Roadha Mihaaru
ކާޑުގެ ބާވަތްތައް ހުސްނުވާ ވަރަށް ގެންނަން ގޮވާލައިފި

ކޮވިޑް-19: ކާޑާއި ތެޔޮ ހުސްނުވާ ވަރަށް ގެންނަން ގޮވާލައި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި

04 މާޗް 2020

ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ފެނިއްޖެ ނަމަ ދަތުރުފަތުރު ކުރުން ހުއްޓިދާނެތީ، އެ ފަދަ ހާލަތެއްގައި ރާއްޖޭގެ ރަށްރަށުން ކާޑު ހުސްނުވާ ވަރަށް އެ ބާވަތްތައް ގެންނަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ފެނިއްޖެ ނަމަ ދަތުރުފަތުރު ކުރުން ހުއްޓިދާނެތީ، އެ ފަދަ ހާލަތެއްގައި ރާއްޖޭގެ ރަށްރަށުން ކާޑު ހުސްނުވާ ވަރަށް އެ ބާވަތްތައް ގެންނަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް، ކޮރޯނާވައިރަސްއާ ގުޅޭ ގޮތުން ކުއްލި މައްސަލައެއް ހުށަހެޅުއްވި ނަމަވެސް އެ ވައިރަސް ޖެހިފައިވާ އެއްވެސް މީހަކު މިހާތަނަށް ރާއްޖެ އަކުން ނުފެނެ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ކޮރޯނާވައިރަސް އަށް ރާއްޖޭގައި ޓެސްޓު ކުރެވޭނެ އިންތިޒާމު ވެސް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ. ޚާއްސަކޮށް އެ ވައިރަސް ފެތުރެން ފެށި ޗައިނާ އިން މީހުން އައުން މަނާކޮށް، ކްރޫޒްލައިނާގެ ދަތުރުތައް ވެސް ރާއްޖެ އަށް ވަނީ މެދުކަނޑާލައިފަ އެވެ. މީގެ އިތުރުން އީރާނާއި ސައުތު ކޮރެއާގެ ދެ ސަރަހައްދަކުން ރާއްޖެ އަށް މީހުން އައުން ވެސް މަނަލެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެ އަށް ކާޑުގެ ބާވަތްތައް ދުރާލައި އެތެެރެކުރަން ސަރުކާރަށް އޭނާ ގޮވައިލައްވާ އެއް ސަބަބަކީ ކޮރޯނާވައިރަސްއާ ގުޅިގެން، ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރުތައް ކުރަމުން ދިއުން ކަމަށެވެ. ދެވަނަ ސަބަބަކީ އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ކާޑުގެ ބާވަތްތައް ރަށްރަށް އާއްމުކޮށް ގެންދަނީ ދެ ހަފުތާ އަށް ފުދޭ މިންވަރަށް ކަމަށް ވުމެވެ.

އޭނާ ޝަރީފް ވިދާޅުވި ގޮތުގައި، ރާއްޖެ އިން ކޮރޯނާވައިރަސް ފެނިއްޖެ ނަމަ އާގުބޯޓުފަހަރު ދަތުރުކުރުން ހުއްޓި، ތެލާއި ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެދާނެ އެވެ.

"ކޮރޯނާ ވައިރަސްއާ ގުޅިގެން، ރާއްޖޭގެ ރައްޔިތުންނަށް ތެލާއި ކާޑުގެ ދަތިކަން ނުފޯރާނެކަން ކަށަވަރު ކުރުމަށްޓަކައި އެ ތަކެތި ދުރާލައި އެތެރެކޮށް، ބޭނުންވާ މިންވަރަށް ރާއްޖޭގެ އެކި ހިސާބުތަކުން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 170 ވަނަ މާއްދާގެ (ށ)ގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅަަން،" އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ބަލައިގަތް ކުއްލި މައްސަލައިގައި އާދަމް ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެ އަށް ކާޑުގެ ބާވަތްތައް ދުރާލައި އެތެެރެކުރަން ސަރުކާރަށް އޭނާ ގޮވައިލައްވާ އެއް ސަބަބަކީ ކޮރޯނާވައިރަސްއާ ގުޅިގެން، ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރުތައް ކުރަމުން ދިއުން ކަމަށެވެ. ދެވަނަ ސަބަބަކީ އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ކާޑުގެ ބާވަތްތައް ރަށްރަށް އާއްމުކޮށް ގެންދަނީ ދެ ހަފުތާ އަށް ފުދޭ މިންވަރަށް ކަމަށް ވުމެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ވޯޓަށް އެއްސެވުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޮރޯނާ ވައިރަސްއާ ގުޅިގެން ދަތުރުފަތުރާއި ވިޔަފާރި ހުއްޓައިލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބާރު ނާޅާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނު ވިދާޅުވީ ޑަބްލިއުއެޗްއޯއިން ލަފާ ދެނީ ދަތުރުފަތުރު ހުއްޓައިނުލުމަށް ކަމަށް.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނު ވިދާޅުވީ ޑަބްލިއުއެޗްއޯއިން ލަފާ ދެނީ ދަތުރުފަތުރު ހުއްޓައިނުލުމަށް ކަމަށް.

