މިހާރު އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުން ވާދަކުރާ ކުޅުންތެރިން ކަނޑައަޅައިފި އެވެ.
މިހާރު އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުން ވާދަކުރާ ކުޅުންތެރިން ކަނޑައަޅައިފި އެވެ.
މިހާރު އެވޯޑްސްގެ ފުޓްބޯޅައިގެ ފަނޑިޔާރުންގެ ބައްދަލުވުމުގައި އެންމެ މޮޅު ކުޅުންތެރިޔާ އަށް ޝޯޓްލިސްޓްކުރީ ދެ ވަނަ ބުރުގައި ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުނު އަލީ އަޝްފާގު (ދަގަނޑޭ) އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިސްމާއިލް އީސަ (މެސީ) އާއި އިޝާން އިބްރާހިމް (ސައްޓު) އާއި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އަދި އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އެވެ.
ދެ ވަނަ ބުރުގައި ދަގަނޑޭ ވަނީ ފަސް ގޯލު ޖަހައި ދެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ރިޒޭ ވަނީ އަށް ގޯލު ޖަހައި ތިން މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ޓީސީގައި ސައްޓު އާއި އިސަ ވަނީ ތަފާތު ދައްކައިފަ އެވެ. ކޮންމެ ކުޅުންތެރިޔަކު ދެ ވަނަ ބުރުގައި ހަތް ގޯލު ޖެހި އެވެ. ސައްޓު ދެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއިރު، އީސަ ވެސް ވަނީ ދެ ވަނަ ބުރުގެ އެއް މެޗެއްގައި މޮޅު ކުޅުންތެރިއަކަށް ހޮވިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ޓީމުގައި ގިނަ މެޗުތަކެއްގައި ކުޅެ ހަމްޕު ވަނީ ތަފާތު ދައްކައިފަ އެވެ. ގިނަ ލަނޑުތަކެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދިންއިރު، ހަމްޕު ވެސް ވަނީ މެޗެއްގައި މޮޅު ކުޅުންތެރިއަކަށް ހޮވިފަ އެވެ.
އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ލީގުގެ ދެ ވަނަ ބުރުން ވާދަކުރާ ކުޅުންތެރިން. (ކ.ވ) ޔަޒޭ، ޔާން، ހައިޝަމް، ޗޯޓު އަދި އޮގީ. -- ފޮޓޯ: މިހާރު
އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާ (21 އަހަރުން ދަށް) ގެ މަގާމަށް ވާދަކުރަނީ ފޯކައިދޫ ޓީމުގެ މުހައްމަދު ޖައިލަމް (އޮގީ) އާއި ހަސަން ނަޒީމް (ޗޯޓު) އާއި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) އާއި ކްލަބް އީގަލްސްގެ ހައިޝަމް ހަސަން އަދި ޓީސީގެ މުހައްމަދު ޔަޒްދާން (ޔަޒޭ) އެވެ.
މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ހާސިލްކުރީ ދަގަނޑޭ އެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.
ފުޓްބޯޅައިގެ މި ދެ އެވޯޑުގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް މިހާރު އެވޯޑްސްގައި ހޮވާނެ އެވެ. މީގެ އިތުރުން ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިން އެއްކޮށްލައިގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދާ ދިވެހި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ އެވޯޑަކާއި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ވެސް ހާއްސަ އެވޯޑެއް ދޭނެ އެވެ. އެ އިނާމް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފަށެވެ.
ދިވެހި ލީގު ފަށަން ހުއްދަ އެބައޮތް: އެފްއޭއެމް
ލީގުގެ ވަރުގަދަ ޓީމަކަށް ވެލެންސިއާ ވާނެ: އާތީ
ފުޓްބޯޅަ ކޯޗުން ރައީސްއާ ބައްދަލުކުރަނީ
ޕްރީ ސީޒަނަށް އަތޮޅު ތެރެއަށް ދިއުމުގެ ފުރުސަތު
ސީޒަން އަވަހަށް ފެށޭތޯ އެފްއޭއެމުން މަސައްކަތްކުރަނީ
ދިވެހި ލީގުން އަތޮޅުތަކަށް ދޭ ޖާގަ މަޑުޖައްސާލައިފި
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ޑިސެމްބަރަށް؟
ކުޅުންތެރިންގެ ކަންބޮޑުވުންތައް ބަލައިގަންނަން: ބައްސާމް
ފުޓްބޯޅަ މުބާރާތްތަކާއި ޓްރެއިނިންތައް މެދުކަނޑާލައިފި
ޓީސީ އާއި މާޒިޔާ އަށް އޮތީ ކިހާވަރެއްގެ ފުރުސަތެއް؟