Roadha Mihaaru
އިންޑޯމީ ނޫޑުލްސްގެ އާ ޕްރޮމޯޝަނެއް ފަށައިފި

އިންޑޯމީ ނޫޑުލްސްގެ އާ ޕްރޮމޯޝަނެއް ފަށައިފި

31 ޖެނުއަރީ 2019

އިންޑޯމީ ނޫޑުލްސް ހާއްސަ ޕްރޮމޯޝަނެއް ލިލީ އިންޓަނޭޝަނަލުން މިއަދު ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންޑޯމީ ނޫޑުލްސް ހާއްސަ ޕްރޮމޯޝަނެއް ލިލީ އިންޓަނޭޝަނަލުން މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަން ގައި، ހަތަރު ނޫޑުލްސް ޕެކެޓު ގަތުމުން އެއް ޕަކެޓް ހިލޭ ލިބޭނެ އެވެ. ޕްރޮމޯޝަން ގައި ނޫޑުލްސް ޕެކެޓަކަށް ދައްކަން ޖެހެނީ 20 ޕަސެންޓް ހެޔޮ އަގެކެވެ. މިއަދުން ފެށިގެން ދެމަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ލިލީގެ ސްޓޮޕް އެންޑް ޝޮޕް ފިހާރައިގެ އިތުރުން އެހެނިހެން ރީޓެއިލް ފިހާރަތަކުން ވެސް އިންޑޯމީ ނޫޑުލްސް ލިބޭނެ އެވެ.

އިންޑޯމީ ނޫޑުލްސް: މި ނޫޑުލްސްގެ ޕްރޮމޯޝަން ދެ މަސް ދުވަހަށް ކުރިއަށް ގެންދާނެ--ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިންޑޯމީ ނޫޑުލްސް: މި ނޫޑުލްސްގެ ޕްރޮމޯޝަން ދެ މަސް ދުވަހަށް ކުރިއަށް ގެންދާނެ--ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިންޑޯމީ ނޫޑުލްސް އަކީ އިންޑޮނޭޝިއާގެ ބްރޭންޑެކެވެ. މި އުފެއްދުން އެންމެ ފުރަތަމަ ތައާރަފްކޮށްފައި ވަނީ 1972 ވަނަ އަހަރު އެވެ. މި ބްރޭންޑްގެ ނޫޑުލްސް އޮސްޓްރޭލިއާ އާއި އޭޝިއާ އާއި އެޕްރިކާ އާއި ޔޫރަޕްގެ އިތުރުން އެމެރިކާއާއި ކެނެޑާ ފަދަ ގައުމުތަކުގައި ވެސް އަންނަނީ ބޭނުން ކުރަމުންނެވެ.