Roadha Mihaaru
ރައީސާއި ގާސިމްގެ މަޝްވަރާތައް އަދިވެސް ކުރިއަށް

ރައީސް ސަން އައިލެންޑުން ފުރާވަޑައިގެންފި، އެކަމަކު ގާސިމާ އެކު މަޝްވަރާތައް ކުރިއަށް

15 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބުކުރެވޭ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން ބާއްވާ ދެ ވަނަ ބުރުގައި ކޯލިޝަން ހެދުމާ ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފެއްޓެވި މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށް ޖުމްހޫރީ ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ހަވީރު ރައީސް މަޝްވަރާތައް ފެއްޓެވީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމްގެ ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން އެ ރިސޯޓުގަ އެވެ.

ރިސޯޓްގައި ހުންނެވި ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ރައީސް މިހާރު ވަނީ ރިސޯޓުން ފުރާވަޑައިގެންފައި ކަމަށާއި އެކަމަކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާ އެކު މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

މަޝްވަރާތައް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބަކާ ބެހޭ ގޮތުން ތަފްސީލެއް ނުދެއްވަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑައިގަތީ 5،460 ވޯޓެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ވެސް ގާސިމާ ބައްދަލުކޮށް ކޯލިޝަނެއް ހެދުމާ ބެހޭ ގޮތުން ވާހަކަ ދެއްކި އެވެ.