Roadha Mihaaru
ސައިކަލު ދުއްވަމުން ފެންވެރުމުން ޖޫރިމަނާކޮށްފި

ވިއެޓްނާމްގައި ސައިކަލު ދުއްވަމުން ފެންވެރުމުން ޖޫރިމަނާކޮށްފި

26 ޖެނުއަރީ 2020

ސައިކަލް ދުއްވަމުން މަގުމަތީގައި ފެންވެރި ދެ ފިރިހެނަކު ވިއެޓްނާމްގެ ފުލުހުން ޖޫރިމަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސައިކަލް ދުއްވަމުން މަގުމަތީގައި ފެންވެރި ދެ ފިރިހެނަކު ވިއެޓްނާމްގެ ފުލުހުން ޖޫރިމަނާކޮށްފި އެވެ.

ދެކުނު ވިއެޓްނާމްގެ ބިންހް ޑުއޯންގްގައި މިކަން ކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުމުން އަންނަ އިރު އޭގައި ފެންނަނީ ހަމެކަނި ސޯޓް ލައިގެން ތިބި ދެ މީހުންގެ ދޭތެރޭގައި ފެން ބާލިދީއެއް ބަހައްޓައިގެން ގައިގައި ސައިބޯނި ލަމުން ބޮލަށް ފެން އަޅަމުން ދުއްވާ ތަނެވެ.

މި ވީޑިއޯގެ ސޯޝަލް މީޑިއާގައި ދައުރުވެ، ގިނަ ބައެއްގެ ފާޑުކިތުންތައް އަމާޒުވުމުން، ސައިކަލް މަތީގައި ފެންވެރި ދެ މީހުން މިދިޔަ ބުދަ ދުވަހު ހޯދައި ފޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަޔާން ނެގުމަށް ފަހު، އަދަބެއްގެ ގޮތުން ޖޫރިމަނާކޮށްފައިވެ އެވެ.

ސައިކަލް ދުއްވި ހޫން ތަންހް ޚާން، 23، ޖޫރިނަމާކުރީ 80 ޑޮލަރުންނެވެ. އޭނާ އަކީ ކުރިން ވެސް ޓްރެފިކް ގާނޫނާ ހިލާފުވުމުގެ ކުށުގެ ރެކޯޑް ވެސް އޮތް މީހެކެވެ. އޭގެ ތެރޭގައި ހެލްމެޓް ނާޅައި ތަކުރާރުކޮށް ދުއްވުން ހިމެނެ އެވެ.

ހޫން ދުއްވި ސައިކަލްގެ ފަހަތުފައި އިން މީހާގެ ނަމެއް ހާމަކޮށްފައި ނުވާ އިރު، އޭނާ ޖޫރިމަނާކުރީ 60 ޑޮލަރުންނެވެ.