Roadha Mihaaru
އޮސްޓްރޭލިއާގެ ދެ ޑައިވަރުންނަށް އިމްތިޔާޒްތަކެއް ދިން

ކުދިން ސަލާމަތް ކުުރުމުގެ ކުރިން އޮސްޓްރޭލިއާގެ ދެ ޑައިވަރުންނަށް ވަނީ އިމްތިޔާޒްތަކެއް ދީފައި

16 ޖުލައި 2018

ސިޑްނީ (ޖުލައި 16) - ތައިލެންޑުގެ ފުޓުބޯޅަ ޓީމު ހޮހަޅައިން ނެރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެ މަސައްކަތުގައި އުޅުނު އޮސްޓްރޭލިއާގެ ދެ ޑައިވަރުންނަށް ވަނީ ޑިޕްލޮމެޓިކް އިމްްތިޔާޒްތަކެއް ދީފައި ކަމަށް އެ ގައުމުގެ ގައުމީ ޓީވީ އޭބީސީ އިން މިއަދު ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސިޑްނީ (ޖުލައި 16) - ތައިލެންޑުގެ ފުޓުބޯޅަ ޓީމު ހޮހަޅައިން ނެރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެ މަސައްކަތުގައި އުޅުނު އޮސްޓްރޭލިއާގެ ދެ ޑައިވަރުންނަށް ވަނީ ޑިޕްލޮމެޓިކް އިމްްތިޔާޒްތަކެއް ދީފައި ކަމަށް އެ ގައުމުގެ ގައުމީ ޓީވީ އޭބީސީ އިން މިއަދު ބުނެފި އެވެ.

ތަމް ލުއާން ހޮހަޅައިގައި ތާށިވެފައި ތިބި 12 ކުދިންނާއި ކޯޗު 17 ދުވަސް ފަހުން ސަލާމަތުން ހޮހަޅައިން ނެރުނީ ތިން ދުވަހުގެ އޮޕަރޭޝަނަކަށް ފަހު އެވެ. ޑައިވިން ޓީމުގައި ހިމެނުނު އޮސްޓްރޭލިއާގެ ރިޗަޑް ހަރިސް އާއި އޭނާގެ ޑައިވިން ޕާޓްނަރު ކްރައިގް ޗަލެން ވަނީ ކުދިން ސަލާމަތް ކުރުމުގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ.

ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި އެ ޑައިވަރުން ބައިވެރިވުމުގެ ކުރިން އޮސްޓްރޭލިއާ އާއި ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ދެ ޑައިވަރުންނަށް ވަނީ ޑިޕްލޮމެޓިކް ގޮތުން ރައްކާތެރިކަން ދީފަ އެވެ. އެއީ ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި ކަމެއް ގޯސްކޮށް ހިނގައްޖެ ނަމަ އެ މީހުން ހައްޔަރު ކުރުން ފަދަ ކަމަކުން ސަލާމަތް ކުރުމަށްޓަކަ އެވެ.

އޮސްޓްރޭލިއާގެ މީޑިއާތަކަށް ޗަލެން ބުނީ ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަނަކީ "ދިރުމާއި މަރު" އެކުލެވިގެންވާ އަދި ހޮހަޅައިގައި ފީނުމުގެ ތަޖްރިބާކާރު ޑައިވަރުންނަށް ވެސް ޔަގީންކަމެއް ނެތް އޮޕަރޭޝަނެއް ކަމަށެވެ. ފެންގަނޑު ތެރޭން ފީނައިގެން ކުދިން ނެރޭ އިރު ބިރުގެންފާނެތީ އެ ކުދިން ނެރުނީ ނިންދަވާލައިގެން ކަމަށް ޗަލެން ވެސް ވަނީ ބުނެފަ އެވެ. އަދި ހޮހަޅައިން ކުދިން ނެރުމުގެ ކުރިން ޑައިވަރުން ވަނީ ޕޫލެއްގައި އެކަމުގެ ޓްރޭނިން ހަދާފައި ކަމަށް އޭނާ ބުންޏެވެ.