Roadha Mihaaru
ދެ އަހަރުގެ އަންހެން ކުއްޖާ ޖެންޑާގެ ބެލުމުގެ ދަށަށް

ދެ އަހަރުގެ އަންހެން ކުއްޖާ ޖެންޑާގެ ބެލުމުގެ ދަށަށް

17 ޖެނުއަރީ 2020

ދެކުނުގެ ރަށެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ދެ އަހަރުގެ އަންހެން ކުއްޖާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދެކުނުގެ ރަށެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި ދެ އަހަރުގެ އަންހެން ކުއްޖާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޖެންޑަ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމަށް ބުނެ، އެ މައްސަލަ މިނިސްޓްރީ އަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. މިނިސްޓްރީން ބެލި ބެލުމުން ހިނގާފައި ވަނީ ޖިންސީ އަނިޔާގެ މައްސަލައެއް ކަމަށް ޖެންޑާ އިން ބުންޏެވެ.

އެހެންވެ، އެ ކުއްޖާ އަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމާ ގުޅުން ހުރި އިދާރާތަކުގެ މަޝްވަރާ އެކު، އެ ކުއްޖާ އާއިލާއާ ވަކިކޮށް ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި މި މައްސަލައިގައި މިނިސްޓްރީ އާއި ފުލުހުން ގުޅިގެން މަސައްކަތް ކުރާ ކަމަށް ޖެންޑާ އިން ބުންޏެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ޖެންޑާގެ ބެލުމުގެ ދަށުން އެ ކުއްޖާ ވަނީ މާލެ ގެނެސްފަ އެވެ. އެ ކުއްޖާ އެންމެ ފަހުން ހުރީ ބޮޑުދައިތަ ކައިރީގައި ކަމަށްވެ އެވެ.

އެކަން ހިނގި ރަށުން މައުލޫމާތު ދިން ބައެއް މީހުން ތުހުމަތު ކުރި ގޮތުގައި އަންހެން ކުއްޖާ "ރޭޕް" ކުރީ އެ ކުއްޖާގެ ބައްޕަ އާއި ކާފަ އާއި މުނިކާފަ ބައިވެރިވެގެންނެވެ. އަދި އެކަން ފަޅާ އެރީ އަންހެން ކުއްޖާ ފެންވަރުވަން އުޅުމުގެ ތެރޭގައި ބޮޑުދައިތަ އަށް ކަމަށް އެމީހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން އަދިވެސް ދިރިއުޅެނީ އެ ކަން ހިނގި ރަށުގަ އެވެ. އަދި މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

ރަށުން ވާހަކަ ދެއްކި މީހުން ބުނީ ކުއްޖާގެ ބައްޕަ އާއި މަންމައަކީ ވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެ މީހުން ކަމަށެވެ. އެހެންވެ، ކުއްޖާ އަށް ދޭން ޖެހޭ އަޅާލުމާއި އެހީތެރިކަން ދެ މީހުންގެ ފަރާތުން ވެސް އެއްވެސް ވަރަކަށް ނުލިބޭ ކަމަށްވެ އެވެ.

އެ ރަށު މީހުން ތުހުމަތު ކުރާ ގޮތުގައި އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރީ ސިއްހީ ސަބަބަކާ ހުރެ، އެ ކުއްޖާގެ މަންމަ މިދިޔަ ހޯމަ ދުވަހު މާލެ ދިޔަ ފަހުންނެވެ. ކުއްޖާ ދިރިއުޅޭ ގޭގައި އެ ކުއްޖާގެ މައިންބަފައިންގެ އިތުރުން ކާފަ އާއި މުނިކާފަ ވެސް ދިރިއުޅޭ ކަމަށްވެ އެވެ.

ދެކުނުގެ ރަށެއްގައި ހިނގި އެކަމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ އެކަން ކުރި މީހުންނަށް އަމާޒުވެފަ އެވެ.

Offenders | Child Sex Offenders Registry

Offenders | Child Sex Offenders Registry

ޖިންސީ ގޯނާކުރި މީހުންގެ ރަޖިސްޓަރީ