Roadha Mihaaru
"ޕިއްޒާ ފޮތި" އަނގޮޓިއެއް ހޯދުމުގެ ފުރުސަތު

"ޕިއްޒާ ފޮތި" އަނގޮޓިއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

08 ފެބުރުއަރީ 2020

ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހަށް ހާއްސަކޮށްގެން، އެމެރިކާގެ މަޝްހޫރު ޕިއްޒާ ޗެއިން ޑޮމިނޯސްގެ އޮސްޓްރޭލިއާ ގޮފިން އެހަކަށް "ޕިއްޒާ ފޮއްޗެއް" އިންނަ އަނގޮޓިއެއް ތައްޔާރުކޮށް، އެ ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހަށް ހާއްސަކޮށްގެން، އެމެރިކާގެ މަޝްހޫރު ޕިއްޒާ ޗެއިން ޑޮމިނޯސްގެ އޮސްޓްރޭލިއާ ގޮފިން އެހަކަށް "ޕިއްޒާ ފޮއްޗެއް" އިންނަ އަނގޮޓިއެއް ތައްޔާރުކޮށް، އެ ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލައިފި އެވެ.

އެންގޭޖްމަންޓް އަނގޮޓިއެއްގެ ގޮތުގައި ތައްޔާރުކުރި މި އަނގޮޓީގެ އެހަކަށް "ޕެޕަރީނޯ" އާއި "ޗީޒް" ސިފަކޮށްދޭ ރޫބީޒް ބޭނުންކޮށްފައިވެ އެވެ. އަދި އަނގޮޓީގައި އެއް ކެރަޓްގެ ޖަވާހިރު ވެސް ބޭނުންކޮށްފައިވާ އިރު، މީގެ އަގު 9،000 ޑޮލަރު (139,050ރ.) އަށް އަރަ އެވެ.

މި އަނގޮޓި ހޯދަން ހަދަން ޖެހޭ ގޮތަކީ ބައިވެރިއަކަށް ޕްރޮޕޯޒްކުރާ އިރު ޕިއްޒާ އަދާކުރާ ދައުރު 30 ސިކުންތުގެ ވީޑިއޯއަކުން ކިޔައިދިނުމެވެ. އެގޮތުން ޝައުގުވެރިވާ މީހުންނަށް ވީޑިއޯތައް ޕޯސްޓްކުރެވޭނެ ލިންކެއް ވެސް ޑޮމިނޯޒް އޮސްޓްރޭލިއާ އިން އާންމުކޮށްފައިވެ އެވެ. ވީޑިއޯތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 12 ވަނަ ދުވަހެވެ.

ޑޮމިނޯޒް އިން ހުށަހަޅާ ވީޑިއޯތަކުގެ މެދުގައި ގުރުއަތުލައިގެން "ޕިއްޒާ ފޮތި" އަނގޮޓީ ލިބޭ މީހަކު މި މަހުގެ 14 ގައި އިއުލާންކުރާނީ ސިއްރެއްގެ ގޮތުގަ އެވެ. ސަބަބަކީ