މި ފަހުގެ ތާރީހެއްގައި ކުރިމަތިނުވާ ވަރަށް ޕާކިސްތާނަށް ގޮށްފުޅަނގީގެ ތުރާ ކުރިމަތިވެ، އެ ގައުމުގެ ދަނޑުބިންތައް ހަލާކުރާތީ އެކަމާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ޗައިނާ އިން 100،000 އަސްދޫނި ޕާކިސްތާނަށް ފޮނުވަން ނިންމައިފި އެވެ.
29 ފެބުރުއަރީ 2020
މި ފަހުގެ ތާރީހެއްގައި ކުރިމަތިނުވާ ވަރަށް ޕާކިސްތާނަށް ގޮށްފުޅަނގީގެ ތުރާ ކުރިމަތިވެ، އެ ގައުމުގެ ދަނޑުބިންތައް ހަލާކުރާތީ އެކަމާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ޗައިނާ އިން 100،000 އަސްދޫނި ޕާކިސްތާނަށް ފޮނުވަން ނިންމައިފި އެވެ.
ގޮށްފުޅަނގީގެ އުނދަގުލާއި ގެއްލުން އިންތިހާ އަށް ބޮޑުވެގެން މިދިޔަ މަހުގެ ކުރީކޮޅު ޕާކިސްތާނުން ވަނީ އިމަޖެންސީ ވެސް އިއުލާންކޮށްފަ އެވެ. އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި ދަނޑުވެރިން ބުރަ މަސައްކަތްތައްކޮށްގެން ހައްދާ ގޮވާންތައް ގޮށްފުޅަނގި ކައި ހުސްކޮށް، ގަސްގަހާގެއްސަށް ބޮޑެތި ގެއްލުންތަކެއް ދަނީ ދެމުންނެވެ. މިކަމާ ގުޅިގެން ޕެސްޓިސައިޑް ބޭނުންކުރި ނަމަވެސް މިހާތަނަށް އެކަށީގެންވާ ނަތީޖާއެއް ފެނިފައެއް ނުވެ އެވެ.
މި ދުވަސްވަރު އިރުމަތީ އެފްރިކާގެ ގައުމުތަކަށް ވެސް ގޮށްފުޅަނގީގެ އުނދަގޫ ވަރަށް ބޮޑެވެ. މިކަމާ ގުޅިގެން އދ. އިން ވެސް ވަނީ ގައުމުތަކަށް އެހީވާން ގޮވާލައިފަ އެވެ.
ޗައިނާގައި އެދިގެން، ޕާކިސްތާނުން ގޮށްފުޅަނގި ނައްތައިލަން ގިނަ އަދަދެއްގެ އަސްދޫނި ހޯދަން ނިންމުމާ ގުޅިގެން ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނީ އަސްދޫނި ލަޝްކަރު ފޮނުވުމުގެ ކުރިން ހާލަތު ދެނެގަތުމަށް މި ހަފުތާގެ ތެރޭގައި ޗައިނާގެ ތަޖުރިބާޖާރުންގެ ޓީމެއް އެ ގައުމަށް ދާނެ ކަމަށެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި އަސްދޫންޏަކީ ދުވާލެއްގެ މައްޗަށް 200 އެއްހާ ގޮށްފުޅަނގި ކައިލާ އެއްޗެކެވެ. އެއީ ކުކުޅުހާ ގޮށްފުޅަނގި ދުވާލެއްގެ މައްޗަށް ކައިލާ މިންވަރަށް ވުރެ ތިންގުނަ އިތުރު އަދަދެކެވެ. އެހެންވެ އަސްދޫނީގެ އެހީގައި ޕާކިސްތާނަށް ކުރިމަތިވެފައިވާ ގޮށްފުޅަނގީގެ މުސީބާތުން ސަލާމަތްވެދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ޗައިނާގެ ޒެޖިއަންގް އެކެޑެމީ އޮފް އެގްރިކަލްޗަ އެންޑް ސައިންސެސްގެ ސީނިއާ ރިސާޗަރު ލޫ ލިޒޫ ބްލޫމްބާގަށް ވިދާޅުވީ އަސްދޫންޏަކީ ގޮށްފުޅަނގިއާ ދެކޮޅަށް ބޭނުންކުރެވިދާނެ "ބައޮލޮޖިކަލް ހަތިޔާރެއް" ކަމަށެވެ.
"ކުކުޅުހާތަކަށް ދުވާލެއްގެ މައްޗަށް ކެވޭނީ ހަތްދިހަ ވަރަކަށް ގޮށްފުޅަނގި. އެކަމަކު އަސްދޫންޏެއް ދުވާލެއްގެ މައްޗަށް ކާލާނެ ދުއިސައްތައެއްހާ އެތި. އަނެއްކޮޅުން އަސްދޫންޏަކީ އާންމުކޮށް ބައިގަނޑު ހަދައިގެން އުޅޭ އެއްޗަކަށްވާތީ މީގެ ސަބަބުން ގޮށްފުޅަނގި ނައްތާލަން މާ ފަސޭހަވާނެ،" އޭނާ ވިދާޅުވި އެވެ.
ގޮށްފުޅަނގީގެ އުނދަގޫ ޕާކިސްތާނުގައި އެންމެ ބޮޑި ޕަންޖަބާއި ބަލޮޗިސްތާނުގެ އިތުރުން ސިންދު ޕްރޮވިންސްގަ އެވެ.
ރުކުމަޑި ކޮންޓްރޯލް ކުރުމަށް ލެބޯޓަރީއެއް ހަދަނީ
ދަނޑުވެރިކަމުގެ މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި
ކަރާޗީ އެއާޕޯޓު ކައިރިން ތެޔޮ ބައުޒަރެއް ގޮއްވާލައިފި
އުތުރު ތިލަފަޅުގައި ދަނޑުވެރިކަން ކުރަން ސޮއިކޮށްފި
ޗައިނާއިން ޕާކިސްތާނުގަ ނިއުކްލިއާ އިންޖީނުގެއެއް ހަދަނީ
އަފްޣާން ޚާރިޖީ ވަޒީރު ޕާކިސްތާނަށް
"ދަނޑުތަކުން ބަލި މީހުންގެ މާކެޓެއް އުފައްދައިފި"
ތޮއްޑޫން އިންޒާރެއް: ފިޔަވަޅު ނާޅައިފިއްޔާ ހިތިވާނެ!
ދަނޑުތައް ވިހަވެފައި، ހައްދާ އެއްޗެހި ރައްކާތެރިތަ؟
ޗައިނާގެ ސައެންސްވެރިން ކިރުމައި ގެރިއެއް ކްލޯންކޮށްފި