މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިމާރާތް ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ ގުޅޭ ކަންކަން، ސަރުކާރާއި ޓީއެމްއެއޭ އިން އެއްބަސްވާ ގޮތަކަށް އަވަހަށް ނިންމަަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
12 ފެބުރުއަރީ 2020
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިމާރާތް ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ ގުޅޭ ކަންކަން، ސަރުކާރާއި ޓީއެމްއެއޭ އިން އެއްބަސްވާ ގޮތަކަށް އަވަހަށް ނިންމަަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ސަރުކާރު/އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު އުފެދިފައިވާ ދެބަސްވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަރަށް ފުޅާ ދާއިރާއެއްގައި ބަލަމުން އަންނަނިކޮށް، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓާމިނަލްގެ ކަންތައް އަވަހަށް ނިންމުން މުހިއްމީ ދެވަނަ ރަންވޭ ހުޅުވައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބާރަށް ހިންގަން ފެށުމަށްޓަކައި ކަމަށެވެ.
"ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިނގާފައިވާ ނަމަ އެކަން ކުރި މީހަކަށް ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް،" ޓްވީޓްގައި ނަޝީދު ވިދާޅުވި އެވެ.
Dhevana runway hulhuva airport baarah hinganfeshumah Dhivehi Sarukaar aai TMA, dhefaraiy ehbasvevey gothakah sea plane terminal ge kanthah avahah ninmun varah muhimmu.TMA ah terminal dhinumugai goaskoh kameh hingafa vaanama ekan kuri meehakah/bayakah dhauva ufulun eyee ehen kameh
— Mohamed Nasheed (@MohamedNasheed) February 12, 2020
ނަޝީދުގެ ޓްވީޓް
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވިދާޅުވީ، މިހާރު ބޭނުންކުރާ ސީޕްލޭން ޓާމިނަލް ރޫޅައި ނުލެވި ލަސްވާތީ، ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ލަސްވާ ކަމަށާއި އޭގެ ސަބަބުން އެމްއޭސީއެލް އަށް ވެސް ބޮޑު ގެއްލުމެއް ވަމުންދާ ކަމަށެވެ.
ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް 19،000 އަކަފޫޓުގެ ސަރަހައްދެއް ދޭން އެމްއޭސީއެލް އިން ޔަގީންކަން ދީފައިވާ ކަމަށް އެ ކުންފުނިން އަންނަނީ ބުނަމުންނެވެ. އެކަމަކު ސަރުކާރުން ނިންމާފައި ވަނީ 5،000 އަކަފޫޓުގެ ސަރަހައްދެއް ދެ އަހަރުގެ މުއްދަތަކަށް ޓީއެމްއޭ އަށް ދިނުމަށެވެ. ސަރުކާރުން ކަނޑައެޅި އަގާ މެދުގައި ވެސް ޓީއެމްއޭ އިން ހިތްހަމައެއް ނުޖެހެ އެވެ.
ޓީއެމްއޭ އިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ބުނީ އެ ކުންފުންޏަށް 19،000 އަކަފޫޓުގެ ސަރަހައްދެއް 15 އަހަރަށް ދޫކުރާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލް އިން މާކުރިއްސުރެ ދީފައިވާ ކަމަށެވެ. އެ ޔަގީން ކަމަށް އިތުބާރުކޮށް، ސީޕްލޭން ޓާމިނަލް ތަރައްގީ ކުރަން 18 މިލިއަން ޑޮލަރު ހަރަދު ކޮށްފައިވާނެ ކަމަށް ވެސް ޓީއެމްއޭ އިން ބުންޏެވެ.
އޮޑިޓާ ޖެނެރަލް ހަސަން، މާލިއްޔަތު ކޮމިޓީގައި މިއަދު ވިދާޅުވީ މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލް ވަރަށް އަވަހަށް ރޫޅާލަން ޖެހޭތީވެ، ޓީއެމްއޭގެ އޮޕަރޭޝަނަށް ވެސް ހުއްޓުން ނާންނަ ގޮތަށް، ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތް ރަނގަޅު ކަމަށެވެ. އެކަމަކު، އެއީ ވެސް އެމްއޭސީއެލް އިން އަމިއްލަ އަށް ޓާމިނަލް ހިންގަން ތައްޔާރަށް ނެތުުމުން ސަރުކާރަށް ނިންމަން ޖެހުނު ނިންމުމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
"އެހެންވީމާ ވަރަށް އަވަސް ނިންމުމެއް ނިންމަން އެބަޖެހޭ. އަނެއްކާ ވަރަށް މުހިއްމު ސްޓޭކްހޯލްޑާއެއް ހަގީގަތުގައި ޓީއެމްއޭ އަކީ. އެހެންވީމާ ޓީއެމްއޭ އަށް ވެސް އެކަހަލަ ގޮތަކަށް މަޝްވަރާ ކުރެވިފައި އޮތީތީވެ، ޓީއެމްއޭ އަށް ވެސް ވަކި އަދަދަކަށް ސްޕޭސް އެލޮކޭޓް ކުރުން ރަނގަޅު ކަމަށް އަޅުގަނޑު ވެސް ދެކެނީ،" އޮޑިޓާ ޖެނެރަލް ހަސަން ވިދާޅުވި އެވެ.
ޓީއެމްއޭ އިން އަދިވެސް ކުރަނީ ޝަކުވާ
ފަޒީލްގެ ވާހަކަތަކުން ވެސް ގޯސްވީ އެމްއޭސީއެލްގެ ބޯޑު
ވެރިކަން ބަދަލުވުމުގެ ކުރިން ޓާމިނަލް ދޭން އުޅުނު!؟
ސަރުކާރުގެ ނިންމުމަށް މާލިއްޔަތު ކޮމިޓީން ތާއީދުކޮށްފި
އަޅުގަނޑަށް ރުފިޔާ ދޭކަށް ބަޔަކު ނޫޅޭނެ: ނަޝީދު
އެމްއޭސީއެލުން މަޖިލީހަށް ދޮގު ހެދި: ޔައުގޫބް
ޓީއެމްއޭ އުދުއްސަން އެމްއޭސީއެލްގެ ބޮޑެތި ގޯސްތައް!
ސީޕްލޭން ޓާމިނަލްދޭނީ ސަރުކާރުން ނިންމި ގޮތަށް: އަމީރު
ސީޕްލޭން ޓާމިނަލްގެ މައްސަލަ އަށް މަންޓާ ވަދެއްޖެ!
އެމްއޭސީއެލްގެ ސިޓީއަކީ އެއްބަސްވުމެއް: ޓީއެމްއޭ