Roadha Mihaaru
ދަނޑުވެރިކަމުގެ ލޯނުގެ 30 ޕަސެންޓް އަންހެނުންނަށް

ދަނޑުވެެރިކަމުގެ ލޯނުގެ 30 ޕަސެންޓް އަންހެނުންނަށް ޚާއްސަކުރަން ނިންމައިފި

09 މާޗް 2020

ދަނޑުވެރިކަމަށް ދޫކުރާ ލޯނުގެ 30 ޕަސެންޓް އަންހެނުންނަށް ޚާއްސަކުރަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދަނޑުވެރިކަމަށް ދޫކުރާ ލޯނުގެ 30 ޕަސެންޓް އަންހެނުންނަށް ޚާއްސަކުރަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަންހެން ދަނޑުވެރިންނަށް ޚާއްސަ އިސްކަމެއް ދީގެން ދޫކުރެވޭ ލޯން ޕްރޮގްރާމެއް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) މެދުވެރިކޮށް ޑިޒައިންކޮށް ހިިންގުން ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމަށެވެ. އެހެންވެ، މިހާރު ގާއިމް ކޮށްފައިވާ "ދަނޑުވެރި ނަފާ" ލޯނު ޕްރޮގްރާމްގެ 30 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރަން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އަންހެނުންނަށް ލޯނު ޕްރޮގްރާމެއްގެ ވަކި އަދަދެއްގެ ޚާއްސަކުރީ ދަނޑުވެރިކަމަކީ އިގްތިސާދަށް ފައިދާ ކުރާ އަދި ތިމާވެށްޓާ ރަށްޓެހި ސިނާއަތަކަށް ހެދުމުގައި އަންހެނުން ބާރުވެރި ކުރުވުމަށް ކަމަށް ބަޔާނުގައިވެ އެވެ.

އެ ލޯނު ޕްރޮގްރާމްގެ ދަށުން ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޒަމާނީ ދަނޑުވެރިކަން ފަދަ އާބަން އެގްރިކަލްޗާ އާއި ޕްރޮޓެކްޓެޑް އެގްރިކަލްޗާ އާއި ޓެރެސް ނުވަތަ ވާޓިކަލް އެގްރިކަލްޗާ ކުރުމަށާއި ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުމާއި ވެލިއެޑިޝަން އަދި އެގްރޮފްރަސްޓްރީ ފަދަ ކަންކަމަށް ލޯނު ދޫކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ޕްރޮގްރާމްގެ ފޯމް އެސްޑީއެފްސީ އާއި އެ މިނިސްޓްރީން މިހާރު ލިބޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.