މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އިން އައްޔަން ކުރުމުގައި އެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފާ ހޯދަންޖެހޭ އުސޫލަށް އިސްލާހު ގެންނަމުން އަންނަ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ން މިއަދު ބުނެފި އެވެ.
26 ފެބުރުއަރީ 2020
މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އިން އައްޔަން ކުރުމުގައި އެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފާ ހޯދަންޖެހޭ އުސޫލަށް އިސްލާހު ގެންނަމުން އަންނަ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށް، އެ ކޮމިޝަނުގެ މެމްބަރުންނާ ކުރި ސުވާލަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ސީއެސްސީން ބުނީ 2016 ވަނަ އަހަރު، މަޖިލީހުން ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން، ޕީއެސް އިން އައްޔަން ކުރަނީ ކަމާ ގުޅޭ މިނިސްޓަރުގެ ލަފައާ އެކު ކޮމިޝަނުން ކަމަށެވެ. އެކަމަކު، މިނިސްޓަރުގެ ލަފައާ އެއްގޮތަށް ޕީއެސް އިން އައްޔަން ކުރާ އުސޫލަށް މިހާރު އިސްލާހު ގެންނަމުން އަންނަ ކަމަށް ކޮމިޝަނުން ބުންޏެވެ.
ނަމަވެސް، އެ އިސްލާހަކީ، މިނިސްޓަރުގެ ލަފާ ނުހޯދުން ކަމެއް ނުވަތަ ގެންނަ ބަދަލެއް ސާފުކޮށެއް ނުބުނެ އެވެ.
ކޮމިޓީގައި ސިވިލް ކޮމިޝަނާ ސުވާލު ކުރީ، ޕީއެސް އިން ނެގުމުގެ ކުރިން، ކޮންމެ ފަހަރަކު ވެސް އެކަމާ ގުޅޭ އުސޫލު ބަދަލުކުރާ ކަމަށް ތުހުމަތުކޮށެވެ. އެގޮތުން ބައެއް ފަހަރު، މަގާމުގެ ޝަރުތު މަތިކުރާއިރު، އަނެއް ބައި ފަހަރު ލުއިކުރާ ކަމަށް، މެމްބަރުން ވިދާޅުވި އެވެ. ކޮމިޓީން ތުހުމަތު ކުރިގޮތުގައި ޝަރުތުތަކަށް ބަދަލު ގެންނަނީ ވަކި މީހަކަށް މަގާމު ދިނުމުގެ ގޮތުންނެވެ.
މެމްބަރުން އެހެން ސުވާލު ކުރެއްވީ، ހެލްތު މިނިސްޓްރީގެ ޕީއެސްގެ މަގާމުގެ ޝަރުތުތަކަށް ދެ ފަހަރަށް ބަދަލުކޮށްގެން އިއުލާން ކުރުމުންނެވެ.
އެ މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި ހަދީޖާ އަބްދުއް ސަމަދުގެ ދައުރު ހަމަވާތީ އެ މަގާމަށް ބޭފުޅަކު ހޯދުމަށް މިދިޔަ ޖެނުއަރީ މަހު އިއުލާނުކުރި އެވެ. ނަމަވެސް އެ އިއުލާނާ ގުޅިގެން ޝަރުތު ހަމަވާ ބޭފުޅުން އެކަށީގެންވާ މިންވަރަށް ކުރިމަތިިލާފައިނުވާތީ، ސީއެސްސީ އިން ވަނީ މި މަހުގެ 12 ވަނަ ދުވަހު އެ މަގާމަށް އަލުން އިއުލާނުކޮށްފަ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް އިއުލާން ކޮށްފައިވަނީ ޝަރުތުތައް މަތިކުރުމަށް ފަހު އެވެ.
