މެދު ރާއްޖެގެ ތެރޭގެ ރަށެއްގައި މިދިޔަ ބުދަ ދުވަހުގެ ރޭ 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
24 ޖެނުއަރީ 2020
މެދު ރާއްޖެގެ ތެރޭގެ ރަށެއްގައި މިދިޔަ ބުދަ ދުވަހުގެ ރޭ 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ކުރިން އާއްމުކުރި ގޮތުގައި މެދު ރާއްޖެތެރެ ނިސްބަތްވާ (ކ، އއ، އދ، ވ) އަތޮޅުގެ ރަށެއްގައި ރޭޕްކުރީ 17 އަހަރުގެ ކުއްޖެކެވެ. އެކަމަކު ފަހުން މައުލޫމާތު ލިބުނު ގޮތުގައި އެ ކުއްޖާގެ އުމުރަކީ 14 އަހަރު ކަމަށް ފުލުހުން ބުންޏެވެ.
ރޭޕްގެ މައްސަލައިގައި ހައްޔަރުކުރީ 24-18 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުންނެވެ.
ފުލުހުން ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާ ކަމަށެވެ. އެ މައްސަލަ ވެސް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ރޭޕްގެ މައްސަލަތައް އިތުރުވެ، އެންމެންގެ ސަމާލުކަމަށް އައިސްފައި މިވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ވެސް ނުވާ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވި ފަހުންނެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރަނީ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އަށެވެ. އެ ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ކުއްޖާގެ ބައްޕަ އަށް އިހުމާލުވުމުގެ ތުހުމަތު ކުރާއިރު އޭނާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ފިޔަވަޅު އެޅުން ލަސްވުމުގެ ޝަކުވާ ބޮޑުވެފައިވާތީ އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކުން ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
Offenders | Child Sex Offenders Registry
ޖިންސީ ގޯނާކުރާ މީހުންގެ ރެޖިސްޓަރީ
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
ދަރިފުޅާ ބެހި އިންޒާރުދިން ބައްޕަ ދޫކޮށްލައިފި!
ދަރިފުޅާ ބެހި އިންޒާރު ދިން ބައްޕަ ޕޮލިހާ ހަވާލުކޮށްފި
އަވަށްޓެރިން ބިރެއްގައި: ކުދިންނަށް ބަހަނީ ފައިސާ!
ކުއްޖާ އަށް ކޮށްލާފައި އޮތްވަރުން ޑޮކްޓަރަށް ރޮވުނު!
ރޭޕްގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ގޯނާގެ މައްސަލައާއެކު ޝިދާތާ އިހުސާސްތައް ބޭރުކޮށްލައިފި
ދަރިވަރުންނާ ބެހުނު ތުހުމަތަށް 3 ޓީޗަރަކު ސަސްޕެންޑް!
"ޖިންސީ އަނިޔާގެ ހެކި ނުލިބެނީ ފުލުހުން އަޅާނުލާތީ"