"ޑަބްލިއުއެޗްއޯގެ ލަފައެއް ނޫން އެއީކީ، ދަތުރުފަތުރު އެއްވެސް ބަަޔަކު އެއްވެސް ތާކަށް ހުއްޓައިލުމަކީ، އެއްވެސް އިރެއްގައި އެއްވެސް ކަމެއްގައި،" ވޯޓަށް އެއްސެވުމުގެ ކުރިން އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވުމުން ވެސް، ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ ޖަލްސާގައި އެ ވަގުތު ތިއްބެވި ތިއްބެވި 45 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ ތާއީދާ އެކު އެވެ. އޭގެ ތެރޭގައި ގިނައީ ވެސް އެމްޑީޕީގެ މެމްބަރުންނެވެ.

"އަނެއްކާ ވެސް ތަކުރާރުކޮށް ދަންނަވައިލާނަން. ޑަބްލިއުއެޗްއޯގެ، ދުނިޔޭގެ ސިއްހީ ޖަމިއްޔާގެ އިރުޝާދަކީ، ދުނިޔޭގެ ސިއްހީ ޖަމިއްޔާ އިން ނަސޭހަތްތެރި ވަނީ ކޮރޯނާވައިރަސް ފެތުރެމުންދާ ދިއުމާ ގުޅިގެން ދަތުރުފަތުރާއި ވިޔަފާރީގެ މުއާމަލާތްތައް ހުއްޓައި ނުލުމަށް. ހުއްޓައި ނުލުމަށް،" ނަޝީދު

މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސް ފެށުމުގެ ގޮތުން ފުރަތަމަ ވާހަކަ ދެއްކެވީ އާދަމް ޝަރީފެވެ. އޭނާ ފުރަތަމަ ވެސް ކަންބޮޑުވުން ފާޅުކުރެއްވީ ވޯޓަށް އެހުމުގެ ކުރިން ނަޝީދު ވިދާޅުވި ވާހަކަފުޅާ މެދުގަ އެވެ. އެކަމަކު، އެއީ ހަގީގަތުގައި ވެސް ޑަބްލިއުއެޗްއޯ އިން އެކަމުގައި ގެންގުޅޭ އުސޫލެވެ.

ޗައިނާގެ ވޫހާންސިޓީ އިން ފުރަތަމަ ފެތުރެެން ފެށި ވައިރަހާ ގުޅިގެން ޗައިނާ އަށް ކުރާ ދަތުރުތައް ހުއްޓައިލަން ބައެއް ގައުމުތަކުން ނިންމުމުން، އެކަން މުރާޖައާ ކުރަން ވެސް ޑަބްލިއުއެޗްއޯއިން އޭރު ގޮވައިލި އެވެ.

ނަޝީދުގެ ވާހަަފުޅާ މެދު އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވުމުން އެ މަނިކުފާނު އަނެއްކާވެސް އެވާހަކަފުޅު ތަކުރާރު ކުރެއްވި އެވެ.

"އަނެއްކާ ވެސް ތަކުރާރުކޮށް ދަންނަވައިލާނަން. ޑަބްލިއުއެޗްއޯގެ، ދުނިޔޭގެ ސިއްހީ ޖަމިއްޔާގެ އިރުޝާދަކީ، ދުނިޔޭގެ ސިއްހީ ޖަމިއްޔާ އިން ނަސޭހަތްތެރި ވަނީ ކޮރޯނާވައިރަސް ފެތުރެމުންދާ ދިއުމާ ގުޅިގެން ދަތުރުފަތުރާއި ވިޔަފާރީގެ މުއާމަލާތްތައް ހުއްޓައި ނުލުމަށް. ހުއްޓައި ނުލުމަށް،" ޑަބްލިއުއެޗްއޯގެ އިރުޝާދު ތަކުރާރުކޮށް މަޖިލީހަށް އިއްވަވަމުން ނަޝީދު ވިދާޅުވި އެވެ.