Roadha Mihaaru
މުލީ ހޮސްޕިޓަލު ތިއޭޓަރުގައި ދެ ޑޮކްޓަރުން ތަޅައިގެންފި

ސާޖަރީއަކަށް ތައްޔާރުވުމަށް ފަހު މުލީ ހޮސްޕިޓަލުގެ ދެ ޑޮކްޓަރަކު މާރާމާރީ ހިންގައިފި

05 މާޗް 2020

މ.މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި ދެ ޑޮކްޓަރެއްގެ ދެމެދު މާރާމާރީއެއް ހިނގައި ދެމީހުންނަށް އެކިވަރުގެ އަނިޔާ ވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މ.މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގައި ދެ ޑޮކްޓަރެއްގެ ދެމެދު މާރާމާރީއެއް ހިނގައި ދެމީހުންނަށް އެކިވަރުގެ އަނިޔާ ވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އޮޕަރޭޝަނަކަށް ތައްޔާރުވެ ތިބި ދެ ޑޮކްޓަރުންގެ ވެސް މޫނުމައްޗާއި ނޭފަތުން ލޭ އޮހޮރެ އެވެ. އެކަމަކު ދެޑޮކްޓަރުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ

މުލީ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ހޮސްޕިޓަލްގެ ދެ ޑޮކްޓަރަކު މާރާމާރީ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެހެންވެ، އިތުރު މައުލޫމާތެއް މިވަގުތު ދެވެން ނެތް ކަމަށެވެ.

ފުލުހުން ބުނީ މުލީ ރީޖަނަލް ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގެ ތެރޭގައި އިންޑިއާގެ ޑޮކްޓަރަކާއި ނޭޕާލުގެ ޑޮކްޓަރެއްގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރޭގައި މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:45 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.