Roadha Mihaaru
ކުޅިކޮށް ކާމީހުންނަށް ހާއްސަ "މަމީ ސްލާޕް" ރާއްޖެއަށް

ކުޅިކޮށް ކާ މީހުންނަށް ހާއްސަ "މަމީ ސްލާޕް" ލިލީ ސްޓޯރުން ތައާރަފްކޮށްފި

18 ނޮވެމްބަރ 2019

ދިވެހިންގެ މެދުގައި އެންމެ މަގުބޫލު މަމީ ނޫޑުލްސްގެ އާ އުފެއްދުން "މަމީ ސްލާޕް" ނުވަތަ ކުޅި ނޫޑްލްސް ލިލީ ސްޓޯރުން ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިވެހިންގެ މެދުގައި އެންމެ މަގުބޫލު މަމީ ނޫޑުލްސްގެ އާ އުފެއްދުން "މަމީ ސްލާޕް" ނުވަތަ ކުޅި ނޫޑްލްސް ލިލީ ސްޓޯރުން ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.

މި އުފެއްދުމަކީ ކުޅިކޮށް ނޫޑުލްސް ކާން ބޭނުންވާ މީހުންނަށް ކަމުދާނެ އުފެއްދުމެކެވެ. މި ނޫޑުލްސްގެ ދެ ބާވަތެއް މިހާރު ލިލީން ލިބެން ހުންނާނެ އެވެ. އެއީ "ޗިލީ" އާއި "އެކްސްޓްރާ ޗިލީ" އެވެ.

މަމީ ސްލާޕް ނޫޑްލްސް--

މަމީ ސްލާޕް ނޫޑްލްސް--

ލިލީގެ ހުރިހާ ފިހާރަތަކުން މިހާރު މަމީ ސްލާޕް ލިބެން ހުންނައިރު ކޭހެއް ލިބޭނީ 250ރ. އަށެވެ. އަދި ޕެކެޓެއް ލިބޭނީ 6.25ރ. އަށެވެ. ސްލާޕް ކޭހެއްގައި 40 ޕެކެޓް އިންނާނެ އެވެ.

"މަމީ ސްލާޕް" ގެ ޕެކެޓުގެ އިތުރުން ކަޕް ނޫޑުލްސް ވެސް މިހާރު ލިލީގެ ފިހާރަތަކުން ލިބޭނެ އެވެ.

މި ނޫޑުލްސް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ނަމަ އެ ފިހާރައިގެ ނަންބަރު 3323236 ނުވަތަ 3010500 އަށް ގުޅައިގެން މައުލޫމާތު ސާފުކޮށްލެވޭނެ އެވެ.

ލިލީ އެންޓަޕްރައިސަސް އަކީ މަމީގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.