ވޮޝިންޓަން (މާޗް 1) - ޗައިނާ އިން ފުނުނު ނޮވެލް ކޮރޯނާވައިރަހުގައި އެމެރިކާ، ތައިލެންޑް އަދި އޮސްޓްރޭލިއާ އިން ފުރަތަމަ ފަހަރަށް މީހުން މަރުވެއްޖެ އެވެ.
01 މާޗް 2020
ވޮޝިންޓަން (މާޗް 1) - ޗައިނާ އިން ފުނުނު ނޮވެލް ކޮރޯނާވައިރަހުގައި އެމެރިކާ، ތައިލެންޑް އަދި އޮސްޓްރޭލިއާ އިން ފުރަތަމަ ފަހަރަށް މީހުން މަރުވެއްޖެ އެވެ.
އެމެރިކާގެ ސިއްހީ އޮފިޝަލުން ބުނެފައި ވަނީ ކޮރޯނާވައިރަހުގައި ވޮޝިންޓަނުން މަރުވި މީހާ އަކީ ވައިރަސް ފެތުރޭ ސަރަހައްދަކަށް ދަތުރުކުރި މީހެއްކަން އެނގެން ނެތް ކަމަށެވެ.
ވޮޝިންޓަން ސްޓޭޓުގެ ގަވަރުނަރު ޖޭ އިންސްލީ ވިދާޅުވީ ކޮވިޑް-19 ގައި މަރުވީ އުމުރުން 50 ގެ އަހަރުތަކުގެ މީހެއް ކަމަށެވެ.
ކޮވިޑް-19 ގައި ތައިލެންޑުން މަރުވި ފުރަތަމަ މީހަކީ 35 އަހަރުގެ ފިރިހެނެއް ކަމަށް އެ ގައުމުގެ ޑިޒީޒް ކޮންޓްރޯލް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ. ކޮރޯނާވައިރަސް އެރި އިރު ވެސް އެ މީހާ ހުރީ ޑެންގީ ހުން ޖެހިފައި ކަމަށްވެ އެވެ. ތައިލެންޑުން ވަނީ 42 މީހަކަށް ކޮވިޑް-19 ޖެހިފަ އެވެ. އޭގެ ތެރޭން 30 މީހުން ވަނީ ރަނގަޅުވެފަ އެވެ.
ރޯގާގައި އޮސްޓްރޭލިއާ އިން މަރުވި ފުރަތަމަ މީހާ އަކީ 78 އަހަރުގެ ފިރިހެނެކެވެ. އެއީ ކޮރޯނާވައިރަސް ފެތުރުނު ޑައިމަންޓް ޕްރިންސަސް ކްރޫޒް ލައިނާ އިން އޮސްޓްރޭލިއާ އަށް ގެންދިޔަ މީހެކެވެ. އޭނާ މަރުވީ ޕާތުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާގެ އަންހެނުންނަށް ވެސް ކޮވިޑް-19 ޖެހުނެވެ. ނަމަވެސް އެމީހާގެ ހާލު ރަނގަޅު ކަމަށްވެ އެވެ.
އޮސްޓްރޭލިއާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 25 އަށް އަރަ އެވެ.
ކޮރޯނާވައިރަސް މިހާރު ވަނީ 61 ގައުމަކަށް ފެތުރިފަ އެވެ. އެ ރޯގާގައި 2،900 މީހުން މަރުވެފައިވާ އިރު 85،000 މީހުންނަށް ވަނީ ވައިރަސް އަރައިފަ އެވެ.
އަހަރުގެ ބަތަލުންނަކީ ހޮހަޅައިން ކުދިން ސަލާމަތްކުރި ޑޮކްޓަރުން
އޮސްޓްރޭލިއާގެ ދެ ޑައިވަރުންނަށް އިމްތިޔާޒްތަކެއް ދިން
ވާވެފައި އޮތް އަންހެންމީހާ އަށް ދިރުން ގެނައި ކޮވެލި
2.4 މިލިއަން ކުދިން ސަލާމަތްކޮށްދިން މީހާ މަރުވެއްޖެ
ވީގޫރްގެ ބަޔަކު ތައިލެންޑުން ޗައިނާއާ ހަވާލުކޮށްފި
ޔޫއޭއީއަށް ފޮނުވަނީ ކިޑްނީ ޓްރާންސްޕްލާންޓަށް
ބޭހަށް ޔޫއޭއީ އާއި ތައިލެންޑަށް ފޮނުވަން ފަށައިފި
ތައިލެންޑުން އައި 2 ދިވެހިން ޑްރަގާއެކު ހައްޔަރުކޮށްފި
ކުޑަކުދިންގެ ކުށަށް ވެސް އޮސްޓްރޭލިއާގައި ބޮޑު އަދަބު
އާސަންދައިގެ ހިދުމަތް ޔޫއޭއީ/ބެންކޮކްގެ ތިން ތަނަކުން