16 ފެބުރުއަރީ 2020
ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރުކޮށް، ސަލާމް ބުނުމުގެ އުސޫލުތަކަށް ބަދަލު ގެންނަން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާ އެކު ފާޑޫކިޔުން އަމާޒުވެއްޖެ އެވެ.
ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރުކޮށް، ސަލާމް ބުނުމުގެ އުސޫލުތަކަށް ބަދަލު ގެންނަން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާ އެކު ފާޑޫކިޔުން އަމާޒުވެއްޖެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅެވޭނެ އެންމެ ދިގު މުއްދަތަކީ ތިން މަހެވެ. އެކަމަކު ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ހުށަހެޅުއްވި ބިލުގައި ހުށަހަޅާފައި އޮތީ އެ މުއްދަތު އިތުރު ކުރުމަށެވެ.
އެ ބިލްގައި ހުށަހަޅާފައި ވަނީ ޕްރޮބޭޝަނަށް ގިނަވެގެން ހިމެނޭނެ މުއްދަތު ހަ މަހަށް އިތުރު ކުރުމަށެވެ. އަދި މިހާރު ވެސް ގާނޫނުގައި އޮންނަ ގޮތަށް ޕްރޮބޭޝަންގެ މުއްދަތުގައި އެއްވެސް ނޯޓިހެއް ދިނުމެއް ނެތި އެއްބަސްވުން ބާތިލް ކުރުމުގެ ބާރު އޮންނާނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން އަހަރަކު ލިބޭ 30 ދުވަހުގެ ސަލާމުގެ ޗުއްޓީ ބޭނުން ކުރުމުގައި މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭނީ ޖެހިޖެހިގެން ދެ ދުވަހަށް ވުރެ އިތުރަށް ސަލާމުގައި ހުރެއްޖެ ނަމަ އެވެ. އެކަމަކު އެ ބިލްގައި ހުށަހަޅާފައި އޮތީ އެންމެ ދުވަހަކު ސަލާމް ބުންޏަސް، މެޑިކަލް ސެޓްފިކެޓް ހުށަހަޅަން އެންގޭ ގޮތަށެވެ.
މުވައްޒަފުންގެ މެދުގައި ސާވިސް ޗާޖް ބެހުމުގެ އުސޫލުތަކަށް ވެސް ބަދަލު ގެންނަން އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެ އެވެ. މިހާރު ގާނޫނު އޮޮންނަ ގޮތުން ސާވިސް ޗާޖްގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން އެއް ޕަސެންޓް އިދާރީ ފީގެ ގޮތުގައި ނެގުމަށް ފަހު ދެން ހުރި ފައިސާ މުވައްޒަފުންނަށް ބަހަން ޖެހޭނެ އެވެ.
އެ ބިލުގައި އިސްލާހު ހުށަހަޅާފައި އޮތީ ސާވިސް ޗާޖް ބެހުމުގައި މުވައްޒަފުން މަސައްކަތްކުރި ގަޑިއިރަށް ބެލުމުގެ އިހްތިޔާރު ވަޒީފާ ދޭ ފަރާތްތަކަށް ލިބޭ ގޮތަށެވެ. އެގޮތުން ގަޑިޖެހޭ މުވައްޒަފުންނާއި ހާޒިރުނުވާ މުވައްޒަފުންނަށް ހާޒިރުނުވާ ނިސްބަތުން ސާވިސް ޗާޖުން އުނި ކުރެވިދާނެ ކަމަށް އެ ބިލުގައިވެ އެވެ.
ޕްރޮބޭޝަންގެ މުއްދަތު 3 މަހުން 6 މަހަށް އިތުރުވާ ގޮތައް ގާނޫނަށް ބަދަލު ގެނައުމަކީ މަސައްކަތްތެރީން މިހާރައްވުރެވެސް އިތުރައް ނިކަމެތިވާނެ ކަމެއް. ބައެއް ތަންތަނުގައި ކެޝުއަލް ސްޓާފުންގެ ގޮތުގައި މިހާރުވެސް 3 މަހަށް ވުރެ ގިނަދުވަސްވަންދެން ދާއިމީ ނުކޮށް މަސައްކަތް ކުރުވާ.
— Ali Hussain (@AleeVoice) February 16, 2020
އެކަމަކު ސާވިސް ޗާޖް ދޭ ގޮތުގެ ތަފްސީލުތައް ކޮންމެ އަހަރަކު ލޭބާ ރިލޭޝަންސް އޮތޯރިޓީ އަށް ފޮނުވަން ޖެހޭ ގޮތަށް އެ ބިލުގައި ހިމަނާފައިވެ އެވެ. އަދި ހިިންގުމުގެ ދާއިރާގައި އިސް މީހުންނަށް ސާވިސް ޗާޖް ނުދިނުމުގެ ބާރު ވެސް ލިބޭ ގޮތަށް އެ ބިލުގައި ހިމަނާފައިވެ އެވެ.
ވަޒީފާގެ އެއްބަސްވުން ނަހަދާ ވަޒީފާ އަދާކުރުވާ ނަމަ، ވަޒީފާ ދޭ ފަރާތް 2،000ރ. އިން ވެސް ޖޫރިމަނާ ކުރަން އެ ބިލުގައި ހިމަނާފައިވެ އެވެ. އަދި ވަޒީފާގެ އެއްބަސްވުމުގައި ކުރިން ހިމަނަން ލާޒިމްކުރާ ބައެއް މައުލޫމާތުތައް ހިމަނަން ލާޒިމްނުވާ ގޮތަށް އިސްލާހު ގެންނަން ވެސް އެ ބިލުގައިި ހިމަނާފައިވެ އެވެ.
