25 ޖެނުއަރީ 2020
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި، އައްޑޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކެޑަމީ ހިންގާ ބޯޑުގައި އައްޑޫ ސިޓީ ކައުންސިލަށް ތަމްސީލު ކުރެވޭނެ ގޮތް ހައްދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި، އައްޑޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކެޑަމީ ހިންގާ ބޯޑުގައި އައްޑޫ ސިޓީ ކައުންސިލަށް ތަމްސީލު ކުރެވޭނެ ގޮތް ހައްދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އައްޑޫގެ މެނިފެސްޓޯ ތައްޔާރު ކުރަން އެމްޑީޕީން ހިތަދޫގައި ފެށި މަސައްކަތު ބައްދަލުވުމުގައި، އެ ޕާޓީގެ ރައީސް ނަޝީދު ވިދާޅުވީ، އައްޑޫ ލިންކް ރޯޑާ ދިމާލުން ބޮޑު ސަރަހައްދެއްގައި އިންޑިއާ އިން ހަދާ ތަނަކީ ހަމައެކަނި ޕޮލިސް އެކެޑަމީއެއް ނޫން ކަމަށެވެ.
#Agenda19Rashah Addu City ge Council Manifesto hedhumuge workshop ge group discussion ahfahu, group thakun hedhi project thah hushahalhaa dhinun pic.twitter.com/QwSJNA0AKK
— MDP Secretariat (@MDPSecretariat) January 25, 2020
ނަޝީދު ވިދާޅުވި ގޮތުގައި ކުރިން "ޕޮލިސް އެކެޑަމީ" އާއި "އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް" ގެ ނަމުން މުހާތަބު ކުރި އެ ތަނަކީ މިހާރު "އިންސްޓިޓިއުޓް އޮފް ލޯ، އޯޑާ އެންޑް ސްޓްރެޓަޖިކް ސްޓަޑީޒް" ކަމަށެވެ. އަދި އެތަނުގެ ބޯޑުގައި ސިޓީ ކައުންސިލްގެ މެމްބަރަކު ހިމެނޭ ގޮތަށް ވައުދުވެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެތަން ހިންގުމުގައި ސިޓީ ކައުންސިލަށް އޭގެ ބޯޑުގައި މީހަކު އިންނަ ގޮތަށް ކަންތައްތައް ގެންދިޔުމަށް ތިބޭފުޅުންނަށް ވައުދު ވެވޭނެ. އަދި އެއީ ބޮޑު އިންސްޓިޓިއުޓަކަށް އެތަން ބަދަލު ކުރުމަށާއި ހަމައެކަނި ޕޮލިސް ޓްރެއިނިން ތަނެއް ނޫން ކަމަށް ތިބޭފުޅުންނަށް ވައުދު ވެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
އެ އިންސްޓިޓިއުޓަކީ ފެބްރުއަރީ 7، 2012 ގައި ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ޖެހިގެން އައި ދުވަހު އެ ޕާޓީގެ ބައެއް މީހުން ނުކުމެ އައްޑޫގައި ހިންގި ބޮޑު ހަމަނުޖެހުންތަކުގެ ތެރޭގައި، ހިތަދޫގައި ހުރި ޕޮލިސް ޓްރޭނިން ސްކޫލް އަންދައިލުމުން އިންޑިއާ އިން ހިލޭ އިމާރާތް ކޮށްދޭ ތަނެކެވެ. ނަޝީދުގެ އިސްތިއުފާއާ އެކު އައި ހަމަނުޖެހުމުގައި އައްޑޫ ނޫނަސް އެހެން ބައެއް ރަށްރަށުގައި ސަރުކާރުގެ ބައެއް އިމާރާތްތަކަށް ގެއްލުން ދީ، ރޯކުރި އެވެ. އޭގެ ގެއްލުން އެތައް މިލިއަން ރުފިޔާ އަށް އެރި އެވެ.
ޖުމްލަ 18 މިލިއަން ޑޮލަރު ހަރަދުކޮށްގެން، އައްޑޫގައި ޕޮލިސް އެކެޑަމީއެއް އިމާރާތް ކުރުމުގެ މަޝްރޫއު އިއުލާންކުރީ އޭޕްރީލް 6، 2014 ގަ އެވެ.
މި އިންސްޓިޓިއުޓްގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ. ފުލުހުން ބުނި ގޮތުގައި އެތަން ހަދަނީ ވަރަށް ގިނަ ވަސީލަތްތައް އެކުލެވޭ ގޮތަށެވެ. އޭގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި އެހެން ވެސް ޓްރެއިނިން ސެންޓަރެއްގައި ހުންނަން ޖެހޭ މުހިއްމު ވަސީލަތައް ހިމެނޭނެ އެވެ.
އެތަން މި އަހަރުގެ ޖުލައި 26 ގައި ހުޅުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިދާޅުވެފައިވެ އެވެ.
ޕޮލިސް އެކަޑަމީ އަންނަ މާޗު މަހު ނިމޭނެ: ސީޕީ
ޕޮލިސް އެކަޑަމީގައި މިލިޓަރީ ކަމެއް ނުހިންގާނެ:އިމްރާން
އައްޑޫ ޓްރޭނިން ސެންޓަރަށް އިންޑިއާގެ ނުފޫޒެއް ނޯންނާނެ
އެމްޑީޕީގެ ހަރުގޭގައި ތަޅުން އެޅި މައްސަލަ އޭސީސީ އަށް
އިންޑިއާއަށް ލިބޭނީ ލޮޖިސްޓިކަލް އެހީތެރިކަން އެކަނި
ޕޮލިސް އެކަޑެމީއަކީ ފާހަގަކުރެވޭ ތަނަކަށް ވާނެ
އައްޑޫ ޕޮލިސް އެކެޑެމީ ދޮޅު މަސް ތެރޭ އޮޕަރޭޝަނަށް
އައްޑޫ ޕޮލިސް އެކަޑެމީ ހިންގާނީ ރާއްޖޭން: ސަފީރު
އައްޑޫ ޕޮލިސް އެކެޑަމީ ހުޅުވޭނެ އިރެއް އަދިވެސް ނޭނގޭ
ޕޮލިސް އެކަޑެމީއާ މެދު އުމަރުގެ ހޫނު ރައްދެއް ޝާހިދަށް