Roadha Mihaaru
ކާޑު އަގު ބޮޑުކުރި މައްސަލާގައި ކުއްލި މައްސަލައެއް

ކާޑު އަގު ބޮޑު ކުރުމުން ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް ފަށައިފި

06 އޮކްޓޯބަރ 2016

ސަރުކާރުން ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބްސިޑީ ހަމައެކަނި ފަގީރުންނަށް އެކަނި ހާއްސަކޮށް، ކާޑުގެ އަގު 100 ޕަސެންޓް ބޮޑުކުރި މައްސަލަ އާއި ކަރަންޓު ފިއުލް ސާޖާޗްގެ ގޮތުގައި ހަތަރު ލާރި ނަގަން ނިންމި މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބްސިޑީ ހަމައެކަނި ފަގީރުންނަށް އެކަނި ހާއްސަކޮށް، ކާޑުގެ އަގު 100 ޕަސެންޓް ބޮޑުކުރި މައްސަލަ އާއި ކަރަންޓު ފިއުލް ސާޖާޗްގެ ގޮތުގައި ހަތަރު ލާރި ނަގަން ނިންމި މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް ފަށައިފި އެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނާޒިމް މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުންގެ އިއްތިފާގުންނެވެ.

ކުއްލި މައްސަލަ އަށް ބަހުސް ކުރަން ފާސްވުމުން، މަޖިލީހުގެ މެމްބަރުން އެ މައްސަލަ އަށް އެއް ގަޑިއިރު ވަންދެން ބަހުސް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ނާޒިމް މަޖިލީހަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވަނީ ކުއްލިއަކަށް ކާޑުގެ ބާވަތްތަކުންނާއި ކަރަންޓުގެ އަގު ބޮޑު ކުރުމުން ރައްޔިތުންގެ ދިރިހުރުމުގެ ހާލަތު ކުއްލިއަކަށް ދަށަށް ދިއުމާ ގުޅިގެން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދައި، ރައްޔިތުންގެ ޖީބަށް ފައިސާ އިތުރުވާނެ މަގެއް ކޮށައި ދެމުން ނުދާ ކަމަށް ބުނެފައިވެ އެވެ.

ހަނޑޫ، ހަކުރު އަދި ފުށް ރާއްޖެ ގެނެސް ވިއްކުމުގައި ވީހާ ވެސް އަގުހެޔޮ ކުރެވޭނެ ގޮތްތަކެއް ހޯދަން ސަރުކާރާ އެކު މަޝްވަރާ ކުރަން ފަށާފައިވާ ކަމަށް، އެ ތަކެތި އެތެރެ ކުރާ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

ކާޑުގެ ބާވަތްތައް އަގުހެޔޮ ކުރުމުގެ މަސައްކަތް މި ފެށީ ކާޑުގެ އަގަށް ގެނައި ބަދަލާ ދެކޮޅަށް ޕީޕީއެމް މެމްބަރުން ހިމެނޭ ގޮތަށް އެކި ސިޔާސީ ޕާޓީތަކާއި ކައުންސިލްތަކުން ތެދުވެފައި ވަނިކޮށެވެ. އަދި ބައެއް ރަށްރަށުގައި އެކަމާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައިވެ އެވެ. ކާޑުގެ ސަބްސިޑީ ކަނޑާލަން ޖެހުނީ، ސަރުކާރުން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން އުނދަގޫވެފައި ވާތީ އެވެ.

ސަބްސިޑީ ކަނޑާލުމުން ހަނޑޫ ކިލޯއެއް މިހާރު މާލޭން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މީގެ ކުރިން ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރާފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު މި އަށް ވުރެ ބޮޑުވާނެ އެވެ. ކާޑުގެ ސަބްސިޑީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަގީރުންނަށް އެކަނި ދިނުމަށް ސަރުކާރުން ނިންމައި އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ކާޑުގެ ސަބްސިޑީގެ ގޮތުގައި ސަރުކާރުން ފަގީރުންނަށް ދޭން ނިންމާފައި ވަނީ ގޭބިސީއަކަށް މަހަކު ގިނަވެގެން 240ރ. އެވެ. މިއީ އާއްމުކޮށް ގޭބިސީއެއްގައި ހަ މީހުން ތިބޭނެ ކަމަށް ބަލާފައި ބޮލަކަށް 40ރ. ގެ ނިސްބަތުން ކަނޑައަޅާފައިވާ މިންވަރެކެވެ.