Roadha Mihaaru
އަހަރުގެ ބަތަލުންނަކީ ހޮހަޅައިން ކުދިން ސަލާމަތްކުރި ޑޮކްޓަރުން

އަހަރުގެ ޝަޚުސިއްޔަތުންނަށް ހޮހަޅައިން ކުދިން ސަލާމަތް ކުރި ޑޮކްޓަރުން

26 ޖެނުއަރީ 2019

ސިޑްނީ (ޖެނުއަރީ 26) - ތައިލެންޑުގެ ހޮހަޅައިގައި ތާށިވި 12 ކުދިންނާއި ކޯޗު ސަލާމަތް ކުރުމުގައި އިސް ރޯލެއް އަދާކުރި އޮސްޓްރޭލިއާގެ ދެ ޑޮކްޓަރުން އެ ގައުމުގެ މިދިޔަ އަހަރުގެ ޝަޚުސިއްޔަތުންގެ ގޮތުގައި ހޮވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސިޑްނީ (ޖެނުއަރީ 26) - ތައިލެންޑުގެ ހޮހަޅައިގައި ތާށިވި 12 ކުދިންނާއި ކޯޗު ސަލާމަތް ކުރުމުގައި އިސް ރޯލެއް އަދާކުރި އޮސްޓްރޭލިއާގެ ދެ ޑޮކްޓަރުން އެ ގައުމުގެ މިދިޔަ އަހަރުގެ ޝަޚުސިއްޔަތުންގެ ގޮތުގައި ހޮވައިފި އެވެ.

ޑރ. ރިޗަޑް "ހެރީ" ހެރިސް އަދި ޑރ. ކްރައިގް ޗަލެން ވަނީ ހޮހަޅައިން ކުދިން ސަލާމަތް ކުރުމުގައި މުހިންމު މަސައްކަތްތަކެއް ކޮށްދީފައި ކަމަށް އެވޯޑް ކޮމިޓީން ވަނީ ބުނެފަ އެވެ. އެމެޗާ ޑައިވަރުންގެ ގޮތުގައި މަޝްހޫރު ދެ ޑޮކްޓަރުން ވަނީ ދުނިޔޭގެ ސަމާލުކަން ލިބުނު މިޝަންގައި އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ދޫކޮށްލައިފަ އެވެ. ކޮންމެ އަހަރަކު ވެސް އެވޯޑް ދެނީ "އޮސްޓްރޭލިއާ ދުވަސް" ފާހަގަ ކުރަން ބާއްވާ ރަސްމިއްޔާތުގަ އެވެ. އެވޯޑް ދެނީ ގައުމަށް ރޯލް މޮޑެލުންގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ބޭފުޅުންނަށެވެ.

ހޮހަޅައިން ކުދިން ސަލާމަތް ކުރުމުގައި ބައިވެރިވި ދެ ޑައިވަރުންނަށް އެވޯޑް ދެނީ.

ހޮހަޅައިން ކުދިން ސަލާމަތް ކުރުމުގައި ބައިވެރިވި ދެ ޑައިވަރުންނަށް އެވޯޑް ދެނީ.

ނޭޝަނަލް އޮސްޓްރޭލިއާ ޑޭ ކައުންސިލުން ބުނީ ޑރ. ހަރިސް ވަނީ ފުރަތަމަ ދުވަހުން ފެށިގެން ހޮހަޅައިގެ ތެރޭގައި އެ ކުދިންނާ އެކު މަޑުކޮށްފައި ކަމަށެވެ. އަދި އޭނާ ހޮހަޅައިން ނުކުތީ އެންމެ ފަހު ކުއްޖާއާ އެކު އެވެ.

