Roadha Mihaaru
40 އަހަރުން ދަށުގެ އެންމެންނަށް ހިމަބިހީގެ ވެކްސިން

40 އަހަރުން ދަށުގެ އެންމެންނަށް ހިމަބިހީގެ ވެކްސިން ޖަހަން ފަށައިފި

13 ފެބުރުއަރީ 2020

ހިމަބިހިން ސަލާމަތްވުމުގެ ވެކްސިން ޖަހާފައިވާ ކަމުގެ ޔަގީންކަން ނެތް، އުމުރުން 40 އަހަރުން ދަށުގެ އެންމެންނަށް އެ ވެކްސިން ދޭން ހެލްތު މިނިސްޓްރީން މިއަދު ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހިމަބިހިން ސަލާމަތްވުމުގެ ވެކްސިން ޖަހާފައިވާ ކަމުގެ ޔަގީންކަން ނެތް، އުމުރުން 40 އަހަރުން ދަށުގެ އެންމެންނަށް އެ ވެކްސިން ދޭން ހެލްތު މިނިސްޓްރީން މިއަދު ފަށައިފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، އުމުރުން 40 އަހަރުން ދަށުގެ އެންމެންނަށް ހިމަބިހީގެ ވެކްސިން ދޭން ނިންމީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށް ވިޔަސް، ބޭނުން ޖެހިއްޖެ ނަމަ މުއްދަތު އިތުރުކުރާނެ ކަމަށެވެ.

"ސާޅީސް އަހަރުން ދަށުގައި، ވެކްސިންގެ ޑޯޒް ފުރިހަމަ ނުވެ ތިބި ހުރިހާ ފަރާތްތަކަށް [ވެކްސިން] ފުރިހަމަކުރުމަށްޓަކައި ދޭ ފުރުސަތެއް [މިއީ]،" މިނިސްޓަރު ވިދާޅުވި އެވެ.

ހިމަބިހީގެ ވެކްސިން ދިނުމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން މިއަދު ކުރި ޓުވީޓް

އަމީން ވިދާޅުވި ގޮތުގައި، 40 އަހަރުން ދަށުގެ މީހުންނަށް ދޭނީ ޔުނިސެފުން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ލައްކަ ވެކްސިނާއި އިންޑިއާ ސަރުކާރުން ދިން 30،000 ވެކްސިން އެވެ.

ހިމަބިހީގެ ވެކްސިން ދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ހެލްތު މިނިސްޓްރީން މި ފެށީ، މީގެ ދެ އަހަރު ކުރިން ފެށިގެން ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ވެސް އިއުލާންކޮށް އިނާމު ދީފައި ވަނިކޮށެވެ. މީގެ މަހެއްހާ ދުވަސް ކުރިން ރާއްޖެ އިން ހިމަބިހި އަލުން ފެނުނު ފަހުން މިހާތަނަށް 12 މީހުން އެ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

"އަދިވެސް މި ހާލަތު [އައުޓްބްރޭކް] ކޮންޓްރޯލްވި ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލުނުކުރެވޭ،" މިނިސްޓަރު އަމީން

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް، މިއަދުގެ ނިއުސް ބްރީފިންގައި ވިދާޅުވީ، ހިމަބިހީގެ ވެކްސިން ދިނުމުގައި މާލެ ސަރަހައްދަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

"އައުޓްބްރޭކް ކޮންޓްރޯލްގެ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެން އިނީޝިއޭޓް ކުރާ ކަމެއް، ވަކި ޕޭޝަންޓުގެ ވަކި ސަރަހައްދެއްގައި ވެކްސިން ދިނުމުގެ ބަދަލުގައި،" ނަޒްލާ ވިދާޅުވި އެވެ.

ވެކްސިން ޖަހައިދޭ ސެންޓަރުތައް

1. ދަމަނަވެށި، މާލެ: ހެނދުނު 8:15 އިން މެންދުރު 12:30 އަށް، އަދި މެންދުރު 2:00 އިން ހަވީރު 5:00 އަށް

2. ސޯޝަލް ސެންޓަރު، މާލެ: މެންދުރު 2:00 އިން ހަވީރު 5:00 އަށް

3. ފެރީ ޓާމިނަލް، ވިލިމާލެ: ހަވީރު 4:00 އިން 6:00 އަށް

4. އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ސެންޓަރުގެ ދެވަނަ ފަންގިފިލާގައި، ހުޅުމާލެ: މެންދުރު 2:00 އިން ހަވީރު 5:00 އަށް

