Roadha Mihaaru
ނުފޫޒެއްގައި ނުޖެހި، ހައްގުތައް ނަގަހައްޓާނެ:މުއުތަސިމް

ނުފޫޒެއްގައި ނުޖެހި، ކޯޓުތަކުން ގާނޫނުއަސާސީ އާއި ހައްގުތައް ނަގަހައްޓާނެ: އުއްތަމަ ފަނޑިޔާރު

18 ފެބުރުއަރީ 2020

ނުފޫޒެއްގައި ޖެހުމެއް ނެތި ކޯޓުތަކުން ގާނޫނުއަސާސީ އާއި ހައްގުތައް ނަގަހައްޓާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނުފޫޒެއްގައި ޖެހުމެއް ނެތި ކޯޓުތަކުން ގާނޫނުއަސާސީ އާއި ހައްގުތައް ނަގަހައްޓާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިރޭ ވިދާޅުވެއްޖެ އެވެ.

ޖުޑީޝަލް އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުންގެ މަސްއޫލިއްޔަތަކީ މާތްﷲ ގަންދީ ކޮށްފައިވާ ހުވާ މަތީގައި ދެމި ތިބެގެން އަދި ނުފޫޒުގައި ޖެހުމެއް ނެތި އިންސާފު ގާއިމް ކުރުން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، އެއްވެސް ނުފޫޒެއްގައި ޖެހުމެއް ނެތި ކޯޓުތަކުން ގާނޫނުއަސާސީ އާއި ހައްގުތައް ނަގަހައްޓާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި އިންސާފު ގާއިމް ކުރުމުގެ ޒިންމާ އަދާކުރާނީ އެއީ ބޮޑު ޒިންމާއެއް ކަން އެނގި ތިބެގެން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"އިންސާފުވެރި ފަނޑިޔާރުގެއެއް ގާއިމްވެ އޮންނާނެ. އަދުލު އިންސާފު ގާއިމް ކުރުމުގެ ޒިންމާ އަކީ މި ދުނިޔެ އަށް ވުރެ ބަރު، ބޮޑު ޒިންމާއެއް ކަން އަޅުގަނޑުމެން ދަންނަން. އަޅުގަނޑުމެން މި ޒިންމާ އަދާކުރި ގޮތަކާ މެދު އަޅުގަނޑުމެންނާ ސުވާލު ކުރެވޭނެ ކަން ވެސް ދަންނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރި ކޮށްދެއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވި އެވެ.

ޖުޑީޝަލް އަހަރު ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، ބަންޑާރަ ނައިބު ރިފްއަތު އާއި ޑިފެންސް މިނިސްޓަރު މާރިޔާ މަޝްވަރާއެއް ކުރައްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ޖުޑީޝަލް އަހަރު ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، ބަންޑާރަ ނައިބު ރިފްއަތު އާއި ޑިފެންސް މިނިސްޓަރު މާރިޔާ މަޝްވަރާއެއް ކުރައްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޯޓުތަކާ މެދު އާންމުންގެ ހުރި، ހުރިހާ ކަންބޮޑުވުންތައް ނައްތައިލުމަކީ އެންމެ ބޮޑު އަމާޒު ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ފަސޭހަ ގިނަ އިންތިޒާމްތަކެއް މިހާރު ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އިންސާފުވެރި ފަނޑިޔާރުގެއެއް ގާއިމްވެ އޮންނާނެ. އަދުލު އިންސާފު ގާއިމް ކުރުމުގެ ޒިންމާ އަކީ މި ދުނިޔެ އަށް ވުރެ ބަރު، ބޮޑު ޒިންމާއެއް ކަން އަޅުގަނޑުމެން ދަންނަން. އަޅުގަނޑުމެން މި ޒިންމާ އަދާކުރި ގޮތަކާ މެދު އަޅުގަނޑުމެންނާ ސުވާލު ކުރެވޭނެ ކަން ވެސް ދަންނަން: އުއްތަމަ ފަނޑިޔާރު މުއުތަސިމް

މިދިޔަ އަހަރުގެ ޑިސެމްބަރު 8 ގައި އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވި މުއުތަސިމް ވިދާޅުވި ގޮތުގައި، ރައްޔިތުން އެދޭ ފަދަ ޝަރުއީ ނިޒާމެއް ގެނައުމަކީ އުއްމީދެކެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ރައްޔިތުން އެދޭ ފަދަ ދެފުށް ފެންނަ އަދި އަދުލުވެރި، ނަޒާހަތްތެރި ފަނޑިޔާރުގެއެއް ބިނާ ކުރުން. މި ގަޟައީ އަހަރު ފެށިގެން ދާއިރު އަޅުގަނޑުމެން މި ތިބީ މާތްﷲގެ ވާގިފުޅާ އެކު މި އަޒުމުގައި،" ދަރުބާރުގޭގައި ބޭއްވި ހަފްލާގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލި، ޖުޑީޝަލް އަހަރު ރަސްމީކޮށް ފައްޓަވައި ދެއްވާއިރު އަރިހުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް (ވ) އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު (ކ).---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނީ ވެރިކަން ނެގެހެއްޓުމަކީ ހަމައެކަނި ކޯޓުތަކުގެ ޒިންމާއެއް ނޫން ކަމަށާއި ދައުލަތުގެ ހުރިހާ މުއައްސަސާއަކާއި ރައްޔިތުންގެ ވެސް ޒިންމާއެއް ކަމަށެވެ. އަދި ދައުލަތުގެ ބާރުތަކުން އިހްތިރާމާ އެކު މަސައްކަތް ކުރުމުގެ މާހައުލެއް މިހާރު ގާއިމް ވެފައިވާ ކަމަށާއި ވޭތުވެދިޔަ ތަނުގައި ހިނގާފައި ހުރި ކަންކަން ތަކުރާރުވާން ފުރުސަތު ނުދިނުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.