Roadha Mihaaru
ވެރިކަަމަށް އައިސް ހަދަނީ ހެއްދެވިހާ ދޮގު: ގާސިމް

ކޮންމެ މީހަކު ވެސް ވެރިކަަމަށް އައިސް ހަދަނީ ހެއްދެވިހާ ދޮގު: ގާސިމް

28 ޖެނުއަރީ 2020

ކޮންމެ ބޭފުޅަކު ވެސް ވެރިކަމަށް ވަޑައިގެންފައި ހައްދަވަނީ ދޮގު ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިިމް ފާޑުވިދާޅުވެއްޖެ އެވެ. އެކަމަކު އޭނާ ފާޑު ވިދާޅުވީ ކޮން ބޭފުޅަކަށް ކަމެއް ނޭނގެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮންމެ ބޭފުޅަކު ވެސް ވެރިކަމަށް ވަޑައިގެންފައި ހައްދަވަނީ ދޮގު ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިިމް ފާޑުވިދާޅުވެއްޖެ އެވެ. އެކަމަކު އޭނާ ފާޑު ވިދާޅުވީ ކޮން ބޭފުޅަކަށް ކަމެއް ނޭނގެ އެވެ.

ކުނޫޒުގައި ޖޭޕީން ރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ދޮގު ހެދުމުގެ އިތުރުން ހިޔާނާތްތެރިވަމުންދާ ތަން ވެސް ފެނިވަޑައިގަންނަވާ ކަމަަށާއި ކޮންމެ ބޭފުޅަކު ވެސް ރީތި ވާހަކަތައް އަބަދުވެސް ދައްކަވާ ކަަމަށެވެ. އެގޮތަށް ކަންތައް ކުރައްވާތީ ހައިރާންވެ ވަޑައިނުގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ތާ އަބަދު ކޮންމެ މީހަކު ވެސް ވެރިކަމަށް އައިސްފައި މި ފެންނަނީ ހެއްދެވިހާ ދޮގު ހަދަމުން ދާތަން. ވަރަށް މާފުކުރައްވާ، ޚިޔާނާތްތެރިވަމުންދާ ތަން. އަބަދުވެސް ރީތި ދައްކަވާ ކޮންމެ ބޭފުޅަކު ވެސް، އާދެ އަޅުގަނޑު ހައިރާނެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އެއްޗެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ރަައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅަށް ވެސް ގާސިމް ރޭ ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކުރި އިރު، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އެދިވަޑައި ނުގެންނެވި ނަމަ ލާމަރުކަޒީ ނިޒާމު ނުހިމެނުނީސް ކަމަށެވެ.

"ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި، އެމަނިކުފާނުގެ ބާރުވެރިކަމުގެ ދަށުގައި ނުވަތަ އެމަނިކުފާނުގެ ޕާޓީގައި ތިބި 84 މެމްބަރުން، ޚާއްސަ މަޖިލީހުގައި. އާދެ 113 މުޅި ޖުމްލަ މެމްބަރުންގެ އަދަދަކީ. އިސްލާހަށް މަސައްކަތް ކުރެއްްވީ އޮނަތިރީސް މެމްބަރުުން. ދެން ބައްލަވާލައްވާ ރައީސް މައުމޫނު ބޭނުންފުޅު ނުވާ ނަމަ އެ ދުވަހު، ލާމަރުކަޒީ އުސޫލު ހިންގުމަށް ގާނޫނުއަސާސީގައި ލިޔެވިގެން ދިޔައީސްތޯ؟،" ގާސިމް ސުވާލު ކުރެއްވި އެވެ.

ގާސިމް އާއި ރައީސް ނަޝީދު ކުރިން ޖަލްސާއެއްގައި.

ގާސިމް އާއި ރައީސް ނަޝީދު ކުރިން ޖަލްސާއެއްގައި.

ލާމަރުކަޒީ ނިޒާމަކީ ވަކި ބަޔަކު ކުރިކަމަކަށް ނުވަތަ ވަކި މީހަކު ދަންނަ އެއްޗަކަށް އެއްޗެއް ނޫން ކަމަށާއި މާ ބޮޑު ގައުމެއްގައި ލާމަރުކަޒީ ނިޒާމު ހިންގާފައި އައި ބަޔަކު މިތާ ނޫޅޭނެ ކަމަށް ވިދާޅުވެ، އެމްޑީޕީ އަށް ރައްދު ދެއްވި އެވެ. ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފްކުރަން އޭރު އެންމެ ބޮޑަށް މަސައްކަތްކުރެއްވި އެއް ބޭފުޅަކީ އޭރުގެ އެޓޯލްސް މިނިސްޓަރު މުހައްމަދު ވަހީދުއްދީން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އެމްޑީޕީ އަށް ފާޑުވިދާޅުވި ނަމަވެސް ވާހަކަ ނިންމަވައިލައްވަމުން ގާސިމް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތައުރީފު ވެސް ކުރެއްވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ސްޕީޑްގައި މަޝްރޫއުތައް ނުހިނގަނީ އެމްޑީޕީގެ އެތެެރޭގެ ކޯޅުމާ ހެދި ކަމަށާއި ރައީސް މަސައްކަތް ކުރައްވަނީ އިޚުލާސްތެރިކަމާ ކެތްތެރިކަމާ އެކުގައި ކަަމަށެވެ.

"އަަޅުގަނޑުކުރަން އަަޅުގަނޑުމެންގެ އަދުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިޅުލާސްތެރިކަމާ އެކު، މަޑުމައިތިރި ކަމާ އެކީގައި އެ ޕާޓީގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތައް ހުރި އިރު ވެސް، މި ސާބިތުކަމާ ކެތްތެރިކަމާ އެކީގައި ކުރިއަށް ގެންދަވާތީ،" ގާސިމް ވިދާޅުވި އެވެ.