ރާއްޖޭގައި ހިންގާ ޓްރެވަލް އެޖެންސީތަކުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅަން ޓޫރިޒަމް މިނިސްޓްރީން އަންގައިފި އެވެ.
20 ޖެނުއަރީ 2020
ރާއްޖޭގައި ހިންގާ ޓްރެވަލް އެޖެންސީތަކުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅަން ޓޫރިޒަމް މިނިސްޓްރީން އަންގައިފި އެވެ.
"ދިވެހިރާއްޖޭގައި ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައިހިންގުމުގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދު" ގެ ދަށުން ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓު ޓްރެވަލް އެޖެންސީތަކުން ހުށަހަޅަން ޖެހޭނެ އެވެ. މި ގަވާއިދުގެ ދަށުން ރިޕޯޓު ހުށަނާޅާ އެޖެންސީތަކުގެ ހުއްދަ ބާތިލު ކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވެ އެވެ.
ޓްރެވަލް އެޖެންސީތަކުގެ މިދިޔަ އަހަރުގެ ރިޕޯޓު ހުށަހަޅަން ޖެހޭނީ މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިންނެވެ. މި މުއްދަތުގައި ރިޕޯޓު ހުށަނާޅާ އޭޖެންސީތަކުގެ ހުއްދަ ބާތިލް ކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ރާއްޖޭގައި މިހާރު 384 ޓްރެވަލް އެޖެންސީ ހިންގަ އެވެ.
އޮފީހެއް ނެތަސް މިހާރު ޓްރެވަލް އޭޖެންސީ ހިންގޭނެ
ގިނަ ޓްރެވަލް އޭޖެންސީތަކެއްގެ ހުއްދަ ބާތިލްކޮށްފި
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
ޑޮލަރުގެ މައްސަލަ ހައްލުވާން ފަށައިފި، ބަދަލު ފެންނާނެ
ދެ މިނިސްޓްރީ ރަނގަޅަށް ބެލެހެއްޓޭނެ: ތޯރިގް
ކޮވިޑުގެ ކުރީގެ ހާލަތަށް ޓޫރިޒަމް ރުޖޫއަވެއްޖެ
90،000 ޓޫރިސްޓުން، 70 ޕަސެންޓު ރިސޯޓުތަކަށް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އަހަރުގެ ފުރަތަމަ ފަސް ދުވަހު ގިނައީ ރަޝިއާ ޓޫރިސްޓުން
"އަމާޒަކީ ޓޫރިސްޓުން 15 ޕަސެންޓަށް އިތުރުކުރުން"