Roadha Mihaaru
އެކައުންޓް ރަޖިސްޓްރީކުރުމުން ފައިދާ ޖަމާވާނެ: އެސްޓީއޯ

ބޭންކް އެކައުންޓް ރަޖިސްޓްރީކުރާތާ ހަފްތާއެއް ތެރޭގައި ހިއްސާގެ ފައިދާ ޖަމާވާނެ: އެސްޓީއޯ

01 ޖޫން 2022

ބޭންކް އެކައުންޓް ރަޖިސްޓްރީ ނުކޮށް ތިބި ހިއްސާދާރުންގެ އެކައުންޓް ރަޖިސްޓްރީ ކުރުމުން ހަފްތާއެއްގެ ތެރޭގައި ހިއްސާގެ ފައިދާ ޖަމާކޮށްދޭނެ ކަމަށް އެސްޓީއޯ އިން މިއަދު ބެނެފި އެެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބޭންކް އެކައުންޓް ރަޖިސްޓްރީ ނުކޮށް ތިބި ހިއްސާދާރުންގެ އެކައުންޓް ރަޖިސްޓްރީ ކުރުމުން ހަފްތާއެއްގެ ތެރޭގައި ހިއްސާގެ ފައިދާ ޖަމާކޮށްދޭނެ ކަމަށް އެސްޓީއޯ އިން މިއަދު ބެނެފި އެެވެ.

ބޭންކް އެކައުންޓް ރަޖިސްޓްރީކުރުމަށް ހާއްސަކޮށްފައިވާ، "ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރުމަށް އެދޭ ފޯމް" ފުރުމަށްފަހު [email protected] އަަށް މެއިލް ކުރުމުން ރަޖިސްޓްރީ ވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެ ފޯމް އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

މިހާރު އެސްޓީއޯގައި ބޭންކް އެކައުންޓް ރަޖިސްޓްރީކޮށްފައި ތިބި ހިއްސާދާރުންނަށް ފައިދާ ޖަމާކުރުން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވަނީ އެ ކުންފުނީގެ ހިއްސާއަކަށް 65 ރުފިޔާ ދިނުމަށް ނިންމައިފަ އެވެ. ހިއްސާއަކަށް އެވަރު ދޭން ނިންމީ އެރޭ ޖަލްސާއަށް ހާޒިރުވި 782 މީހުންގެ 99 ޕަސެންޓް ހިއްސާދާރުންގެ ވޯޓުންނެވެ.

މިދިޔަ އަހަރު އެސްޓީއޯ އިން ހިއްސާއަކަށް ބެހީ 60 ރުފިޔާ އެވެ. އަދި އެކި ވިޔާފަރިތަކުން މިދިޔަ އަހަރު ޖުމްލަ އާމްދާނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ އެސްޓީއޯ ގްރޫޕަށް ލިބިފައިވެ އެވެ.