01 މާޗް 2020
ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލުއި ލޯނުތައް ނެގުން އިތުރަށް ފަސޭހަކޮށް، ޕާސަނަލް ފައިނޭންސިންގެ ބޮޑު ކެމްޕޭނެއް މިއަދުު ފަށައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލުއި ލޯނުތައް ނެގުން އިތުރަށް ފަސޭހަކޮށް، ޕާސަނަލް ފައިނޭންސިންގެ ބޮޑު ކެމްޕޭނެއް މިއަދުު ފަށައިފި އެވެ.
ޕާސަނަލް ފައިނޭންސިން ކެމްޕޭން ފަށަން ބީއެމްއެލްގެ އެޗްއާރު އޮފީހުގައި މިއަދު ބޭއްވި ރަސްްމިއްޔާތެއްގައި އެ ބޭންކްގެ ހެޑް އޮފް ރީޓެއިލް ބޭންކިން މޫސާ ނިމާލް ވިދާޅުވީ ލުއި އެކްސްޕްރެސް އާއި ބީއެލްއެލް އިސްލާމިކް ފައިނޭންސިންގެ ހިދުމަތް ފަސޭހަ ކުރަން ގެނައި އެއް ބަދަލަކީ އެ ބޭޭންކަށް އެންމެ މަހެއްގެ މުސާރަ ޖަމާވުމުން ވެސް ހިދުމަަތަށް ޝަރުތު ހަމަވާ ގޮތަށް އުސޫލު ބަދަލުކުރުން ކަމަށެވެ. ކުރިން އޮންނަ އުސޫލުގައި ލުއި ލޯނާއި އިސްލާމިކް ފައިނޭންސިން އަށް ޝަރުތު ހަމަ ވަނީ ބީއެމްއެލް އަށް 12 މަސް ދުވަހުގެ މުސާރަ ޖަމާކުރުމުންނެވެ.
މިއަދު ފެށި ކެމްޕޭން ކުރިއަށް ދާނީ މިއަދުން ފެށިގެން އޭޕްރިލް 30 އަށެވެ.
"މި ބަދަލާ އެކު އެހެން ބޭންކަކަށް 11 މަހު މުސާރަ ޖަމާވެފައި ބީއެމްއެލް އަށް އެއް މަހުގެ މުސާރަ ޖަމާ ވިޔަސް މި ލޯނަށް އެދިލެއްވޭ ގޮތަށް މިހާރު އެލިޖިބިލިޓީ ކްރައިޓީރިއާ އަޅުގަނޑުމެން ބަދަލު މިކުރީ،" އޭނާ ވިދާޅުވި އެވެ.
ލުއި ލޯނާއި އިސްލާމިކް ފައިނޭންސިންގެ ހިދުމަތް ފަސޭހަކުރަން ގެނައި އަނެއް ބަދަލަކީ ވަޒީފާ އަދާކުރާ ތަނުގެ ސިޓީއެއް ހުށަހަޅަން ޖެހޭ ގޮތަށް އޮތް އުސޫލު ދޫކޮށްލުމެވެ. ބީއެެމްއެލް ޕޭރޯލުގެ ތެރެއިން މުސާރަ ޖަމާވާ ނަމަ، އާ އުސޫލުގައި ލިއުން ހުށަހަޅާކަށް ނުޖެހޭނެ އެވެ. ކުރީގެ އުސޫލުގައި ލުއި ލޯނަށް ޝަރުތު ހަމަވަނީ ވަޒީފާ އަދާކުރާ ތަނުގައި އުޅޭތާ ހަމަސް ވުމުންނެވެ. އާ އުސޫލަކީ ވަޒީފާގައި އުޅޭތާ ތިން މަސްވުމުން ޝަރުތު ހަމަވުމެވެ.
މުހިއްމު އަނެއް ބަދަލަކީ އެއްގަމު އުޅަނދު ގަތުމަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓާއި އެ ބޭނުމަށް ދޫކުރާ އިސްލާމިކް ފެސިލިޓީތަކުގައި ފުލް އިލެކްޓްރިކް ވެހިކަލް ނަގާ ފަރާތްތަކަށް ލުޔެއް ދިނުމެވެ. އެ ގޮތުން އެ ބާވަތުގެ ވެެހިކަލް ގަތުމަށް ނަގާ ލޯނުތަކުގެ އިންޓަރެސްޓާއި އިސްލާމިކް ފެސިލިޓީތަކުގެ ޕްރޮފިޓް ރޭޓް ވަނީ ދަށް ކޮށްފަ އެވެ.
