Roadha Mihaaru
ދެ އަހަރުގެ ކުއްޖާ ރޭޕް ކުރި ދެ މީހަކު ހައްޔަރުކޮށްފި

ދެ އަހަރުގެ ކުއްޖާ ރޭޕް ކުރި ދެ މީހަކު ހައްޔަރުކޮށްފި

17 ޖެނުއަރީ 2020

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ މިއަދު ހައްޔަރުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ދެ އަހަރުގެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު އެބަތިބި ކަމަށެވެ. އެކަމަކު އެ ދެ މީހުންނަކީ ކޮބައިކަން ފުލުހުން އަދި ނުބުނެ އެވެ. ހައްޔަރުކޮށްފައި ވަނީ 62 އަހަރުގެ ދިވެހި ފިރިހެނަކާއި 81 އަހަރުގެ މީހެކެވެ. ކަށަވަރު ވެފައިވާ ގޮތުގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އެވެ.

މި މައްސަލައިގައި އާންމުން ދެން ތުހުމަތު ކުރަނީ އެ ކުއްޖާގެ ބައްޕަ އަށެވެ. އޭނާ މި ވަގުތު ހުރީ މާލޭގަ އެވެ.

ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ކާފަ ފުލުހުން ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ: ސޯޝަލް މީޑިއާ

ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ކާފަ ފުލުހުން ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ: ސޯޝަލް މީޑިއާ

މިކަން ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ކަން ހިނގި ރަށުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ކުއްޖާ މިހާރު ހުރީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ.

އެކަން ހިނގި ރަށުން މައުލޫމާތު ދިން ބައެއް މީހުން ތުހުމަތު ކުރި ގޮތުގައި އަންހެން ކުއްޖާ "ރޭޕް" ކުރީ އެ ކުއްޖާގެ ބައްޕަ އާއި ކާފަ އާއި މުނިކާފަ ބައިވެރިވެގެންނެވެ. އަދި އެކަން ފަޅާ އެރީ އަންހެން ކުއްޖާ ފެންވަރުވަން އުޅުމުގެ ތެރޭގައި ބޮޑުދައިތަ އަށް ކަމަށް އެ މީހުން ބުންޏެވެ.

ރަށުން ވާހަކަ ދެއްކި މީހުން ބުނީ ކުއްޖާގެ ބައްޕަ އާއި މަންމައަކީ ވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެ މީހުން ކަމަށެވެ. އެހެންވެ، ކުއްޖާ އަށް ދޭން ޖެހޭ އަޅާލުމާއި އެހީތެރިކަން ދެ މީހުންގެ ފަރާތުން ވެސް އެއްވެސް ވަރަކަށް ނުލިބޭ ކަމަށްވެ އެވެ.

އެ ރަށު މީހުން ތުހުމަތު ކުރާ ގޮތުގައި އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރީ ސިއްހީ ސަބަބަކާ ހުރެ، އެ ކުއްޖާގެ މަންމަ މިދިޔަ ހޯމަ ދުވަހު މާލެ ދިޔަ ފަހުންނެވެ. ކުއްޖާ ދިރިއުޅޭ ގޭގައި އެ ކުއްޖާގެ މައިންބަފައިންގެ އިތުރުން ކާފަ އާއި މުނިކާފަ ވެސް ދިރިއުޅޭ ކަމަށްވެ އެވެ.

Offenders | Child Sex Offenders Registry

Offenders | Child Sex Offenders Registry

ޖިންސީ ގޯނާކުރާ މީހުންގެ ރެޖިސްޓަރީ