"ހޮހަޅައިގެ ހަނި އުނދަގޫ ދޭތެރެތަކުން ފީނަމުން ގޮސް އެ ކުދިންނާ ހަމައަށް ވާސިލްވެ ޑރ. ހަރިސް ވަނީ ހުރިހާ ކުދިންނަށް ވެސް ސިއްހީ ފަރުވާ ދީފައި. ހޮހަޅައިން ކުދިން ނެރުނު އިރު ބިރު ގަތުން ކުޑަކުރަން އެ ކުދިން ހޭނެއްތީ ވެސް ޑޮކްޓަރު ހަރިސް،" ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހޮހަޅައިން ކުދިން ސަލާމަތް ކުރުމުގައި ބައިވެރިވި ދެ ޑައިވަރުން ކަމަށްވާ ހަރިސް (ކ) އާއި ކްރައިގް

ހޮހަޅައިން ކުދިން ސަލާމަތް ކުރުމުގައި ބައިވެރިވި ދެ ޑައިވަރުން ކަމަށްވާ ހަރިސް (ކ) އާއި ކްރައިގް

ހޮހަޅައިން އެކި ކުދިން ވަކިވިން ނެރުމަށް ހިންގި އޮޕަރޭޝަނުގައި ހަނި އަދި އުނދަގޫ ދޭތެރެތަކުން ފީނުމުގައި ޑރ. ޗަލެން ވަނީ ކޮންމެ ދުވަހަކު ވެސް 10-12 ގަޑިއިރު ހޭދަކޮށްފަ އެވެ.

ބޮޑު ވަޒީރު ސްކޮޓް މޮރިސަންގެ އަތްޕުޅުން އެވޯޑާ ހަވާލުވުމަށް ފަހު ދެ ޑޮކްޓަރުން ވެސް ވިދާޅުވެފައި ވަނީ "އެ މީހުންނަކީ ވެސް ކުދިން ސަލާމަތް ކުރަން ހިންގި އޮޕަރޭޝަނުގެ ބޮޑު ޓީމެއްގެ ބައެއް" ކަމަށެވެ. ދެ ޑޮކްޓަރުން އޮޕަރޭޝަނުގައި ބައިވެރިވީ ތައިލެންޑުގައި އެ މީހުން ހޭދަކުރި ޗުއްޓީ ކުރުކޮށްލުމަށް ފަހު އެވެ.

ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ފުޓުބޯޅަ ޓީމުގެ 12 ކުދިންނާއި ކޯޗު.

ތައިލެންޑުގެ ތަމް ލުއާން ހޮހަޅައިގައި ފުޓުބޯޅަ ޓީމުގެ 12 ކުދިންނާއި ކޯޗު.

މިދިޔަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ވައިލްޑް ބޯސް ފުޓުބޯޅަ ޓީމުގެ 12 ކުދިންނާއި ކޯޗު ތަމް ލުއާން ހޮހަޅަ އަށް ވަނީ އެ ދުވަހުގެ ފުޓުބޯޅަ ޕްރެކްޓިސް ނިންމާލުމަށް ފަހު އެވެ. ނަމަވެސް އެ ކުދިން ހޮހަޅައަށް ވަން ފަހުން ވާރޭ ވެހި ހޮހަޅައިގެ ތެރޭގައި ފެންބޮޑުވެ ނުކުމެވޭނެ ގޮތެއް ނެތި ތާށިވީ އެވެ. ހޮހަޅައިގެ ތެރޭން އެ ކުދިން އެންމެ ފުރަތަމަ ހޯދީ އިނގިރޭސި ވިލާތުގެ ދެ ޑައިވަރުންނެވެ. ކުދިން ސަލާމަތް ކުރުމުގައި ބައިވެރިވި އިނގިރޭސި ވިލާތުގެ ޑައިވަރުންނަށް ވެސް އެ ގައުމުން ވަނީ ޝަރަފް ދީފަ އެވެ.

ތިން ހަފުތާ ފަހުން އެ ކުދިން ސަލާމަތުން ހޮހަޅައިން ނެރުނީ ބައިނަލްއަގުވާމީ ޑައިވަރުންގެ ޓީމަކުން ހިންގި ނޭވާ ހިފަހައްޓާލަން ޖެހުނުވަރުގެ ނުރައްކާ ބޮޑު އޮޕަރޭޝަނަކަށް ފަހު އެވެ.