02 ފެބުރުއަރީ 2020
މާލޭގެ މޭޔަރުގެ ގޮނޑި ދެ ވަނަ ދައުރަކަށް ދިފާއު ކުރައްވަން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި ޝިފާ މުހައްމަދު އެ އިންތިޚާބާ މެދު މިއަދު ސުވާލު އުފައްދަވައިފި އެވެ.
މާލޭގެ މޭޔަރުގެ ގޮނޑި ދެ ވަނަ ދައުރަކަށް ދިފާއު ކުރައްވަން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި ޝިފާ މުހައްމަދު އެ އިންތިޚާބާ މެދު މިއަދު ސުވާލު އުފައްދަވައިފި އެވެ.
އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ހޮވަން މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި ޝިފާގެ މައްޗަށް ކުރި ހޯއްދެވީ، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. މާލޭ ސިޓީ ކައުންސިލްގެ މިހާރުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ކައުންސިލް މެމްބަރު އަހުމަދު ނިޔާޒް ވެސް ޝިފާއާ ވާދަކުރެއްވި އިންތިޚާބު އަނަސް ކާމިޔާބުކުރެއްވީ 200 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ.
ވާދަވެރި އެ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަނަސް އަށް 1،025 ވޯޓު ލިބިވަޑައިގަތެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި އަދި މި ދައުރުގައި މާލޭގެ މޭޔަރުކަމުގެ މަގާމު ފުރުއްވާ ޝިފާ އަށް ލިބިވަޑައިގެންނެވީ 835 ވޯޓެވެ.
ޕްރައިމަރީގައި ކާމިޔާބީ ހޯއްދެވި ކެންޑިޑޭޓުންނަށް މަރުހަބާ ދެންނެވުމަށް ފަހު ޝިފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަކި ފޮއްޓެއްގެ ވޯޓު ނެގުން އަލުން ބާއްވަން ޖެހޭ ނަމަ އެކަން ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އިންތިޚާބެއްގައި ފޮށި ނަގައިގެން ދާން ޖެހޭ ހިސާބަށް ދާނީ މައްސަލަތަކެއް ހުރުމުން ކަަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
"ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި ފޮށި ނަގައިގެން ދާންޖެހޭ ހިސާބަށް އެ ދިޔައީ ކޮންމެވެސް ބައެއްގެ އިހުމާލެއް ނޫން ނަމަ ގޯހެއް ހުރީމަ،" ޝިފާ ވިދާޅުވި އެވެ.
Inthihaabge vaki fohtehge inthihaab vakin alun bahvanjeheynama ekan saaf kohdhehvun muhinmu . Partyge ethereyge inthihaabehga foshi nagaigengendhanjehey hisaabah edhiyaee konmeves baehge ihumaaleh noonama goheh hureema.
— Shifa Mohammed? (@SifaMohammed) February 2, 2020
ޝިފާގެ ޓުވީޓް. ޕާޓީގެ އެެތެރޭގެ އިންތިޚާބެއްގައި ފޮށި ނަގައިގެންދާން ޖެހޭ ހިސާބަށް ދިޔައީ ކޮންމެވެސް ބައެއްގެ އިހުމާލަކުން ކަމަށް ޝިފާ ވިދާޅުވި.
ސީދާ ކޮން މައްސަލައެއް ކަމުގެ ތަފްސީލު ނުދެއްވި ނަމަވެސް މޭޔަރު ވޯޓުގައި ހެންވޭރު ހުޅަނގު ދާއިރާގެ ފޮޮއްޓެއްގައި ވަނީ މައްސަލަ އުފެދިފަ އެވެ. ޝިފާ އެ އިޝާރާތް ކުރެއްވީ އެ މައްސަލައަށް ކަމަށް ބެލެވެ އެވެ.
މީގެއިތުރުން ގއ. މާމެންދޫގެ ވޯޓު ފޮއްޓެއްގައި މައްސަލަ ޖެހުމުން ވޯޓު ކަރުދާސްތައް ވަނީ އަންދާލައިފަ އެވެ. އިންތިޚާބުގެ މެދުތެރެއިން މައްސަލަތަކެއް ފެންމަތިކުރުމުން ގއ. އަތޮޅުގެ ޕްރައިމަރީގެ ވޯޓު އަލުން ބާއްވާ ގޮތަށް ވަނީ ނިންމައިފަ އެވެ.
ގއ. އަތޮޅުގައި ޕްރައިމަރީ ބާއްވާ ތިން ރަށް ކަމަށްވާ ވިލިނގިއްޔާއި ކޮލަމާފުއްޓާއި ދާންދޫގެ ވޯޓް ފޮށިތައް ބާތިލްކުރި ސަބަބާ ގުޅޭ ގޮތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ އެ ރަށްތަކުގެ ސްޕޯޓަރުންގެ މެދުގައި ހިނގި ކަންތައްތަކެއްގެ ސަބަބުން ވޯޓް ބާތިލް ކުރަން ނިންމީ ކަމަށެވެ. އޭގެ ފަހުން ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ، ވޯޓު ފޮށި އަންދާލީ މާ ބޮޑު މައްސަލަތަކެއް ކުރިމަތިވެގެން ނޫން ކަމަށާއި ޖޯޝު ގަދަވެގެން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ގއ. އަތޮޅުގައި ހިނގި ކަންތަކުގައި ގޯހެއް ނެތެވެ. އިންތިހާބުތައް ބާއްވާ އިރު އެކަހަ ނޭދެވޭ އަމަލު ފެންނާނެ ކަމަށާއި އެކަންކަން ނުހިނގާނެ ގޮތަކަށް އިންތިހާބު ބޭއްވުމުން އެއީ "ވަރަށް ބޮޑު އޮބެހެއްޓުމެއް" ކަމަށް ވެސް ވިދާޅުވި އެވެ.
މާލޭ މޭޔަރުކަން އަނަސް ކާމިޔާބުކުރާނީ 12،000ވޯޓުން
ކެމްޕެއިންގައި އަޅުގަނޑު ހުރީ އެކަހެރިކޮށްފައި:އަކްރަމް
އަނަސް: މާލެ ބަދަލުކޮށްލެވިދާނެ ހިތްވަރު އެބަހުރި
އެމްޑީޕީއާ އެކު ސިޓީ ކައުންސިލް ތަފާތުވާނެ: އަނަސް
ކައުންސިލް އިންތިޚާބު މާޗުގައި ބާއްވަން ތައްޔާރުވަނީ
ޕްރައިމަރީން ބަލިވި މީހުން ކުރިމަތިލާ ނަމަ ވަކިކުރަނީ
ހައްގުތައް ފޯރުކޮށްދިނުމުގައި ބޭއިންސާފު ނުވާނަން:އަނަސް
މާލެ މިގޮތަށް ދޫކޮށްލާފައި ނުބާއްވާނަން: ނަޝީދު
ޕީޕީއެމުން ދެއްކީ "ބިޔަ މަންޒަރެއް"، މިވީ ކިހިނެއް؟
އުފާވެރި، ތަހުޒީބު ސިޓީއަކަށް މާލެ ބަދަލުވާނެ: އަނަސް