"އޭގެ އިތުރަށް އަޅުގަނޑުމެންނަށް މި ގެނެވުނު ބަދަލަކީ ވެހިކަލް ލޯނަށްް، ޑައުން ޕޭމަންޓް ނުވަތަ އިކުއިޓީ ދައްކަން ނުޖެހޭ ގޮތަށް ހެދުން،" ނިމާލް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ޑިރެކްޓާ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ބީއެލްގެ ޕާސަނަލް ލޯނުތަކާއި ފައިނޭންސިން ފެސިލިޓީ ތަކަކީ އެބޭންކްގެ ހިދުމަތްތަކުގެ ތެރެއިން އެންމެ މަގުބޫލު ހިދުމަތްތައް ކަމަށެވެ. އެއީ ފަސޭހައިން ލިބިގަނެވޭ، ކަސްޓަަމަރުންގެ ބޭނުންތަކަށް ފުދޭ ހިދުމަތްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބީއެމްއެލްގެ އެ ހިދުމަތްތަކަށް ޑިމާންޑް އޮތް މިންވަރު ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މިދިޔަަ އަހަރު، ލޯނުގެ ގޮތުގައި އަލަށް ދޫކުރި ފައިސާގެ އަދަދު 1.5 ބިލިޔަން ރުފިޔާ އަށް އެރި ކަމަށެވެ.
ޕާސަނަލް ލޯނާއި އިސްލާމިކް ފައިނޭންސިން ކެމްޕޭންގައި ކަސްޓަަމަރުންނަަށް ބޮޑެތި އިނާމުތަކެއް ވެސް ދޭނެ ކަމަށް ބީއެލްއެލް އިން ބުންޏެވެ. އެގޮތުން ލުއި ލޯނު، ލުއި މައިކްރޯ ލޯން ވެހިކަލް ލޯން އަދި އެއާ ގުޅޭ އިސްލާމިކް ފެެސިލިޓީތަކަށް އެޕްލައި ކުރާ ފަރާތްތަކަށް، އެ ކެމްޕޭންގައި ބައިވެރިވެވޭނެ ކަމަށް ނިމާލް ވިދާޅުވި އެވެ.
އެ ހިދުމަތްތައް ހޯދާ ފަަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު ނަގާ ގުރުއަތަކުން ހޮވޭ ފަރާތްތަަކަށް އެންމެ ފަހުފެ އައިފޯނެއް ދޭ އިރު، ކެމްޕޭން ގެ މުއްދަތު ނިމުމުން ނަގާ ގުރުއަތަކުން ހޮވޭ ފަރާތަކަށް 100،000.ރ ގެ އިނާމެއް ވަނީ ކަނޑައަޅައިފަ އެވެ.
ބީއެމްއެލްގެ ހައުސިން ފައިނޭންސިންގެ މައުލޫމާތު ދެނީ
އިސްލާމިކް ކްރެޑިޓް ކާޑަށް އެޕްލައިކޮށްގެން 25،000ރ.
ބީއެމްއެލްއިން ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
ރަހުނަކާ ނުލައި ލިބޭ 1 މިލިއަންގެ ހައުސިން ލޯނެއް!
ބީއެމްއެލްގެ ލުއި ލޯނުތައް ވަގުތުން އެޕްރޫވް ކުރަނީ
ބީއެމްއެލްގެ އޯވާޑިއު އިންޓަރެސްޓު ދަށްކޮށްފި
ކުދި ލޯނުތަކުގެ މައްސަލަ ނިމޭނެ ނިޒާމެއް ބޭނުން
ބީއެމްއެލްއިން ޖޫނިއާ ސާފިން ޗެމްޕިއަންޝިޕަށް އެހީވެއްޖެ
ހޯމް ޕާޗޭސް ލޯނު/ފައިނޭންސިންގެ މުއްދަތު އިތުރުކޮށްފި
ބީއެމްއެލް ލޯނު "އޯވަޑިއު" އިންޓްރެސްޓް ދެ ޕަސެންޓަށް ކުޑަކޮށްފި