އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، އައްޑޫގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) ވާދަކުރަން ނިންމައިފި އެވެ.
12 ފެބުރުއަރީ 2020
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، އައްޑޫގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) ވާދަކުރަން ނިންމައިފި އެވެ.
އޭޕްރީލް ހަތަރެއްގައި ބާއްވާ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ވާދަކުރަނީ ހިތަދޫ މޫލެކެޑެ އޮޑައްސައު ދާއިރާއަށެވެ.
އައްޑޫގައި އުފެދުނު އެންމެ ހުނަރުވެރި ފުޓުބޯޅަ ތަރިންގެ ތެރޭގައި ހިމެނުނަސް ބޮންޑާ އަކީ މިހާތަނަށް ސިޔާސީ ކަންކަމުގައި އެހާ ބޮޑަކަށް ހަރަކާތްތެރިވެފައިވާ މީހެއް ނޫނެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބޮންޑާ ބުނީ ކައުންސިލަށް ވާދަކުރާ އިރު، ދާއިރާގެ ހުރިހާ ރައްޔިތުންގެ ތާއީދު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ބޮންޑާގެ ކެމްޕެއިން ވީޑިއޯ
ރަސްމީކޮށް ފުޓުބޯޅަ ކުޅުމާ ދުރުވި ފަހުން ބޮންޑާ ބޮޑަށް ހަރަކާތްތެރިވަމުން އަންނަނީ މަސްވެރިކަމުގެ ދާއިރާގަ އެވެ. އޭގެ ތެރެއިން ވެސް، ސްޕޯޓްސް ފިޝިން އަކީ އޭނާގެ ހާއްސަ ދާއިރާ އެކެވެ. އެކަމަކު، ބޮންޑާ އަކީ އަދިވެސް ޒުވާން ފުޓުބޯޅަ ކުޅުންތެރިން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ.
ބޮންޑާގެ ފުޓްބޯޅަ ކެރިއަރުގައި ރާއްޖޭގެ މަޝްހޫރު ކުލަބްތަކަށް ކުޅެ، ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އޭނާ ކުޅުނު ކުލަބްތަކުގެ ތެރޭގައި ނިއުރޭޑިއަންޓާއި ވީބީ އާއި ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކްލަބް ހިމެނެ އެވެ.
އައްޑޫގެ އަޣުލަބިއްޔަތު ވެސް އެމްޑީޕީ އަށް ގެއްލިއްޖެ
އައްޑޫ މޭޔަރުކަން އަލީ ނިޒާރަށް
އަލީ ނިޒާރު: އަބަދުވެސް ރައްޔިތުންނާ ކައިރީގައި
އައްޑޫން ނަން ނެގި ކެންޑިޑޭޓެއްގެ މައްސަލަ ބަލަނީ
އައްޑޫގެ އިތުރު ދެ ކެންޑިޑޭޓަކަށް ގޮނޑި ކަށަވަރުވެއްޖެ
އައްޑުއަށް ބޭނުންވާ ބަދަލާއި ކުރިއެރުން ހޯދާނަން:ލަތީފް
މޭޔަރުކަމަށް ގާބިލް ކެންޑިޑޭޓުން ކުރިމަތިލި: ޕީޕީއެމް
ތަރައްގީކުރަން އެނގޭނީ އައްޑޫ ރައްޔިތުންނަށް: ނިޒާރު
އައްޑޫގައި ވެސް މޭޔަރުގެ މަގާމް މިފަހަރު ވާދަވެރި!
އައްޑޫގެ ދާއިރާތަކުގެ ނަންތައް މިފަހަރު އައްޑޫ ބަހުން