ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
16 ފެބުރުއަރީ 2020
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ހެލްތު މިނިސްޓްރީގެ ނައިބުގެ މަގާމަށް، ދަފްތަރު ނަންބަރު 115-94، އަބޫބަކުރު އަބްދުލްކަރީމް ހަމަޖައްސާފައިވާ ކަމަށެވެ. އޭނާ މިހާތަނަށް ހުންނެވީ ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭގެ ކުރިން ޖެންޑާ މިނިސްޓްރީގެ ސޯޝަލް ސާވިސަސްގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި އެވެ.
އޮފީސް މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާ ކިޔަވާ ވިދާޅުވަމުން އަންނަ އަބޫބަކުރު މީގެ ކުރިން އެޑްވާންސް ސެޓްފިކެޓް އިން ކޮމިއުނިޓީ ހެލްތް ކޯސް ފުރިހަމަކުރައްވާފައި ވެ އެވެ. އަބޫބަކުރާއެކު ހެލްތު މިނިސްޓްރީގައި މިވަގުތު ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި ތިން ބޭފުޅުން އެބަތިއްބެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އާއި 12،500ރ. ގެ އެލަވަންސެކެވެ.
ހެލްތުގެ ޑެޕިއުޓީ މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކޮށްފި
ހެލްތު މިނިސްޓްރީގެ ނައިބަށް ބޭފުޅަކު އައްޔަންކޮށްފި
ހެލްތު މިނިސްޓްރީގެ ނައިބަކަށް ސައުދާ
ހެލްތު މިނިސްޓްރީ އަށް އިތުރު ޑެޕިއުޓީ މިނިސްޓަރެއް
ފިނޭންސްގެ ނައިބަކަށް ބޭފުޅަކު އައްޔަންކުރައްވައިފި
މަބްރޫކް ރައީސް އޮފީހުގެ އިިސް މަގާމަކަށް
އެޑިއުކޭޝަންގެ ނައިބަކަށް ބޭފުޅަކު އައްޔަންކޮށްފި
އަލީ ވަހީދުގެ އަނބިކަނބަލުންނަށް އިސް މަގާމެއް
ކޮލިފިކޭޝަން އޮތޯރިޓީއަށް ހަންނާން،ޕޮލިޓެކްނިކަށް ނާސިރު
ޖެންޑާ މިނިސްޓަރުގެ ނައިބަކަށް ޑރ. ސުނީނާ