21 ޖެނުއަރީ 2020
އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) އިން "އެއްތަންވުން" ނަމުގައި ފެށި އާޓް އެގްޒިބިޝަނުން ރާއްޖެ އާއި އިންޑިއާގެ ހުނަރު ކުލަ ގަދަކޮށް ފެންނަން ހުއްޓެވެ. ދެ ގައުމުގެ ފަންނާނުން އެއްތަންވެ ތައާރަފްވާން އަދި ތަޖުރިބާ ހިއްސާކުރަން ހުޅުވާލި ފުރުސަތުގައި އެތައް ފަންނާނުންނެއް ވަނީ އެއްތަންކުރުވައިފަ އެވެ.
އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) އިން "އެއްތަންވުން" ނަމުގައި ފެށި އާޓް އެގްޒިބިޝަނުން ރާއްޖެ އާއި އިންޑިއާގެ ހުނަރު ކުލަ ގަދަކޮށް ފެންނަން ހުއްޓެވެ. ދެ ގައުމުގެ ފަންނާނުން އެއްތަންވެ ތައާރަފްވާން އަދި ތަޖުރިބާ ހިއްސާކުރަން ހުޅުވާލި ފުރުސަތުގައި އެތައް ފަންނާނުންނެއް ވަނީ އެއްތަންކުރުވައިފަ އެވެ.
އައިސީސީގައި ކުރިއަށް ގެންދާ މި އެގްޒިބިޝަންގައި ނުވަ އާޓިސްޓެއްގެ އުފެއްދުންތައް ދައްކާލަން ބަހައްޓާފައި އެބަހުއްޓެވެ. ބައިވެރިވި ދިވެހި ފަސް އާޓިސްޓުން ސަގާފީ އުފެއްދުންތަކާއި ރިސޯޓުތަކަށް ވިއްކާ ކުރެހުންތަކާއި އެހެނިހެން އަތްތެރި މަސައްކަތްތައް ހުށަހަޅައިދީފައިވެ އެވެ.
އެއްތަންވުން އާޓް އެގްޒިބިޝަަންގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަސްވީރެއް ދައްކާލަން ބަހައްޓާފައި. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދިރް އިއްޔެ ރަސްމީކޮށް ހުޅުއްވައިދެއްވި މި އެގްޒިބިޝަން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެ އެވެ. ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު 5:00 އަށް އާންމުންނަށް މި އެގްޒިބިޝަނަށް ވަދެވޭނެ އެވެ.
އައިސީސީގެ ޑައިރެކްޓަރު "އެއްތަންވުން" އާ ގުޅޭގޮތުން ވާހަކަދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އައިސީސީގެ ޑިރެކްޓަރު ޑރ. ސްޔެދް ތަންވީރް ނަސްރީން ވިދާޅުވީ މި އެގްޒިބިޝަން ފެށީ ދިވެހިންނާއި އިންޑިއާގެ އާޓިސްޓުންގެ އުފެއްދުންތައް އެއްތަނަކުން ދައްކާލުމުގެ މަގްސަދުގައި ކަމަށެވެ. އޭނާ ވިދާޅުވީ، އާޓް މެދުވެރިކޮށް ދެ ގައުމުގެ ރައްޔިތުންގެ ހިތްތައް ގުޅުވާލެވޭނެ ކަމަށެވެ.
މޫމިނާ ނަސީމްގެ ސްޓޯލްގައި ހުރި ބައެއް އުފެއްދުންތައް -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ދިވެހި ލިބާހުގެ އަތުކުރި އާއި ކިނާރި ތައްޔާރުކުރާ މޫމިނާ ނަސީމްގެ މަސައްކަތްތައް ވެސް މި އެގްޒިބިޝަންގައި ދައްކާލަން ބަހައްޓާފައި ހުއްޓެވެ. އޭނާ ބުނީ މި އެގްޒިބިޝަނުގައި ބައިވެރިވީ ދިވެހިންގެ ސަގާފީ މަސައްކަތްތައް ބޭރު ގައުމަކުން ކުރިއަށް ގެންދާ އެގްޒިބިޝަންތަކުން އާންމުކޮށް ނުފެންނާތީ، އެތަކެތި ދައްކާލުމުގެ ނިޔަތުގައި ކަމަށެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން މި މަސައްކަތް ދަސްކުރި މޫމިނާގެ ސްޓޯލުން ލިބާހާއި އަތްކުރި ފެނެ އެވެ. އަތްކުރި ވިޔާ ކިނާރި ހަރަކުން، އެ މަސައްކަތް ކުރާ ތަން ވެސް އެތަނަށްދާ މީހުންނަށް އޭނާ ދައްކާލައެވެ.
