ކ. ހިންމަފުއްޓާއި ހުރައަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ފެރީ ލޯންޗުގެ ހިދުމަތް އެމްއެންއެޗްޑީ އިންވެސްޓްމަންޓުން ފަށައިފި އެވެ.
04 އޮކްޓޯބަރ 2016
ކ. ހިންމަފުއްޓާއި ހުރައަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ފެރީ ލޯންޗުގެ ހިދުމަތް އެމްއެންއެޗްޑީ އިންވެސްޓްމަންޓުން ފަށައިފި އެވެ.
އެމްއެންއެޗްޑީގެ މެނޭޖަރު މޫސާ ނަސީރު މިއަދު ވިދާޅުވި ގޮތުގައި "ހިންމަފުށި އެކްސްޕްރެސް" ނަމުގައި ފެށި ހިދުމަތް ޝެޑިއުލާ އެއްގޮތަށް ކޮންމެ ދުވަހަކު އޮންނާނެ އެވެ.
ހިންމަފުއްޓާއި ހުރާގައި ވެސް ގަވާއިދުން ކޮންމެ ދުވަހަކު ލޯންޗުގެ ހިދުމަތެއް ނުދެ އެވެ. އެ ދެ ރަށަށް ލޯންޗުގައި ދާން ބޭނުން ނަމަ، ބޮޑު ހަރަދެއްކޮށްގެން ލޯންޗެއް ކުއްޔަށް ހިފަން ޖެހެ އެވެ.
މޫސަ ވިދާޅުވީ ލޯންޗުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ އަގު ތަފާތުވާނެ އެވެ. އަދި ތިން އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާދިއްތަ، ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ދުވާލަކު ދަތުރެއް ކުރާއިރު، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކުރަނީ ދުވާލަކު ދެ ދަތުރު ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
- ހިންމަފުއްޓަށް ދަތުރުކުރާ ދިވެއްސެއް އަތުން ކޮޅަކަށް ނަގަނީ 100ރ.
- ހިންމަފުއްޓަށް ދަތުރުކުރާ ގެސްޓެއް އަތުން ކޮޅަކަށް ނަގަނީ 15 ޑޮލަރު (231ރ.)
- ހުރައަށް ދަތުރުކުރާ ދިވެއްސެއްގެ އަތުން ކޮޅަކަށް ނަގަނީ 150ރ.
- ހުރައަށް ދަތުރުކުރާ ގެސްޓެއް އަތުން ކޮޅަކަށް ނަގަނީ 20 ޑޮލަރު (308ރ.)
- ނަން ނޯޓު ކުރުމަށް: 9701193
ހިންމަފުށީ ބަނދަރުގައި އޮތް ލޯންޗަކަށް މީހުން އަރުވަނީ. - ފޮޓޯ: ފޮޓޯ: ނިޝާން އަލީ/ މިހާރު
މޫސަ ވިދާޅުވީ ލޯންޗު ދަތުރުތައް ފެށުމަކީ ހިންމަފުށީ ގެސްޓްހައުސްތައް ހިންގާ މީހުންނަށް ލިބޭނެ ލުޔެކެވެ. ބޮޑު އަގުގައި ލޯންޗެއް ކުއްޔަށް ހިފައިގެން ދިއުމަށް ވުރެ، ހިންމަފުށި އެކްސްޕްރެސްގެ ބޭނުން ހިފުމަކީ އެ މީހުންގެ ޖީބަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ދަތުރުތައް ފެށުމުން ދެ ރަށުގައި އުޅޭ މީހުންގެ ވަގުތު ވަރަށް ބޮޑަށް ސަލާމަތްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލޭގައި ދިރިއުޅޭ މީހުން ކުރު ޗުއްޓީއަކަށް ދާން ބޭނުންނަމަ، މި ލޯންޗުގެ ބޭނުން ހިފޭނެ ކަމަށް ގަބޫލު ކުރަނީ،" މީގެ ދެ ހަފްތާ ކުރިން ދޭން ފެށި ހިދުމަތާ ބެހޭގޮތުން މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާންމުންގެ ތަރުހީބަށް ބަލާފައި އަންނަ މަހުން ފެށިގެން ދަތުރުތައް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. ހިންމަފުއްޓާއި ހުރައަށް ލޯންޗެއްގައި ދަތުރުކުރާނަމަ، ހޭދަވަނީ ބައިގަޑިއިރެއްހާއިރު އެވެ.
ހިންމަފުށި ކައުންސިލްގެ މެމްބަރު އަހުމަދު ހަމީދު ވިދާޅުވީ އެ ރަށަށް ކޮންމެ ދުވަހަކު ވެސް ލޯންޗުގެ ހިދުމަތް ފެށުމަކީ ގެސްޓްހައުސް ހިންގާ މީހުންނަށާއި އެ ރަށުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ ފަސޭހައެކެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ލޯންޗެއްގައި ކުއްޔަށް ހިފައިގެން އެ ރަށަށް ދާންވެއްޖެނަަމަ، 2700ރ. ހަރަދު ކުރަން ޖެހެ އެވެ. އަދި ރަށަށް އާދެވުނަސް މަޑުކޮށްލެވެނީ އެއް ގަޑިއިރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މަސް ފެކްޓްރީ އާއި ފެން އުފައްދާ ފެކްޓްރީތަކުގައި މަސައްކަތް ކުރާ މީހުންނަށް ވެސް މިއީ ފަސޭހައެއް، އެއްޗެއް ގަންނަންވިޔަސް، ނުވަތަ އެމީހުންގެ ބަޔަކު އަންނަންވިޔަސް، ދަތުރުކުރެވޭނެތީ،" އޭނާ ވިދާޅުވި އެވެ.
ހުރާގައި ބޯޓުޔާޑެއް ހަދަން ދޭ ބޮޑު ބިން ބަޔަކަށް ދީފި
ހިންމަފުށި ކައުންސިލުގެ ރައީސްކަމަށް ދެބެއިން ވާދަކުރަނީ
ތުލުސްދޫ ދާއިރާގެ ކޮންމެ މީހަކަށް މާސްކެއް
އދ.ގައި ތަގްރީރު ނުކުރެއްވި ސަބަބު ޔާމީންގެ ދޫފުޅުން
ހިންމަފުށި ފަރަށް އެރި ބާޖް އަދި ފުނެއް ނުކުރެވޭ
ފުރަތަމަ ފަހަރަށް މެމްބަރެއްގެ ފަސް އަހަރުގެ ތާވަލު
ހައްޖަށް ދާން ހިންމަފުށިން ހޮވުނީ ރާފިއާ ރަގީބް
ހިންމަފުށީގައި ގުރުއާން މުބާރާތެއް ބާއްވައިފި
ކުޑަ ކުއްޖަކާ ބެހުނު މީހަކު ހުރާ އިން ހައްޔަރުކޮށްފި
ފައިސަލް ފުލުހުންނަށް: އިތުބާރު ހިފޭ ބަޔަކަށް ވެދީ