އެކަމާ ގުޅޭގޮތުން އިއްޔެ "މިހާރު"އާ ވާހަކަ ދައްކަވަމުން، ސިވިލް ސާވިސްގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ ހެލްތުގެ ޕީއެސްގެ މަގާމުގެ ޝަރުތުތަކަށް ފަހުން ބަދަލުތަކެއް ގެނައީ، އެންމެ ފުރަތަމަ ކުރި އިއުލާނާ ގުޅިގެން ޝަރުތު ހަމަވާ ބޭފުޅުން އެކަށީގެންވާ ވަރަށް ކުރިމަތިލާފައި ނުވާތީ ކަމަށެވެ. ނަމަވެސް ކުރިމަތިލި ބޭފުޅުންގެ އަދަދެއް ހާމައެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ބޭނުން ވަނީ އެ މިނިސްޓްރީގެ ޕީއެސްގެ ޝަރުތަކީ މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ ބޭފުޅަކަށް ވުމެވެ. ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި، ކޮމިޝަންގެ ފަރާތުން ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ގަބޫލު ކުރެވޭ ހާލަތްތައް ދިމާވެފައިވާ ކަމަށް ބައެއް މިނިސްޓަރުން ފާހަގަ ކުރައްވާފައިވާ ކަމަށް މަޖިލީހުގެ ކޮމިޓީގައި މެމްބަރުން ވިދާޅުވި އެވެ. އެގޮތުން ވަޒީފާ އަދާކުރާތާ 10 މަސް ފަހުން، އޭނާ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ވަކިކުރި ކަމަށް، މިނިސްޓަރަކާ ހަވާލާ ދެއްވައި މެމްބަރުން ވިދާޅުވި އެވެ.
އޭގެ ޖަވާބެއްގެ ގޮތުން ސިވިލްް ސާވިސް ކޮމިޝަނުން ބުނީ ސިވިލް ސާވިސްގެ ގަވައިދާ އެއްގޮތަށް މުވައްޒަފުން ނަގަނީ އެ މިނިސްޓްރީއަކުން ކަމަށާއި އެކަމަކު، ގަވައިދާ ހިލާފަށް ވަޒީފާ ދީފައިވާކަން އެނގިއްޖެ ނަމަ، ވަޒީފާ އިން ވަކި ކުރާނެ ކަމަށެވެ. އަދި ކޮމިޝަނުން ކުރި ތަހުގީގަކުން އެ ފަދަ މައްސަލައެއް ސާބިތު ކުރެވުނު ކަމަށާއި އެހެންވެ، މުވައްޒަފު ވަކި ކުރި ކަމަށް އެތަނުން ބުންޏެވެ. އެކަމަކު އެކަން ކުރީ ސިޔާސީ ނުފޫޒެއްގެ ދަށުން ކަމަށް އެ ކޮމިޝަނުން އެއްބަހެއް ނުވެ އެވެ.
އާމިރާގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި
ވަކިކުރަން ނިންމީ ފުރިހަމަ ތަހުގީގެއް ނުކޮށް: ޝަމީމް
ވަޒީރުންގެ ކަންބޮޑުވުންތަކަށް ސީއެސްސީ ޖަވާބުދާރީވަނީ
ވަޒީރުންގެ ނުރުހުން: ސީއެސްސީއާ ހެދި ހިންގަން ދަތި!
މަޖިލީހަށް ގާބިލު މީހުން ދާން އޮތް ދޮރު ބަންދު!
ކުއްލި މައްސަލައެއް ނޫން، ފުރައްސާރަކުރުމެއް!
ސިވިލް ސާވަންޓުން މަސައްކަތްކުރާ ތަން ބަދަލު ކުރެވޭނެ
މިނިސްޓަރުގެ ބަހަށް ޕީއެސް ވަކިކުރުމާ މެދު ކަންބޮޑުވުން
ކޯހަށް ދޫކުރާ މުވައްޒަފުން ފާސް ނުވާނަމަ ވަކިކުރަނީ
ސީއެސްސީގެ އާ ރައީސަކަށް ނާސިހު