ހައިޑްރޮޖެންގެ ހަކަތައިން ދުއްވާ އަގު ބޮޑު ސުޕަޔޮޓެއް އެމެރިކާގެ މަހުޖަނު ބިލް ގޭޓްސް ގަތް ވާހަކަ އެ ޔޮޓް ފަރުމާކުރާ ކުންފުނި ސައިނޮޓުން ދޮގުކޮށްފި އެވެ.
12 ފެބުރުއަރީ 2020
ހައިޑްރޮޖެންގެ ހަކަތައިން ދުއްވާ އަގު ބޮޑު ސުޕަޔޮޓެއް އެމެރިކާގެ މަހުޖަނު ބިލް ގޭޓްސް ގަތް ވާހަކަ އެ ޔޮޓް ފަރުމާކުރާ ކުންފުނި ސައިނޮޓުން ދޮގުކޮށްފި އެވެ.
މި ހަފުތާގައި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައިނޮޓުން އެންމެ މި ޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ލަގްޒަރީ ސުޕަޔޮޓަށް، ދުނިޔޭގައި ދެވަނަ އަށް އެންމެ މުއްސަނދި މީހާ ހަރަދުކޮށްފައި ވަނީ 644 މިލިއަން ޑޮލަރެވެ.
ނަމަވެސް މިކަން ސައިނޮޓުން ވަނީ ދޮގުކޮށްފަ އެެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ޔޮޓަކަށް ގޭޓްސް އޯޑަރު ދިން ކަމަށް ބުނާ ވާހަކަގައި ހަގީގަތެއް ނެތް ކަމަށެވެ. އަދި އެ ކުންފުނިން ތައްޔާރުކުރާ ޔޮޓަށް ގޭޓްސް އާއި އޭނާއާ ގުޅުން ހުރި އެއްވެސް މީހަކު މުއާމަލާތެއް ނުހިންގާ ކަމަށް ބުންޏެވެ.
ސައިނޮޓުން ބުނިގޮތުގައި އެ ކުންފުނިން "އަކުއާ" ގެ ނަމުގައި ފަރުމާކުރާ ސުޕަޔޮޓަކީ އަދިވެސް ތަރައްގީކުރުމުގެ މަރުހަލާގައި އޮތް މަސައްކަތެކެވެ. މީގެ ކޮންސެޕްޓް ދައްކައިލީ މިދިޔަ އަހަރު މޮނާކޯގަ އެވެ.
ސައިނޮޓުން ބުނީ "އަކުއާ" ހަގީގަތަކަށްވެގެން އަންނަ އިރު އެއީ ދިގުމިނުގައި 112 މީޓަރު ހުންނާނެ އުޅަނދެއް ކަމަށެވެ. އަދި ޔޮޓްގައި އެންމެ މަތީ ފެންވަރުގެ ރިސޯޓަކުން ވެސް ލިބޭނެހާ ހިދުމަތްތައްތައް ހުންނާނެ އެވެ.
ޚައިރާތަށް އެންމެ ބޮޑު ހޭދައެއްކުރާ މަހުޖަނުގެ ގޮތުގައި މަޝްހޫރުވެފައިވާ މައިކްރޮސޮފްޓް ކުންފުނީގެ ވެރިޔާ ގޭޓްސް، 64، ގެ މިލްކިއްޔާތު 108.8 ބިލިއަން ޑޮލަރަށް އަރަ އެވެ. އާންމުކޮށް ޗުއްޓީ ދަތުރުތަކަށް އަގުބޮޑު ޔޮޓްފަހަރު ބޭނުންކުރައްވާ ގޭޓްސްގެ އަމިއްލަ ޔޮޓްތަކެއް އަދިއެއް ނެތެވެ. އެހެންވެ އޭނާ ޔޮޓްދަތުރުތައް ކުރައްވަނީ ކުއްޔަށް ހިއްޕަވައިގެންނެވެ.
ބޮޑު މަހުޖަނު 500 މިލިއަން ޑޮލަރުގެ ޔޮޓެއް ގަނެފި
ގޭޓްސް ޕޯޝާ ކާރެއް ގަތުމުން އީލޮން އަށް ކަމަކުނުދިޔަ
އީވީ އުފެއްދުމުގައި ޓެސްލާ ވައްޓާލަން ޖެނެރެލް މޮޓޯސް
ބިލް ގޭޓްސްއާ އިންނަން އެހީ ސަމާސާއަކަށް ކަމަށް ބުނެފި
ބިލް ގޭޓްސްގެ ދެމަފިރިންގެ ވަރި ރަސްމީވެއްޖެ
ފެކްޓްރީ ހަދަން ރަޝިއާ އިން ޓެސްލާ އަށް ދައުވަތު
ގޭޓްސް މުވައްޒަފަކާ ލޯބީގެ ގުޅުމެއް ބޭއްވި މައްސަލައެއް
ގޭޓްސް އާއި މެލިންޑާ ވަރީގެ ވާހަކަ ފެށީ 2019 ގައި
ވަރީގެ މައްސަލާގައި ގޭޓްސްގެ ދަރިފުޅުގެ ޕޯސްޓެއް
ބިލް ގޭޓްސްގެ 27 އަހަރުވީ ކައިވެނި ރޫޅާލަނީ