ގދ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގައި މިދިޔަ ހަފުތާގެ ނިޔަލަށް ހުންނެވި ގދ. ތިނަދޫ، ޑެން، މުހައްމަދު ނާސިހު ރަޝީދު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް މިއަދު ހަމަޖައްސަވައިފި އެވެ. އޭނާ އިސްތިއުފާ ދެއްވާފައި ވަނީ އެމްޑީޕީގެ ޕްރައިމަރީގެ ކުރިންނެވެ. އެ އިންތިހާބުގައި އޭނާ ވާދައެއް ނުކުރައްވަ އެވެ.
04 ފެބުރުއަރީ 2020

ޝަރީއާ އެންޑް ލޯ ކިޔަވާވިދާޅުވަމުން އަންނަ ނާސިހު ވަނީ ޕްރޮޖެކްޓް މެނޭޖްމަންޓުން ޑިޕްލޮމާ އާއި ޔޫތު ޑިވެލޮޕްމަންޓުން އެޑްވާންސް ސެޓްފިކެޓް އާއި އޮފީސް އެޑްމިނިސްޓްރޭޝަން އަދި ޕާކިސްތާނުން ނޭޝަނަލް ސަޕޯޓު ކޯހެއް ފުރިހަމަކުރައްވާފަ އެވެ.
ނާސިހާ އެކު ޔޫތު މިނިސްޓްރީގައި ތިއްބެވި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު ހަތަރަކަށް އަރަ އެވެ. އޭގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް ވެސް ހުންނެވީ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގަ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އާއި 12،500ރ. ގެ އެލަވަންސެކެވެ.
ކުރީގެ ޑީސީޕީ ސައުދީއަށް ޔޫތު މިނިސްޓްރީގެ ނައިބުކަން
ހުސައިން ވަހީދު ޔޫތަށް، ނާއިފް ހައުސިންއަށް
ޔޫތުގެ ޑެޕިއުޓީ މިނިސްޓަރަކަށް އަޒްމޫން
ބޮޑު ތުހުމަތެއް ކުރި 2ބޭފުޅަކު އެހެން މިނިސްޓްރީއަކަށް
ހެލްތުގެ ޑެޕިއުޓީ މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކޮށްފި
ސަސްޕެންޑްކުރި ޝުކޫރަށް ޑެޕިއުޓީ މިނިސްޓަރުކަން
ހެލްތުގެ ޑެޕިއުޓީ މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކޮށްފި
ޝާތިރު ޓެކްނޮލޮޖީ މިނިސްޓްރީގެ ނައިބަކަށް ހަމަޖައްސައިފި
ފިނޭންސްގެ ނައިބަކަށް ބޭފުޅަކު އައްޔަންކުރައްވައިފި
މަބްރޫކް ރައީސް އޮފީހުގެ އިިސް މަގާމަކަށް