ވެކްސިން ދިނުމުގެ ކަންކަން ދަމަނަވެށީގައި ދެ ސެޝަނަކަށް ކުރިއަށް ގެންދާއިރު، ހެނދުނުގެ ސެޝަން ހާއްސަކޮށްފައި ވަނީ އުމުރުން ހަ މަހާއި 18 މަހާ ދެމެދުގެ ކުޑަކުދިންނަށެވެ. އެހެން ހުރިހާ ސެންޓަރުތަކެއްގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އުމުރުން 40 އަހަރުން ދަށުގެ މީހުންނަށެވެ. ހޮނިހިރު ދުވަހު ވެސް ވެކްސިން ދިނުން ކުރިއަށް ގެންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް، މިއަދުގެ ނިއުސް ބްރީފިންގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ އަހުމަދު އަވްޝަން އިލްޔާސް/މިހާރު

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް، މިއަދުގެ ނިއުސް ބްރީފިންގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ އަހުމަދު އަވްޝަން އިލްޔާސް/މިހާރު

ވެކްސިން ޖަހަން ދާއިރު، އައިޑީ ކާޑު ގެންދަން ހެލްތު މިނިސްޓްރީން އިލްތިމާސްކުރެ އެވެ. އަދި ކުޑަކުއްޖެއް ނަމަ ވެކްސިން ކާޑު ގެންދަންޖެހެ އެވެ.

ރާއްޖެެއިން އެއްކޮށް ނައްތާލެވިފައިވާ ހިމަބިހި އަލުން ފެނުނީ މިދިޔަ މަހު އެވެ.

އޭގެ ފަހުން މި ބައްޔަށް 173 މީހަކު ޓެސްޓުކޮށްފައިވާ ކަމަށާއި ޕޮޒިޓިވް ވެފައި ވަނީ 12 މީހުންނަށް ކަމަށް ހެލްތު މިނިސްޓަރު އަމީން ވިދާޅުވި އެވެ. މިދިޔަ މަހުގެ 29 ގައި މިނިސްޓްރީން ބުނެފައި ވަނީ، އެހާތަނަށް ހިމަބިއްސަށް ޕޮޒިޓިވްވެފައި ވަނީ އަށް މީހުންނަށް ކަމަށެވެ.

އޭގެ ފަހުން މި ބައްޔަށް 173 މީހަކު ޓެސްޓުކޮށްފައިވާ ކަމަށާއި ޕޮޒިޓިވް ވެފައި ވަނީ 12 މީހުންނަށް ކަމަށް ހެލްތު މިނިސްޓަރު އަމީން ވިދާޅުވި އެވެ. މިދިޔަ މަހުގެ 29 ގައި މިނިސްޓްރީން ބުނެފައި ވަނީ، އެހާތަނަށް ހިމަބިއްސަށް ޕޮޒިޓިވްވެފައި ވަނީ އަށް މީހުންނަށް ކަމަށެވެ.

"އަދިވެސް މި ހާލަތު [އައުޓްބްރޭކް] ކޮންޓްރޯލްވި ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލުނުކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދަށް ހާއްސަކޮށްގެން، ވެކްސިން ދިނުމުގެ ވަކި ޕްރޮގްރާމް ފެށި ނަމަވެސް އަތޮޅުތަކުގައި ވެސް އެކަން ކުރިއަށް ގެންދާ ކަމަށް އަމީން ވިދާޅުވި އެވެ. އަދި ރާއްޖޭގައި އުޅޭ ބިދޭސީން ވެސް ވެކްސިން ޖަހަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެކްސިން ޖެހުމުގެ މަސައްކަތުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށާއި ކުޑަކުދިންނަށާއި ހިމަބިހި ޖެހިފައިވާ މީހުން ދިރިއުޅޭ ސަރަހައްދުގައި އުޅޭ މީހުންނަށް ހާއްސަ ސަމާލުކަމެއް ދީފައި ވެ އެވެ. މިހާތަނަށް 7،900 އަށް ވުރެ މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ. އަދި، 2،700 މީހުންނަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ވެކްސިން ޖެހުމުގެ މުހިއްމުކަމާ ގުޅޭގޮތުން ހޭލުންތެރިކަމުގެ ހާއްސަ ޕްރޮގްރާމެއް ފަށާނެ އެވެ.