18 ޖެނުއަރީ 2020
އިކޯ-ޓޫރިޒަމަށް ހާއްސަ ކޮށްގެން އައްޑޫގައި ތަރައްގީ ކޮށްފައިވާ ނޭޗާ ޕާކްގެ ބައެއް ތަންތަނަށް އަޅާނުލެވި، ދޫކޮށްލާފައި ހުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވާން އެވެ
އިކޯ-ޓޫރިޒަމަށް ހާއްސަ ކޮށްގެން އައްޑޫގައި ތަރައްގީ ކޮށްފައިވާ ނޭޗާ ޕާކްގެ ބައެއް ތަންތަނަށް އަޅާނުލެވި، ދޫކޮށްލާފައި ހުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވާން އެވެ
ހިމާޔަތް ކޮށްފައިވާ ހިތަދޫ އީދިގަލި ކިޅި އާއި ކޯއްޓޭއާ ދޭތެރޭގައި ހިމެނޭ ސަރައްދުތަކުގައި ތަރައްގީކޮށް، 2018 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އަންނަ ނޭޗާ ޕާކްގައި ލަކުނޑިން ހަދާފައި ހުރި ގިނަ ތަންތަނުގެ ލަކުޑިތައް ފީވެ ބިންދައިގެން ބޮޑެތި ގެއްލުންތަކެއް މިހާރު ވަނީ ވެފަ އެވެ. އޭގެ ތެރޭގައި އެ ސަރައްދުގެ ރީތިކަން ބެލުމަށްޓަކައި ޒިޔާރަތް ކުރާ މީހުން މަޑުކުރަން ހަދާފައިވާ ފްލެޓްފޯމުތަކާއި ނޭޗާ ޕާކްގެ ތެރޭގައި ހިނގަން ހަދާފައިވާ ދިގު ލަކުޑި "ފާލަން" ގެ އެކި ތަންތަނާއި އެކި ސަރަހައްދުތަކުގައި ލަކުޑިން ހަދާފައިވާ ޕޯސްޓު ފަދަ އެއްޗެހި ހިމެނެ އެވެ.
މި ތަނަށް ލިބިފައިވާ ގެއްލުން ފޭސްބުކްގައި ބަޔަކު ހިއްސާ ކޮށްފައިވާ އިރު، ވަރަށް ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނޭޗާ ޕާކްގެ ހާލަތު ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސަމާލު ކަމަށް ގެންނަން ބައެއް މީހުން ވަނީ ފޭސްބުކްގައި ފޮޓޯތަކާ އެކު އެ މިނިސްޓްރީ ޓެގްކޮށްފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޑޫ ނޭޗާ ޕާކް ހުޅުވުމާ އެކު، ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައި ވިޔަސް އެ ތަން ބެލެހެއްޓުމުގެ ކަންކަން ވަރަށް ދޯދިޔާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެގޮތުން، ތަން ރަނގަޅަށް މެނޭޖް ކުރެވެމުން ނުދާ އިރު، ބައެއް ތަންތަނަށް އެއްވެސް ވަރަކަށް އަޅައި ނުލެވޭ ކަމަށް ބައެއް މީހުން ބުންޏެވެ.
ނޭޗާ ޕާކްގައި ހަދާފައި ހުރި ތަންތަނުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް މި ވަގުތު ދެވެމުން އަންނަނީ އެ ތަނުގެ މޫނުމަތި ކަމަށްވާ ވިޒިޓާޒް ސެންޓަރަށެވެ.
Haflaa thakah Addu nature park kuyyah dhookuranee
The most trusted news source in the Maldives
Mihaaru
ހަފްލާތަކަށް އައްޑޫ ނޭޗާ ޕާކް ކުއްޔަށް ދޫކުރަނީ
އައްޑޫ މީހުންގެ އިތުރުން، އައްޑު އަށް ޒިޔާރަތް ކުރާ އެކި ރަށްރަށުގެ މީހުންނާއި ޓޫރިސްޓުންނަށް ވެސް އިޝްތިހާރު ކުރާ އައްޑޫ ނޭޗާ ޕާކްގައި މި ފަހުން ވަނީ އެކިއެކި ހަފުލާތަކަށް ވެސް ދޫކުރަން ފަށައިފަ އެވެ އެކަމަކު، މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައްޑޫ ނޭޗާ ކްލަބްގެ ބައެއް ތަންތަން ފީވެ، ހަލާކުވެ، މަރާމާތުތައް ކުރުން ހުއްޓާލާފައި ވުމަކީ ވަރަށް ބޮޑު މައްސަލަ އެކެވެ. އައްޑޫ އިޝްތިހާރު ކުރުމަށް ލިބިފައިވާ މަދު ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ މިފަދަ ތަނަކަށް އަޅައިލައި، ދެމެހެއްޓެނިވި ގޮތަކަށް ކަންކަން ބައްޓަން ކުރުމުގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ފަރުވާ ކުޑަކޮށްފައިވާ ކަން ކިތަންމެހާ ވެސް ސާފެވެ.
Addu Nature Park: Gudhurathee hiygaimukamu ge dhevana eh neiy!
The most trusted news source in the Maldives
Mihaaru
އައްޑޫ ނޭޗާ ޕްކް: ގުދުރަތީ ހިތްގައިމު ކަމުގައި ދެވަނައެއް ނެތް
އައްޑޫ ނޭޗަ ޕާކަކީ އައްޑޫގެ އިކޯ-ޓޫރިޒަމް ޕްރޮޖެކްޓްގެ ދަށުން އެންވަޔަރުމެންޓް މިނިސްޓްރީ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިތުރުން ވޯލްޑް ބޭންކުން މެނޭޖްކޮށްގެން ހިންގާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ) ގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
އައްޑޫ ނޭޗާ ޕާކްގެ ތެރޭގައި ހިމެނެނީ އީދިގަލި ކިޅި އާއި ކޯއްޓޭގެ އިތުރުން ފަޅުރަށްރަށް ކަމަށްވާ މާހެރަ އާއި ކުޑަމާހެރަ އާއި ދީރޮނޑި، ކޯހެރަ އަދި ކައްބޯހެރަ އެވެ. މީގެ އިތުރުން ރޯޔަލް ޝިޕްރެކް ޑައިވިން ޕޮއިންޓެއް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ހިމާޔަތް ކޮށްފައިވާ މި ސަރަހައްދުގެ ބޮޑުމިން ގާތްގަނޑަކަށް 1،145 ހެކްޓަރަށް އަރަ އެވެ.
ދެކުނުގެ ދެ ނޭޗާ ޕާކް ޖޫންގައި ހުޅުވަނީ
އައްޑޫގައި ފްލޯޓިން ސޯލާޕެނަލް ހަރުކުރާނެ ބަޔަކު ހޯދަނީ
މި އަހަރުގެ ކޮރަލް ފެސްޓިވަލް ހިތަދޫގައި ބާއްވަނީ
އައްޑޫ ސިޓީ ކައުންސިލް 30 މިލިއަނުން ޖޫރިމަނާކޮށްފި
އައްޑޫގައި 100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް
އައްޑު އާއި ފުވައްމުލަކަށް އަންނާނީ ކޮން ބަދަލެއް؟
ހަކަތަ މަޝްރޫއުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި
އައްޑޫ މަގުތައް ހަދަން ސާވޭކުރަން ފަށައިފި
ފެން ހިންދާ ނިޒާމުގެ މަސައްކަތް އަވަސްކޮށްދީ: ޝަރީފް
ގޭ ބުޑަށް ރާޅު! މޫލެކެޑެއަށް ހައްލެއް ނެތީތަ؟