މި އެގްޒިބިޝަނުގައި ބައިވެރިވި އަލީ ޝާކިރުގެ އުފެއްދުމެއް -- ފޮޓޮ: ހުސެއިން ވަހީދު/ މިހާރު
އަތްތެރި މަސައްކަތާއި ކުރެހުމުގެ ދާއިރާގައި 30 އަހަރު މަސައްކަތްކޮށްފައިވާ އަލީ ޝާކިރު އުފެއްދުންތައް ހުށަހަޅައިދީފައިވަނީ ރާއްޖެއިން އާންމުކޮށް ފެންނަ ޕްލާސްޓިކުގެ ބާވަތްތަކާއި ލަކުޑިންނެވެ. ބިސްތަކަކުން ވެލާތަކެއް ނިކުންނަ މަންޒަރު އޭނާ ދައްކުވައިދިނީ، މަދު އަދި ޓެނިސް ބޯޅަތަކެއް ބޭނުންކޮށްގެނެވެ.
އައިސީސީގައި ކުރިއަށް ގެންދާ އާޓް އެގްޒިބިޝަންގައި ދައްކާލާފައިވާ ބައެއް އުފެއްދުންތައް -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ދަބަހާއި މަލާއި ތޮފި އަދި މޭޒުގައި އަޅާ ފޮތިގަނޑުތައް ވެސް މި އެގްޒިބިޝަނުގައި ދައްކާލާފައިވެ އެވެ. އެކި ބާވަތްތަކުގެ ކުރެހުމާއި ޕެއިންޓިންތައް އެއް ސްޓޯލަކުން ފެނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރެހުމެއް ހިމެނެ އެވެ.
އެގްޒިބިޝަންގައި ހުރި ބައެއް ކުރެހުންތައް -- ފޮޓޯ: ހުސެއިން ވަހީދު
ރޮދިން ގޮށް ޖަހައިގެން ނުވަތަ "ޓެޓިން" ބޭނުންކޮށްގެން ކަންފަތުލާ އެއްޗެހި ތައްޔާރުކުރާ އަޕަރްނާ ފައުޖްދާގެ އުފެއްދުންތައް ވެސް މި އެގްޒިބިޝަނުންގައި ހިމެނެ އެވެ. ރާއްޖޭގައި 15 އަހަރު ދިރިއުޅެފައިވާ އިންޑިއާ މީހެއް ކަމަށްވާ އަޕަރްނާ މި ހުނަރު ދަސްކުރީ ކުޑައިރު ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ފުޅާ ދާއިރާއެއްގައި މި މަސައްކަތްކުރަން ފެށީ މިދިޔަ އަހަރު، އޭނާގެ ދަރިން މިކަމަށް ހިތްވަރު ދިނުމުންނެވެ.
އަޕަރްނާ އުފައްދާފައިވާ ކަންފަތުލާތަކެތި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މީގެ އަހަރެއްހާ ކުރިން ރާއްޖެ އަށް އައި ވިންސީ ޖޭސިލްގެ އުފެއްދުންތައް ވަރަށް ތަފާތެވެ. ކްލޭ ބޭނުންކޮށްގެން ފުޅީގައި ތަފާތު ޑިޒައިންތައް ހަދާ، ކަނޑުއަޑީގެ މަންޒަރުތަކާއި ތަފާތު ޑޯލްތައް އޭނާ ތައްޔާރުކޮށްފައި ވެ އެވެ.
ކްލޭ ބޭނުންކޮށްގެން ޒީނަތްތެރިކޮށްފައިވާ ފުޅިތަކާ އެކު، އެތަކެތި ހެދި އާޓިސްޓް ވިންސީ ޖޭސިލް (ކ) -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މި އެގްޒިބިޝަނަށް ލިބޭ އެއްބާރުލުމަށް ބަލާފައި ކުރިއަށް އޮތް ތަނުގައި އަހަރަކު ދެ ފަހަރު މިފަދަ އެގްޒިބިޝަން ބާއްވަން ވިސްނާ ކަމަށް އައިސީސީގެ ޑައިރެކްޓަރު ވިދާޅުވި އެވެ.
އިންޑިއާއަކީ އެންމެ އިތުބާރު ހިފޭ އަވަށްޓެރިޔާ: ޝާހިދު
"އިންޑިއާއާ ދެކޮޅީ" ރާއްޖޭގެ މަދު ބައެއް: ސަފީރު
ވިސާ ލިބުން އެ ބުނާހާ ދައްޗެއް ނޫން: އިންޑިއާ
އައްޑޫ ޕޮލިސް އެކަޑެމީ ހިންގާނީ ރާއްޖޭން: ސަފީރު
ދިވެހި ސިފައިންގެ ޕައިލެޓުން އޮޕަރޭޝަނަށް ނުކުންނަނީ
އިންޑިއާ އިން ރާއްޖެއަށް ތިން ޕައިލެޓަކު ތަމްރީނުކޮށްފި
އިންޑިއާގައި ރާއްޖޭގެ ގެސްޓްހައުސްތައް އިޝްތިހާރު ކުރަނީ
ފިޔަވަޅު އަޅަން އެދުމުން ހައި ކޮމިޝަނަށް ފާޑުކިޔުން!
ނޮވެމްބަރު 3އާ ބެހޭ ފިލްމުގެ ވާހަކަ އަލުން ދައްކައިފި
އެއް ގައުމަކަށް ބަރޯސާވުން ހުއްޓާލަން ޖެހިފައި!