Roadha Mihaaru

"އިންޑިއާ އައުޓް" ކެމްޕެއިނަކީ ދިވެހިންގެ މަދު ބައެއްގެ ކަމެއް: ސަފީރު

01 އޮކްޓޯބަރ 2021

"އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގެ ވަރަށް މަދު ބަޔަކު، ވަކި މަގުސަދެއްގައި ހިންގާ ކަމެއް ކަމަށާއި ގިނަ ދިވެހިންގެ "ހިތްހެޔޮކަން" އެ ގައުމަށް އެބައޮތްކަން އެނގިވަޑައިގަންނަވާ ކަަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެ އެވެެ.

"އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގެ ވަރަށް މަދު ބަޔަކު، ވަކި މަގުސަދެއްގައި ހިންގާ ކަމެއް ކަމަށާއި ގިނަ ދިވެހިންގެ "ހިތްހެޔޮކަން" އެ ގައުމަށް އެބައޮތްކަން އެނގިވަޑައިގަންނަވާ ކަަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެ އެވެެ.

"މިހާރު" އަށް ދެއްވި ހާއްްސަ އިންޓަވިއުއެއްގައި، ސަފީރު ވިދާޅުވީ ދިވެހިންގެ މެދުގައި ވަރަށް ފުޅާ ދާއިރާއެއްގައި އިންޑިއާ އަށް ހިތްހެޔޮކަން އޮތްކަން އެނގިވަޑައިގަންނަވަނީ ހައި ކޮމިޝަނާއި ދިވެހިންނާ ދެމެދު ހިންގާ މުއާމަލާތުތަކުން ކަމަށެވެ. ދިވެހިންގެ މެދުގައި ޖުމުލަ ގޮތެއްގައި އިންޑިއާއާ ދެކޮޅު ވިސްނުމެެއް އޮވެދާނެ ކަމަށް ގަބޫލު ނުކުރައްވަނީ އޭނާ ވިދާޅުވިގޮތުގައި ސަގާފީ ގޮތުންނާއި މަދަނީ ގޮތުން އޮތް ތާރީހީ ގުޅުމުގެ ސަބަބުންނެވެ. އިންޑިއާގެ ބަސްތަކާއި ދިވެހި ބަހުގައި ހުރި އެއްގޮތް ކަންތައްތަކަކީ ވެސް ގުޅުން އޮތް ވަރު ދައްކައިދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"މި ކަން މިހެން ވަނީ [ގިނަ] ގިނަ ސަބަބުތަކެއް ހުންނާތީ. މިސާލަކަށް، ދިވެހިން ކުއްލިއަކަށް ދިމާވާ ކަންކަމަށް ބޭސްފަރުވާ އަށް ގައުމުން ބޭރަށް ދާންވީމާ އެންމެ ފުރަތަމަ ހަނދާނަށް އަންނަނީ ކޮން ގައުމެއްތޯ؟ އެއީ އަބަދުވެސް އިންޑިއާ،" ސަފީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަން ފެތުރިފައިވާ މި އުދަނގޫ ހާލަތުގައި ވެސް 12،000 އަށް ވުރެ ގިނަ ދިވެހިން އިންޑިއާ އަށް ދަތުރުކޮށްފި ކަމަށާއި އެކަން އެހެން ވަނީ ހިތްހެޔޮކަން އޮތުމުން ކަމަށެވެ.

ސަފީރު ތުހުމަތު ކުރެއްވި ގޮތުގައި އެފަދަ ފަރާތްތަކުން މަސަައްކަތްކުރަމުން ގެންދަނީ ދެ ގައުމުގެ ދެެމެދުގައި ދުޝްމަނުކަން އުފެއްދުމަށެވެ.

ހަމަ އެގޮތަށްް އިންޑިއާ އިން ވެސް ރާއްޖެ އަށް ހެޔޮ އެދޭ ކަމަށާއި ބަލިމަޑުކަމުގައި ވެކްސިންް ލިބުމާ މެދު ގައުމުތައް ނާއުއްމީދުވީ ވަގުތުގައި ރާއްޖެ އަށް ވެކްސިން ފޯރުކޮށްދިނީ އެހެންވެ ކަަމަށް ސަފީރު ވިދާޅުވި އެވެ. އެ އުނދަގޫ ވަގުތުގައި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްްދިން ވެކްސިނުން ތިން ލައްކަ ފަންސާސް ހާސް މީހުންނަށް ފައިދާ ކުރި ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

" [ވެކްސިން ޖެހުމުގެ ސަަބަބުން] އެބައެއްގެ ފުރާނަ ސަލާމަތްވީ މީހުން އިންޑިއާއާ ދެކޮޅު ވިސްނުމެއް ގެންގުޅޭނެ ކަމަށް ތިޔަބޭފުޅުންގެ ހިޔާލަށް ގެނެވޭތޯ؟ އަޅުގަނޑަކަށް އެގޮތަކަށް އިހުސާސެއް ނުކުރެވޭ" ސަފީރު ވިދާޅުވި އެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު މިދިޔަ ފެބްރުއަރީ މަހު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ފޮރިން މިނިސްޓަރު ޝާހިދު މަރުހަބާ ދަންނަވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު މިދިޔަ ފެބްރުއަރީ މަހު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ފޮރިން މިނިސްޓަރު ޝާހިދު މަރުހަބާ ދަންނަވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ

އެކަމަކު ސޯޝަލް މީޑިއާގައި ވަރަށް މަދު ބަޔަކު އެ ވިސްނުން ގެންގުޅޭ ކަމަށާއި އެ މީހުން އުޅެނީ އެކަން މާބޮޑުކޮށްލައިގެން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެފަދަ ފަރާތްތަކުން މަސަައްކަތްކުރަމުން ގެންދަނީ ދެ ގައުމުގެ ދެެމެދުގައި ދުޝްމަނުކަން އުފެއްދުމަށެވެ.

"އިންޑިއާ އައުޓް"ގެ ނަމުގައި ރާއްޖޭގައި ބަޔަކު ކުރާ ކެމްޕޭނުގައި ހަގީގަތުގައި ދެކޮޅު ހަދަމުން އަންނަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކަށް ނޫނެވެ. އެކަމަކު އެ މީހުން ދެކޮޅީ އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާ ކަމަށް ބުނެ އެވެ. އެ މީހުން ގޮވައިލަމުން ދަނީ އެކިއެކި ނަންނަމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށެވެ. މި ކަމުގައި މިހާރު އިސްކޮށް ހަރަކާތްތެރިވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.