި އަދާލަތުން މިއަދު ބުނީ އެފަދަ ވޯޓަކަށް އެ ދެ ޕާޓީން އޭރު ވެސް ތާއީދުކޮށްފައި ނުވާނެ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމުން ބުނީ އެ ޕާޓީން އަބަދުވެސް ތާއީދުކުރަނީ ރިޔާސީ ނިޒާމަށް ކަމަށެވެ. އެ ނޫން ނިޒާމަކަށް ތާއީދުކުރަން އެއްވެސް ނިންމުމެއް ނިންމާފައި ނޯންނާނެ ކަމަށް ބުންޏެވެ.

އެ ނޫން ނިޒާމަކަށް ތާއީދުކުރުމަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަން، ނުވަތަ އެއްވެސް ފަރާތަކާ އެކު އެއްބަސްވެފައި ވެސް ނުވާނެ ކަން ދިވެހި ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. -- އެމްއާރުއެމް

ކޯލިޝަންގެ އެއް ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސްކަން ކުރައްވާ އަދާލަތު ޕާޓީން ވެސް ބުނިގޮތުގައި، ދައުރުގެ މެދުތެރެއިން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގުޅިފައިވާ ޕާޓީތަކާ އެކު އެއްބަސްވުމެއް ނޯންނާނެ އެވެ. ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އެކުލަވާލައި އާއްމުކުރީ އެ ޕާޓީން ތާއީދުކުރި ގޮތަށް ކަމަށް އަދާލަތުން ބުންޏެވެ.

"ބަރުލަމާނީ ނިޒާމަކަށް އަދާލަތުން އެއްބަސްވެފައެއް ނޯންނާނެ،" އަދާލަތު ޕާޓީގެ ސްލޮޓެއްގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ނަޒީރު ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމަކަށް ތާއީދު ހޯދަން ސޮއިކުރާ ޕެޓިޝަންގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި، އޮތީ މެނިފެސްޓޯގައިވާ ގޮތަށް ކަންކަން ތަންފީޒު ނުކުރެވުމެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ 2020ގެ ކުރިން ކުރަން އޮތް ކަމެއް ކަމަށާއި އެ މުއްދަތު މިހާރު ފަހަނާޅާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެއާއެކު ސަރުކާރުން އަމަލުކުރަމުން އަންނަ މެނިފެސްޓޯއާ މެދު ސުވާލު އުފެދުނެވެ.

އެކަން ސާފުކޮށްދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ ސަރުކާރުން ތަންފީޒު ކުރަމުން އަންނަނީ ވެރިކަން އުފެއްދި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އަށް ކަމަށެވެ. އޭގައި ބަރުލަމާނީ ނިޒާމުގެ ވާހަކައެއް ނެތެވެ.

ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް އެކުލަވާލައި ހެޔޮވެރިކަމެއް އުފެއްދުމަށް ފަހު، ގާނޫނުއަސާސީ އިސްލާހުކޮށް، އެކުލަވާލެވޭ ސަރުކާރުގައި ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް މަޖިލިސް ތެރެއިން އެކުލަވާލުން އޮތީ އެމްޑީޕީގެ މެނިފެސްޓޯގަ އެވެ. އެކަމަކު މިކަމަށް އެއްބަސްނުވެވި ގުޅިފައިވާ ޕާޓީތަކަށް ނިންމުނީ ނިޒާމުގެ ވާހަކަ އުނިކޮށްފައި ވެރިކަން ހިންގާށެވެ. އޭގެ ތެރޭގައި އެމްޑީޕީ ވެސް ހިމެނެ އެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އާއްމުކޮށްފައި ވަނީ އެގޮތަށް ކަމަށް ޕާޓީތަކުގެ ލީޑަރުން ކުރިން ވިދާޅުވެފައިވެ އެވެ.