ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
23 ޑިސެމްބަރ 2020
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
އެ މަގާމަށް މިދިޔަ އާދިއްތަ ދުވަހު އައްޔަން ކުރެއްވީ ގ. ސިލްވަރުގެ، މަރިޔަމް ހާލިދާ އެވެ. އޭނާއަކީ މުސާރަ އާއި ކުޑަ އުޖޫރައާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީ އަށް ލަފާ ދިނުމަށް އެކުލަވާލާފައިވާ ބޯޑުގެ ޗެއާމަނެވެ.
އެމްއެމްއޭގެ ފައިނޭންޝަލް އެންޑް ކޮންސިއުމާ ސާވިސަސް ޑިވިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރުކަން ވެސް ކުރެއްވި ހާލިދާއަކީ، ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރުގެ އަނބިކަނބަލުންނެވެ.
ހާލިދާއާ އެކު، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅުން އެބަތިއްބެވި އެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް، ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު އާދިލް ވެސް ދާދި ފަހުން ބަދަލު ކުރައްވައިފަ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އަކާއި 15،000ރ. ގެ އެލަވަންސެކެވެ.
ހެލްތުގެ ޑެޕިއުޓީ މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކޮށްފި
ހެލްތު މިނިސްޓްރީގެ ނައިބަށް ބޭފުޅަކު އައްޔަންކޮށްފި
ހެލްތު މިނިސްޓްރީގެ ނައިބަކަށް ސައުދާ
ހެލްތު މިނިސްޓްރީ އަށް އިތުރު ޑެޕިއުޓީ މިނިސްޓަރެއް
ފިނޭންސްގެ ނައިބަކަށް ބޭފުޅަކު އައްޔަންކުރައްވައިފި
މަބްރޫކް ރައީސް އޮފީހުގެ އިިސް މަގާމަކަށް
އެޑިއުކޭޝަންގެ ނައިބަކަށް ބޭފުޅަކު އައްޔަންކޮށްފި
އަލީ ވަހީދުގެ އަނބިކަނބަލުންނަށް އިސް މަގާމެއް
ކޮލިފިކޭޝަން އޮތޯރިޓީއަށް ހަންނާން،ޕޮލިޓެކްނިކަށް ނާސިރު
ޖެންޑާ މިނިސްޓަރުގެ ނައިބަކަށް ޑރ. ސުނީނާ