ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ދަނޑުވެރިކަން ނުކުރާ ރަށްތައް އަތުލުމަށާއި ދަނޑުވެރިކަން ކުރާނެ ޖާގަ ނެތް ފަރާތްތަކަށް އެކަމަށް ކުރު މުއްދަތަކަށް ފަޅު ރަށްތައް ދޫކުރަން ރައްޔިތުންގެ މަޖިލީހުގެ ލާ މަރުކަޒީީ ކޮމެޓީން ހުށަހަޅައިފި އެވެ.
30 އެޕްރީލް 2020
ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ދަނޑުވެރިކަން ނުކުރާ ރަށްތައް އަތުލުމަށާއި ދަނޑުވެރިކަން ކުރާނެ ޖާގަ ނެތް ފަރާތްތަކަށް އެކަމަށް ކުރު މުއްދަތަކަށް ފަޅު ރަށްތައް ދޫކުރަން ރައްޔިތުންގެ މަޖިލީހުގެ ލާ މަރުކަޒީީ ކޮމެޓީން ހުށަހަޅައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކުގެ ސަބަބުން ސަރުކާރުން ވަނީ ދަނޑުވެރިން ހަދާ ތަކެތި އެސްޓީއޯއިން ގަތުމަށް ނިންމައިފަ އެވެ. އަދި ރަށްރަށުގައި ދަނޑުވެރިިކަން ފެށުމަށް ސަރުކާރުން އަންނަނީ ބާރު އަޅަމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން މަޖިލީހުގެ ލާ މަރުކަޒީ ކޮމެޓީން ތައްޔާރުކޮށް މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ހުށަހަޅާފައިވަނީ ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން އެ މަސައްކަތް ނުކުރާ ރަށްތައް ބެލުމަށް ފަހު އެ ރަށްތައް ސަރުކާރުން އަތުލުމަށް ހުށަހަޅާ ކަމަށެވެ. އަދި އެފަދަ ރަށްރަށުގައި ދަނޑުވެރިކަން ކުރަނީ ދިވެހިންތޯ ކަށަވަރު ކުރުމަށާއި ދަނޑުވެރިކަން ކުރާނެ ޖާގަ ނެތް ރަށްރަށުގެ ރައްޔިތުންނަށް އެކަމަށްޓަކައި ފަޅު ރަށްތައް ކުރު މުއްދަތަކަށް ދޫކުރަން ވެސް އެ ކޮމެޓީން ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން މާލޭގެ ލޯކަލް މާރުކޭޓް ގޮޅިތައް ތިން ވަނަ ފަރާތްތަކަށް ކުއްޔަށް ދޭ ނަމަ، އެތަންތަން އަތުލުމަށާއި އަދި ދޫކުރާ ގޮޅިތަކަކީ އެކަށީގެންވާ ސައިޒުގެ ތަންތަނަށް ހެދުމަށް ވެސް ކޮމެޓީން ހުށަހަޅާފައިވެ އެވެ. އަދި ރަށްރަށުގެ ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތައް ބެލުމަށް ފަހު ސަރުކާރުން ދޭ އެކި އެހީގެ ޕެކޭޖްތަކަށް އެ ފަރާތްތަކަށް ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސަން ވެސް ކޮމެޓީން ހުށަހަޅާފައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖެއް އިއުލާންކޮށް އަދި ވަޒީފާ ގެއްލޭ ފަރާތްތަކަށް އިނާޔަތެއް ދިނުމަށް ވެސް ނިންމައިފަ އެވެ. އަދި ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަ މަހަށް ފަސްކޮށް ދޭން ވެސް އޮތީ ނިންމައިފަ އެވެ.
ރާއްޖެއިން ކޮވިޑް-19 އަށް 280 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ބިދޭސީން ވެސް ހިމެނެ އެވެ. އެހެންވެ، މާލެ ސަރަހައްދު ލޮކްޑައުންކޮށް، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވެެސް އޮތީ މަނާކޮށްފަ އެވެ.
ޕެސްޓިސައިޑް ބޭނުންކުރުމާ ބެހޭ ބިލެއް މަޖިލިހަށް
ކައުންސިލްތަކުގެ ބާރު ތަންފީޒުކުރަން އިސްލާހުތަކެއް
ދަނޑުވެރިކަމުގެ ލޯނުގެ 30 ޕަސެންޓް އަންހެނުންނަށް
ޕެސްޓިސައިޑް ބިލް ރައީސް ތަސްދީގު ކުރައްވައިފި
ހިތުހުރި ގޮތަކަށް ޕެސްޓިސައިޑް ބޭނުންކުރުމުގެ އަގު
ދަނޑުވެރިކަމުގައި ޑިއުޓީ ނުނަގާނެ ތަކެތި ކަނޑައަޅައިފި
ދަނޑުވެރިކަމުގެ ތަކެތިން ޑިއުޓީ ކަނޑާލަން ފާސްކޮށްފި
ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތިން ޑިއުޓީ ކަނޑާލަނީ
ޑަބްލިއުޑީސީތަކަށް ރޯދައިނާޔަތް ދޭ އިސްލާހު ހުށަހަޅައިފި
ތިނަދުއަށް ސިޓީގެ ދަރަޖަ ދިން މައްސަލަ މަޖިލީހަށް