Roadha Mihaaru
ގައިދީންނަށް އަންނައުނު ފޮނުވޭ ގޮތަށް ހަމަޖައްސައިފި

ގައިދީންނަށް އަންނައުނު ފޮނުވޭ ގޮތް ދެ އަހަރު ފަހުން ހަމަޖައްސައިފި

09 ފެބުރުއަރީ 2020

ޖަލުގައި ތިބޭ ގައިދީންނަށް އާއިލާގެ ފަރާތުން އަންނައުނު ފޮނުވޭނެ އިންތިޒާމު ދެ އަހަރު ފަހުން އަނެއްކާވެސް ހަމަޖައްސައިދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖަލުގައި ތިބޭ ގައިދީންނަށް އާއިލާގެ ފަރާތުން އަންނައުނު ފޮނުވޭނެ އިންތިޒާމު ދެ އަހަރު ފަހުން އަނެއްކާވެސް ހަމަޖައްސައިދީފި އެވެ.

ގައިދީންނަށް އަންނައުނު ފަދަ ތަކެތި ފޮނުވުން މެދުކަނޑާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮކްޓޫބަރު، 2017 ގަ އެވެ. އޭގެ ސަބަބަކީ މެދުކަނޑާލީ އަންނައުނުގައި ޖަލަށް މަސްތުވާތަކެތި ވެއްދުމަށް މަސައްކަތް ކުރުމެވެ.

މޯލްޑިވްސް ކަރެކްޝަނަނަލް ސާވިސަސް އިން ބުނީ ދެ އަހަރަށް ފަހު އަނެއްކާވެސް އެފަދަ ތަކެތި ފޮނުވޭ ގޮތަށް ހަމަޖެއްސީ އެކަމާ ގުޅޭގޮތުން މިއަދު އެކުލަވައިލި އުސޫލުގެ ދަށުން ކަމަށެވެ. އާ އުސޫލުގައި ވެސް، އަންނައުނުގައި ޖަލަށް މަސްތުވާތަކެތި ވައްދަން މަސައްކަތް ކުރިކަން ފާހަގަވެއްޖެ ނަމަ، ފުލުހުންނަށް ރިޕޯޓްކޮށް، ފިޔަވަޅު އަޅާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އެ އިދާރާ އިން ބުނިގޮތުގައި އެ އުސޫލަށް އަމަލުކުރަން ފެށުމާ އެކު، އާއިލާތަކުން ގެންދާ އަންނައުނު ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 9 އިން ފެށިގެން މެންދުރު 2 އާ ހަމައަށް މާލޭ ޖަލުގެ ރިސެޕްޝަނުން ބަލައިގަންނާނެ އެވެ.

ގައިދީންނަށް އަންނައުނު ނުފޮނުވޭ ގޮތަށް އޮތްއޮތުން ބަދަލު ކުރަން ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ވެސް ކުރިން އޮތީ ލަފާ ދީފަ އެވެ.