Roadha Mihaaru
އިންޑޯމީގެ "ހޮޓް އެންޑް ސްޕައިސީ" ރާއްޖެއަށް

އިންޑޯމީގެ "ހޮޓް އެންޑް ސްޕައިސީ" ރާއްޖެ އަށް ތައާރަފުކޮށްފި

08 ފެބުރުއަރީ 2020

ރާއްޖޭގެ ގިނަ ބަޔަކަށް ކަމުދާ އިންޑޯމީ ނޫޑުލްސްގެ "ހޮޓް އެންޑް ސްޕައިސީ" ފްލޭވާ ރާއްޖެ އަށް މިއަދު ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ގިނަ ބަޔަކަށް ކަމުދާ އިންޑޯމީ ނޫޑުލްސްގެ "ހޮޓް އެންޑް ސްޕައިސީ" ފްލޭވާ ރާއްޖެ އަށް މިއަދު ތައާރަފުކޮށްފި އެވެ.

މި ފްލޭވާ ތައާރަފު ކުރުމަށް އަގޯރާ މާޓުގައި ބޭއްވި ހަރަކާތުގައި ނޫޑުލްސްގެ ރަހަ ވަނީ ދައްކާލާފަ އެވެ. އިންޑޯމީގެ އިިތުރު ފްލޭވާތައް މިހާރު ވެސް މާލޭގެ އެކި ފިހާރަތަކުން ލިބެން ހުންނާނެ އެވެ. މީގެ ތެރޭގައި "ޗިކަން ކަރީ" ފްލޭވާ އާއި "ސްޕެޝަލް ޗިކަން" ފްލޭވާ ހިމެނެ އެވެ.

އިންޑޮނޭޝިއާގެ އިންޑޯމީ ބްރޭންޑަކީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. މި ބްރޭންޑު ރާއްޖެ އަށް އެތެރެކޮށް މާކެޓު ކުރަނީ ލިލީ އިންޓަނޭޝަނަލުންނެވެ.

ލިލީ އިންޓަނޭޝަނަލުން ބުނީ މި ފްލޭވާ ރާއްޖެ އަށް ތައާރަފު ކުރީ ދިވެހިންާ ގުޅޭ ރަހަ އެކުލެވޭތީ ކަމަށެވެ. އެގޮތުން، ދިވެހިންނަކީ ކުޅި ރަހައަށް ލޯބި ކުރާ ބަޔަކަށް ވުމުން މި ފްލޭވާ ގިނަ ބަޔަކަށް ކަމުދާނެ ކަމަށް ލިލީން ބުންޏެވެ.

އިންޑޯމީގެ "އިންސްޓެންޓް" ނޫޑުލްސް ޕެކެޓު ރާއްޖެއަށް ތައާރަފު ކޮށްފައިވާއިރު މީގެ ޕެކެޓެއް ލިބޭނީ 5ރ. އަށެވެ. މި ބްރޭންޑުގެ ކަޕް ނޫޑުލްސް އަކީ ވެސް އޭޝިއާގެ ގިނަ ބއެއްގެ މެދުގައި މަގުބޫލު ނޫޑުލްސްއެކެވެ.