Roadha Mihaaru
ވައިރަހާ ބެހޭ ދޮގު ވާހަކަ ހުއްޓުވަން ފޭސްބުކްގެ އެހީ

ކޮރޯނާވައިރަހާ ބެހޭ ދޮގު ވާހަކަ ހުއްޓުވަން ފޭސްބުކްގެ އެހީ

06 މާޗް 2020

ދުނިޔެ އަށް މިހާރު ކުރިމަތިފައިވާ ކޮރޯނާވައިރަހާ ބެހޭ ގޮތުން އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، އެ ބައްޔާ ބެހޭ މައުލޫމާތުތައް ވީހާ ވެސް ބޮޑަށް ފޯރުކޮށް ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށް ޑަބްލިއުއެޗްއޯ އަށް ފޭސްބުކުން ހާއްސަ ފުރުސަތެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔެ އަށް މިހާރު ކުރިމަތިފައިވާ ކޮރޯނާވައިރަހާ ބެހޭ ގޮތުން އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، އެ ބައްޔާ ބެހޭ މައުލޫމާތުތައް ވީހާ ވެސް ބޮޑަށް ފޯރުކޮށް ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށް ޑަބްލިއުއެޗްއޯ އަށް ފޭސްބުކުން ހާއްސަ ފުރުސަތެއް ދީފި އެވެ.

މިކަން ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގްގެ އެފްބީ ޕޯސްޓެއްގައި ހިއްސާކުރައްވައި ވިދާޅުވީ ވީހާ ވެސް ގިނައިން ސައްހަ މައުލޫމާތު ކޮވިޑް-19 އާ ބެހޭ ގޮތުން އެ ޕްލެޓްފޯމް މެދުވެރިިކޮށް ޑަބްލިއުއެޗްއޯ އަށް މިހާރު ހިލޭ އިޝްތިހާރުކުރެވޭނެ ކަމަށެވެ. އެގޮތުން ފޭސްބުކް ބޭނުންކުރާ މީހުން ވައިރަހާ ބެހޭ އެއްވެސް މައުލޫމާތެއް ހޯދަން ސާޗްކުރާ ނަމަ، ޑަބްލިއުއެޗްއޯގެ ލިންކްތަކަށް ދެވޭ ގޮތަށް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ކޮވިޑް-19 އާ ބެހޭ މައުލޫމާތެއް ސާޗްކުރާ ނަމަ، ސިއްހީ ދާއިރާގެ އިތުބާރުކުރެވޭ އެހެން މުއައްސަސާ/ޖަމިއްޔާގެ ލިންކްތަކަށް ޕޮޕަޕްކޮށް ދޭނެ އެވެ. އޭގެ ތެރޭގައި ޔުނިސެފާއި އެމެރިކާގެ ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) ހިމެނެ އެވެ.

ޒަކަބާކް ވިދާޅުވ ކޮވިޑް-19 އާ ބެހޭ ގޮތުން ތެދު ނޫން މައުލޫމާތު ފޭސްބުކް މެދުވެރިކޮށް ފަތުރާތީ އެކަމަށް މިހާތަނަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާނެ އެވެ. އޭގެ ތެރޭގައި ބައްޔާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ހިމެނޭ އިޝްތިހާރުތައް ނެގުމާއި ބައްޔަށް ފަރުވާ ހޯދޭ ކަމަށް ބުނާ އެކިއެކި އުފެއްދުންތައް އިޝްތިހާރުކުރުން މަނާކުރުން ހިމެނެ އެވެ.

ޒަކަބާކް ވިދާޅުވީ ފޭސްބުކުން ބޭނުން ވަނީ މިފަދަ ދަނޑިވަޅެއްގައި ވަކިން ހާއްސަކޮށް އެ ޕްލެޓްފޯމަކީ ބޭނުންކުރާ ހުރިހާ އެންމެންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ބެހޭ ގޮތުން ފަތުރާ ދޮގު މައުލޫމާތުތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުން އަންނަނީ ސިއްހީ ތަޖުރިބާކާރުންގެ ލަފަ އާއި މަޝްވަރާގެ މަތިންނެވެ.

ޗައިނާގެ ވޫހާން ސިޓީން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފެތުރެން ފެށި ކޮވިޑް-19 މިހާތަނަށް ދުނިޔޭގެ ވަރަށް ގައުމުތަކަށް ވާސިލުވެ، އޭގެ ބިރުވެރިކަން ވަނީ ބޮޑުވެފަ އެވެ. އެ ބަލީގައި މަރުވި މީހުންގެ އަދަދު 3،000 އަށް ވުރެ މައްޗަށް އަރާފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު 95،000 އަށް ވުރެ ގިނަ އެވެ.