Roadha Mihaaru
ސްޓެލްކޯގެ ބޯޑުގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރަނީ

ސްޓެލްކޯގެ ބޯޑުގެ މެމްބަރުން އެސްއޯއީ ކޮމިޓީ އަށް ހާޒިރުކުރަނީ

19 ފެބުރުއަރީ 2020

ތުހުމަތު ކުރެވޭ ބައެއް ކަންކަމާ ގުޅިގެން، ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ހާޒިރު ކުރަން މިއަދު ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތުހުމަތު ކުރެވޭ ބައެއް ކަންކަމާ ގުޅިގެން، ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ހާޒިރު ކުރަން މިއަދު ނިންމައިފި އެވެ.

ކޮމިޓީން އެ ގޮތަށް ނިންމީ، ތުހުމަތު ކުރެވޭ ބައެއް ކަންކަން އެ ކޮމިޓީ އަށް ލިބިފައިވާތީ، އިތުރަށް މައްސަލަތައް އޮޅުން ފިލުވުމަށެވެ.

އެސްއޯއީ ކޮމިޓީ އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެއް ކަމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ސްޓެލްކޯ އިން ދޭން ފެށި މުވައްޒަފުންގެ "ހެލްތު އިންޝުއަރެންސް" އުވާލާފައި ވުމެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް މުސާރަ ދޭ އޮނިގަނޑަށް ބަދަލު ގެނެސް 10 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ދޭ "ލޯންގް ސާވިސް އެލަވަންސް" އާއި މަތީ ތައުލީމް ހާސިލު ކުރުމުން ދޭ "ޕްރޮފެޝަނަލް އެލަވަންސް" ވެސް މިހާރު ހުއްޓާފައިވާތީ، އެކަމުގެ ކަންބޮޑުވުން ކޮމިޓީގެ މެމްބަރުން މިއަދު ފާޅުކުރެއްވި އެވެ.

މީގެ އިތުރުން، ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރަން ފެށި ފްލެޓްތައް މުވައްޒަފުންނަށް ދިނުމުގައި ބޮޑެތި އޮޅުވައިލުންތަކެއް އޮޅުވައިލާފައިވާ މައްސަލައެއް ވެސް އެސްއޯއީ ކޮމިޓީ އަށް ހުށަހަޅާފައިވެ އެވެ.

ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ، ސްޓެލްކޯގެ މެނޭޖްމެންޓުން ވީ އެންމެ އަވަހަކަށް މައުލޫމާތުތައް ދޭން ޖެހޭ ކަމަށާއި މިދިޔަ ދުވަސްތަކުގައި އެ ކުންފުނިން ވަރަށް ގިނަ ކަންތައްތަކެއް ސިއްރު ކުރަން އުޅޭކަން ފާހަގަކުރެވޭ ކަމަށެވެ.

"ހަ މަސް ދުވަހުގައި މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް ފްލެޓް ދީފައި އޮތް ކަން ލިޔެކިޔުންތަކުން އެނގެން އެބަހުރި. މީހުން [އެ ވާހަކަ] އެބަ ދައްކާ. އެކަމަކު ރަސްމީ މައުލޫމާތު ބޭނުންވާތީ އެކަމަށް މި އެދެނީ،" ނިހާދު

އަދި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގްނީ، މުހިންމު ނޫން ގިނަ ދަތުރުތަކެއް ކުރެއްވުމާ ގުޅިގެން، އެކަން އޮޅުން ފިލުވުމަށްޓަކައި މަޖިލީހުގެ މިދިޔަ ދައުރުގައި ފޮނުވި އެއްވެސް ސިޓީއަކަށް އޭނާ ޖަވާބު ނުދެއްވާ ކަމަށް އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީގެ ގިނަ މެމްބަރުން ވިދާޅުވި އެވެ.

ނިހާދު ވިދާޅުވި ގޮތުގައި، ސްޓެލްކޯގައި ވަޒީފާ އަދާކުރާތާ އެތަށް ދުވަހެއް ވެފައިވާ މުވައްޒަފުން، އެކި މަގާމުތަކުން އެކި ތަންތަނަށް ބަދަލުކުރަމުންދާ ކަމުގެ ޝަކުވާ ވެސް ވަނީ ލިބިފަ އެވެ. މުވައްޒަފުންގެ ފަރާތުން އެ ޝަކުވާތައް އައުމަކީ ޖަވާބުދާރީވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަ މަސް ދުވަހުގައި މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް ފްލެޓް ދީފައި އޮތް ކަން ލިޔެކިޔުންތަކުން އެނގެން އެބަހުރި. މީހުން [އެ ވާހަކަ] އެބަ ދައްކާ. އެކަމަކު ރަސްމީ މައުލޫމާތު ބޭނުންވާތީ އެކަމަށް މި އެދެނީ،" ނިހާދު ވިދާޅުވި އެވެ.

ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމު ވިދާޅުވީ، ކ.ތުލުސްދު އާއި ކ. ހިންމަފުށީގައި ސްޓެލްކޯ އިން ގާއިމް ކުރި ނަރުދަމާގެ ނިޒާމުގެ ބޭނުން ނުކުރެވި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ސަބަބު އޮޅުން ފިލުވަން ބޭނުންވާ ކަމަށެވެ.

އަދި، މިގޮތަށް ހިދުމަތް ނުދެވި، ހުރި ހުރިހާ ރަށެއްގެ ތަފްސީލުތައް ކޮމިޓީން ހޯދުމަށް އޭނާ ހުށަހެޅުއްވި އެވެ.

ކަރަންޓައި ފެނުގެ ނިޒާމުގެ އަގު ކުޑަކުރުމަށްޓަކައި އިތުރު ތަފްސީލު ހޯދުމަށް އެނާޖީ އޮތޯރިޓީ އާއި އީޕީއޭ ވެސް އެ ކޮމިޓީ އަށް ހާޒިރު ކުރުމަށް މިއަދު ނިންމި އެވެ.