Roadha Mihaaru
ޖަލުގައި ވަކީލުންނާ ބައްދަލުކުރެވޭ އަދަދު އިތުރުކޮށްފި

ޖަލުގައި ގައިދީންނަށް ބައްދަލުކުރެވޭ ވަކީލުންގެ އަދަދު އިތުރުކޮށްފި

14 ފެބުރުއަރީ 2020

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއިި ބަންދު މީހުންނަށް އެއް ފަހަރާ ތިން ވަކީލުންނާ ޖަލުގައި ބައްދަލުކުރެވޭ ގޮތަށް އެ އިދާރާ އިން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނާއިި ބަންދު މީހުންނަށް އެއް ފަހަރާ ތިން ވަކީލުންނާ ޖަލުގައި ބައްދަލުކުރެވޭ ގޮތަށް އެ އިދާރާ އިން ހަމަޖައްސައިފި އެވެ.

ކުރިން އޮންނަ ގޮތުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ޖަލުގައި ހުކުމް ތަންފީޒުކުރާ މީހުންނާއި ބަންދުގައި ބައިތިއްބާފައިވާ މީހުންނަށް ރަޖިސްޓަރީ ކުރެވޭނީ އަދި އެއްފަހަރާ ޖަލުގައި ބައްދަލު ކުރެވޭނީ ވެސް ގިނަވެގެން ދެ ވަކީލުންނާ އެވެ.

އެ އުސޫލަށް އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން، ޖަލުގައި ހުރި ކޮންމެ މީހަކަށް ވެސް އެއްފަހަރާ ފަސް ވަކީލުން ހަމަޖެއްސިދާނެ އެވެ. އަދި އޭގެ ތެރެއިން ތިން ވަކީލަކާ އެއްފަހަރާ ބައްދަލު ކުރެވިދާނެ ކަމަށް ވެސް އާ އުސޫލުގައިވެ އެވެ.

ގައިދީންނާ ވަކީލުންނަށް ބައްދަލުކުރެވޭ އުސޫލަށް ގެނައި އާ އިސްލާހާ ގުޅޭ ގޮތުން ޕްރިޒްންސް ކޮމިޝަނަރު އަހުމަދު މުހައްމަދު ކުރެއްވި ޓުވީޓް

ވަކީލުން ހަމަޖެއްސޭ އަދަދާއި އެއްފަހަރާ ބައްދަލު ކުރެވޭ ވަކީލުންގެ އަދަދު އިތުރު ކުރިއިރު، ޖަލުގައި ތިބޭ މީހުންނަށް އާއިލާތަކުން އަންނައުނު ފޮނުވޭނެ އިންތިޒާމު، ދެ އަހަރު ފަހުން މިދިޔަ ހަފުތާގައި ވަނީ ހަމަޖައްސައިފަ އެވެ. ކުރިން އެ ޚިދުމަތް ދެމުން އައުމަށް ފަހު، އޭރު އެކަން މެދުކަނޑާލީ އަންނައުނުގައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި ވައްދަން މަސައްކަތް ކުރާތީ އެވެ.