Roadha Mihaaru
ނަޝީދާއި ޗައިނާގެ ސަފީރު ބައްދަލުކުރައްވައިފި

ނަޝީދާއި ޗައިނާގެ ސަފީރު ބައްދަލުކުރައްވައިފި

18 ފެބުރުއަރީ 2020

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ލިއޮން މިއަދު ބައްދަލުކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ލިއޮން މިއަދު ބައްދަލުކުރައްވައިފި އެވެ.

މަޖިލީހުގެ އިދާރާގައި އޮތް މި ބައްދަލު ކުރެއްވުމަށް ފަހު، ޒަންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާގައި ހަލުވި ކަމާ އެކު ފެތުރެމުންދާ ކޮވިޑް19 ވައިރަސްއާ ގުޅިގެން، އެ ގައުމުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ނަޝީދަށް އެރުވި ކަމަށެވެ.

އެ ބައްދަލުވުމުގައި، ޗައިނާ އަށް ކުރިމަތިވެފައިވާ ހާލަތުން އަވަހަށް އަރައިގަނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި ކަމަށް ވެސް ޒަންގްގެ ޓްވީޓްގައިވެ އެވެ.

ޒަންގް ޓްވީޓް

ނަޝީދާއި ޒަންގް ބަދަލު ކުރެއްވިއިރު، ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ދަރަނިތަކާ ބެހޭގޮތުން ނަޝީދު މީގެކުރިން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޒަންގް ވަނީ ރައްދު ދެއްވައިފަ އެވެ. ރާއްޖެ އިން ޗައިނާ އަށް ދައްކަންޖެހޭ ދަރަނި 3.4 ބިލިއަން ޑޮލަރަށް އަރާ ކަމަށް ނަޝީދު ވިދާޅުވުމުން އެކަން ދޮގު ކުރައްވައި، ޒަންގް ވަނީ ރާއްޖެ އިން ދައްކަން ޖެހެނީ 1.5 ބިލިއަން ޑޮލަރު ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި އެންމެ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިންގީ ޗައިނާގެ ހިލޭ އެހީ އާއި ލޯނު އެހީގެ ދަށުންނެވެ.