ދިރާގުން ދެވަނަ ސަބްމެރިން ކޭބަލެއް އެޅުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
04 ފެބުރުއަރީ 2020
ދިރާގުން ދެވަނަ ސަބްމެރިން ކޭބަލެއް އެޅުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ދިރާގުން ވަނީ މި މަސައްކަތް ކުރުމަށްޓަކައި މަލްޓި-ޕާޓީ އެގްރީމެންޓެއްގައި ސޮއިކޮށްފަ އެވެ. ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އަޅާ މި ސަބްމެރިން ކޭބަލްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ވާވޭ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
ދިރާގުން ވަނީ މި މަސައްކަތަށް 8.4 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ނިންމައިފަ އެވެ. އެތަނުން ބުނީ، މި ޕްރޮޖެކްޓް ނިމުމުން ރާއްޖެ އާއި ބޭރު ގައުމުތަކުގެ ބޭންޑްވިތް ރަނގަޅުކުރެވި، ނެޓްވޯކް ކަނެކްޓިވިޓީ އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށެވެ.
މި ކޭބަލްގެ 45 ޕަސެންޓްގެ ހިއްސާ ދިރާގުވާ އިރު ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ، އުރީދޫ މޯލްޑިވްސް އިން ވެސް މި ކޭބަލްގެ 45 ޕަސެންޓު ހިއްސާވެ އެވެ. ބާކީ 10 ޕަސެންޓު ހިއްސާވަނީ ސްރީލަންކާގެ މުއާސަލާތީ ހިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ޑައިލޮގް އެޒިއޭޓާ އެވެ.
މި ހާއްސަ ޕްރޮޖެކްޓްގެ ސަބަބުން ދިރާގުން ދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ކަސްޓަމަރުންނަށް ބުރޫ ނާރާނެ ގޮތަށް ހިދުމަތްތައް ފުޅާ ކުރެވޭނެ ކަމަށް އެ ކުންފުނި ބުނެ އެވެ.
ދިރާގުން އެންމެ ފުރަތަމަ ސަބްމެރިން ކޭބަލެއް އެޅުމުގެ މަސައްކަތް ފެށީ 2011 ވަނަ އަހަރު އެވެ. ލަންކާ އާއި ރާއްޖެއާ ދެމެދު އެޅި 1،253 ކިލޯމީޓަރުގެ ދިގު މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ދިރާގުން ބްރޯޑްބޭންޑް އިންޓަނެޓާއި އެ ނޫން ވެސް މުވާސަލާތީ ގިނަ ހިދުމަތްތަކެއް އަންނަނީ ދެމުންނެވެ.
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ
ދިރާގުން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ދެނީ
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މިރޭ ހަމަވާނެ
މުސްތަފާ: ޓެސްލާގެ ނަސީބާ އެކު އުފަލުން!
ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ދީމާ
ދިރާގުން "މަމްސް އެއިޑް" އަށް އެހީއެއް
ދިރާގުން "ބެކް ޓު ސްކޫލް" އޮފާތަކެއް
ދިރާގުން ދުނިޔޭގެ ޓެލެކޮމިއުކޭޝަން ދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފި