މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ޓެސްޓު ހަދައި، ޑޮކްޓަރުން ދީފައިވާ ލަފާ އާއިލާއާ ހިއްސާ ކުރައްވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
25 ފެބުރުއަރީ 2020
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ޓެސްޓު ހަދައި، ޑޮކްޓަރުން ދީފައިވާ ލަފާ އާއިލާއާ ހިއްސާ ކުރައްވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އައިޖީއެމްއެޗުގައި ފަރުވާދިނުމަށް ފަހު ޔާމީން އަލުން ޖަލަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީންއާ، މިނިސްޓަރު އިމްރާން އިއްޔެ ވަނީ ބައްދަލު ކުރައްވައިފަ އެވެ.
އިމްރާންގެ އަމިއްލަ އިސް ނެންގެވުމަކަށް ބޭއްވެވި އެ ބައްދަލުވުމާ ގުޅޭ ގޮތުން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔާމީންގެ ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށެވެ. އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ޑޮކްޓަރުން ދީފައިވާ ލަފަޔާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވި އެވެ.
"އަދި ޑޮކްޓަރުންގެ ލަފާ މިހާރު ވަނީ އާއިލާއާ ހިއްސާ ކުރެވިފައި،" އިމްރާން ވިދާޅުވި އެވެ.
އެކަމަކު ޑޮކްޓަރުން ދެއްވި ލަފާގެ ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.
iyye Maafushi Jaluge mivaguthu ge haalathu gaathun belumah alhugandu kuri ziyaarathugai, jalugai hukum thanfeez kuravvamungendhavaa kureege Raees Abdulla Yamin aa bahdhalukoh emanikfaan ge kanboduvun thah aduehin.
— Imran Abdulla (@ShimranAb) February 25, 2020
އިމްރާންގެ ޓުވީޓް.
ޖަލުގައި އޮންނެވުމަށް ސިއްހީ ހާލުކޮޅު ތަން ނުދޭތީ، ގެއަށް ބަދަލުކޮށްދޭން އެމަނިކުފާނާއި ވަކީލުން ވެސް ވަނީ މުއައްސަސާތަކުގައި އެދިފަ އެވެ. އެ އެދުމާ އެއްގޮތަށް އަމަލުކުރަން ކަރެކްޝަންސުން ނިންމާފައިވާ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ.
މިނިސްޓަރު އިމްރާން "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ޕްރިޒަންސް ކޮމިޝަނަރު އަހްމަދު މުހައްމަދު "މިހާރު"އަށް ވިދާޅުވީ ޔާމީންގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން މިނިސްޓަރު އިމްރާން ކުރެއްވި މަޝްވަރާގެ ތަފްސީލް އޭނާ އަދި ކަރެކްޝަންސުން ވެސް ހާމަނުކުރާނެ ކަމަށެވެ. އެއީ، ސިއްހީ ކަންކަމަކީ ޔާމީންގެ ޒާތީ ކަމަކަށް ވާތީ ކަމަށް އަހުމަދު ވިދާޅުވި އެވެ.
ޔާމީން، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެންނެވެ. އެ މައްސަަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައި ހުރި އިރު ވެސް އަދި ކުށް ސާބިތުވެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ޖަލަށް ހުކުމް ކުރި ފަހުން ވެސް ޔާމީން އައިޖީއެމްއެޗަށް ގެންގޮސް ޓެސްޓްތައް ހަދައި ފަރުވާ ދީފައިވެ އެވެ.
ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފް މަރުހަލާގައި އެމަނިކުފާނު ވަނީ ސިއްހީ މައްސަލަތަކެއްގެ ވާހަކަ ވިދާޅުވެފަ އެވެ. ރާއްޖެ އިން ފަރުވާ ލިބެން ނެތް ސިއްހީ މައްސަލަތަކެއް ހުރި ކަމަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ކޯޓުގައި ފާހަގަކޮށްފައިވީ ނަމަވެސް އެ ކަންކަމުގައި އަމަލުކުރަންޖެހޭ އިޖްރާއާތުތައް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހުރި ގަވާއިދުތަކުގައި އެބަހުރި ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ވިދާޅުވި އެވެ.
ސިއްހީ ސަބަބަކަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާ ނަމަ ނުވަތަ ޖަލުން ދޫކޮށްލާ ނަމަ އެކަމާ ބެހޭ އިޖްރާއާތު އެ ގަވާއިދުތަކުގެ ދަށުން ފުރިހަމަ ކުރުމުގެ ފުރުސަތު އެބަ އޮތްކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.
އިމްރާން ދައްކަނީ ދޮގު ވާހަކަތަކެއް: ޔާމީންގެ އާއިލާ
ޔާމީން، ފަރުވާއަށް ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާދީފި
ޔާމީން މުޅިންހެން ދެއްކެވީ އަދީބުގެ ވާހަކަ: އިމްރާން
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި
ހުކުމުގައި ދެއްކި ގޯސްތައް ރަނގަޅު ކުރާނަން: އިމްްރާން
ޔާމީން ގެއަށް ބަދަލުކުރެވޭނެ ގޮތް އެންގިން: އިމްރާން
ޔާމީން ދޫކުރަން ގޮވައި އިދިކޮޅުން ކަނޑުމައްޗަށް
ޔާމީނަށް ވަކީލުންނާ ބައްދަލުނުވާ މައްސަލަ މަޖިލިހަށް
ޔާމީން ފަތަން މާފުށީގައި ޓްރެކެއް ހަދަން ފަށައިފި
ޔާމީންގެ ބައްދަލުވުންތަކަށް ހުރަސް ނާޅަން: ކަރެކްޝަންސް