.@MPahmedeasa
— Naufa ? (@NaufaMHassan) February 16, 2020
Since you are the one who submitted the amendments to the Employment Act, JUSTIFY how you arrived at the decision to submit an amendment to the Act to increase the probationary period from 3 months to 6 months. pic.twitter.com/X73sEpdCOq
ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރު ކުރުމާއި ސަލާމް ބުނުމުގެ އުސޫލު ހަރުކަށި ކުރަން އެ ބިލުގައި ހިމަނާފައި އޮތުމުން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް ވަނީ އަމާޒުވެފަ އެވެ. ޕްރޮބޭޝަން މުއްދަތު އިތުރު ކުރުމުން ވަޒީފާގެ ޔަގީންކަން ނުލިބި، ހަ މަސް ވަންދެން ތިބެން ޖެހުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެކަމަށް ބައެއް މީހުން ފާޑު ކިޔާފައިވެ އެވެ. އަދި އެ މުއްދަތުގައި ވަޒީފާއިން ވަކިކުރިޔަސް، ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޯންނާނެ ކަން ގިނަ މީހުން ފާހަގަ ކޮށްފައިވެ އެވެ.
މަޖިިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ ޕްރޮބޭޝަން މުއްދަތު އިތުރު ކުރުމަކީ މަސައްކަތްތެރިން އިތުރަށް ނިކަމެތިވާނެ ކަމެއް ކަމަށެވެ. އަދި މިހާރު ވެސް ބައެއް ތަންތަނުގައިި ތިން މަހަށް ވުރެ ވެސް އިތުރަށް މުވައްޒަފުން ދާއިމީ ނުކޮށް، މަސައްކަތް ކުރުވަމުންދާ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.
މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވަނީ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރު ކުރުމުން ރިސޯޓްތަކުގައި ދެން ގިނަވާނީ ވަގުތީ މުވައްޒަފުން ކަމަށެވެ. އަދި ގާނޫނުތައް އަބަދުވެސް ހަދަން ޖެހޭނީ ރައްޔިތުންގެ ފައިދާއަށް ކަމަށާއި ގެއްލުންވާ ގޮތަށް ނޫން ކަމަށް ވެސް އޭނާގެ ޓްވީޓްގައިވެ އެވެ.
އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުން މަނާކުރުމުގެ މާއްދާއަށް (ނ) އިތުރުކޮށް، މަޤާމް އުވާލާ، ވަޒީފާއިން ވަކިކުރުމުގެ ބާރު ވަޒީފާދޭފަރާތެއް ލިބިދީ އަދި ބަދަލު ދިނުން ވެސް ޑިސައިޑް ކުރުމުގެ ބާރު ވެސް މިނިސްޓަރަށް. މިއީ އަޅުވެތިކަން..
— Aisha?❓ (@datsdawayitz) February 14, 2020
މެޑިކަލް ސެޓްފިކެޓް ނެތި އެންމެ ދުވަހަކު ވެސް ސަލާމް ނުބުނެވޭ ގޮތަށް ހެދުމުން ބަލިވާ ކޮންމެ ފަހަރަކު ޑޮކްޓަރަށް ދައްކަންވީތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިިވެ އެވެ. އަދި އާއިލާގެ މީހަކު އާދައިގެ ކަމެއްގައި ބަލިވެގެން ސަލާމް ބުނާ ކޮންމެ ފަހަރަކު ވެސް މެޑިކަލް ސެޓްފިކެޓް ހޯދަން މަސައްކަތް ކުރަންވީތޯ ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ.
މަސައްކަތްތެރިިންގެ ހައްގުތައް ހަނިކުރީ ކުރީގެ ސަރުކާރުން ކަމަށް ބުނެ މިފަހަރު ދައްކާނީ ކޮން ހުއްޖަތެއްތޯ ވެސް ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ.
ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރުކުރަން އިސްލާހު ހުށަހެޅިއިރު، 2008 ވަނަ އަހަރު ވަޒީފާއާ ބެހޭ ގާނޫނު ވުޖޫދަށް އައިއިރު ވެސް ގާނޫނުގައި އޮތީ ޕްރޮބޭޝަންގެ މުއްދަތަކީ ގިނަވެގެން ހަ މަސް ކަމަށެވެ. އެކަމަކު ފަހުން އެ ގާނޫނު އިސްލާހުކޮށް، ތިން މަހަށް ވަނީ އެ މުއްދަތު ކުރުކޮށްފަ އެވެ.
މިނިމަމް ވޭޖް، 4،000 އިން 8،500އާ ދެމެދަށް
"ގަވައިދާ ހިލާފަށް ދެ މުވައްޒަފަކު ވަޒީފާއަށް ނެގި"
އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ބޯޑް އެކުލަވާލައިފި
މިނިމަމް ވޭޖު ކަނޑައަޅަން މި އުޅެނީ ކިހިނެއް؟
އެމްޑީޕީގެ ކަރުދާސް:ވަޒީފާ ހޯދަން އުޅޭ ނަމަ އިނާޔަތެއް
ދުވާލަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 200ރ.
ޔޫނިއަން ހަދަން މެމްބަރުން ފުރުސަތު ދޭތޯ ބަލަބަލައި!
ޑީއެމްޑީގެ މަގާމު ޖެނިފާއަށް އަލުން ދޭން އަމުރުކޮށްފި
ޒިޔާ މަޖިލީހުން ވަކިކޮށްފި، މައްސަލަ ޓްރައިބިއުނަލަށް
އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަންޑިވިޝަން ހަދައިފި