Roadha Mihaaru
ލަންކާގެ އިމާރާތަކުން ދިވެހި ކުއްޖަކު ވެއްޓިއްޖެ

ލަންކާގެ އިމާރާތަކުން ދިވެހި ކުއްޖަކު ވެއްޓިގެން ފަރުވާދެނީ

09 ފެބުރުއަރީ 2020

ސްރީ ލަންކާގެ އިމާރާތަކުން ދިވެހި ކުޑަކުއްޖަކު ވެއްޓިގެން ފަރުވާ ދޭން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްރީ ލަންކާގެ އިމާރާތަކުން ދިވެހި ކުޑަކުއްޖަކު ވެއްޓިގެން ފަރުވާ ދޭން ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ލަންކާގައި އެފަދަ ހާދިސާއެއްގެ ހިނގައިގެން އުޅޭ ކަމަށާއި އެ ކުއްޖާގެ އާއިލާ އަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި އެ މިނިސްޓްރީން ދޭންޖެހޭ އެހީތެރިކަމެއް ދޭނެ ކަމަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ދެހިވަލަ ސަރަހައްދުގައި ހުންނަ ގެއެއެއްގެ ތިންވަނަ ބުރިން ވެއްޓި އަނިޔާވީ އުމުރުން ތިން އަހަރުގެ އަންހެންކުއްޖަކަށެވެ.

ލ. މާބައިދު އަށް އުފަން އެ ކުއްޖާ އަށް ލަންކާ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު ހާލު އަދިވެސް ކްރިޓިކަލް ކަމަށް ވެ އެވެ.

"މަންމަ ފެންވަރަން ވަން ގަޑީގައި މި ކަމެއް މިވީ، މަންމަ އާއި އެ ކުއްޖާ އެކަނި އެ އެޕާޓްމަންޓުގައި ދިރިއުޅެމުން އައި ކަމަށް އެނގިފައި ވަނީ،" އެ އާއިލާއާ ގުޅުން ހުރި މީހަކު ކިޔައިދިނެވެ.

އެ ކުއްޖާއަށް ލިބުނީ ކޮން އަނިޔާތަކެއް ކަމެއް އަދި އެކަމާ ބެހޭ އިތުރު ތަފްސީލެއް މިވަގުތު ނުލިބޭ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.